ކެންސަރަށް ހާއްސަ ސެންޓަރެއް ގާއިމުކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ކެންސަރު ސެންޓަރު ގާއިމުކުރަން ހަވާލުކުރުން

ކެންސަރު ސެންޓަރު ގާއިމުކުރަން ހަވާލުކުރުން

ހުޅުމާލެ ހޮސްޕިޓަލުގައި "ޑައިގްނޯސްޓިކް ސެންޓާ ފޯ އޮންކޮލޮޖީ ސާވިސަސް" ގާއިމުކުރަން ބޭރުގެ ދެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ. 

މި ސެންޓަރު ގާއިމުކުރަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ސޮއިކުރީ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ކުއަންޓަމް ހެއިޓްސް އާއި އިންޑިއާގެ ވަސްކިއުލާ ޓެކްނޮލޮޖީއާ އެކުގަ އެވެ. އެ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ކުރާނީ އިނގިރޭސިވިލާތުގެ ކުންފުންޏާއި އިންޑިއާ ކުންފުންޏާ ގުޅިގެންނެވެ. 

އެމްސީޖީއެޗްގެ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވީ މި ހިދުމަތް ގާއިމުވުމާއެކު ރާއްޖޭގައި ކެންސަރު ބައްޔަށް ދެވޭ ހާއްސަ ފަރުވާ ހަރުދަނާކޮށް، ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.  

މި މަރުކަޒުން ހިދުމަތް ދޭނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ޓިއުމާ ބޯޑުގެ ލަފަޔާއެކު ބަލި ދެނެގަތުމުން ފެށިގެން ފޮލޯއަޕާ ހަމައަށް ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކަމަށާއި އެ ސެންޓަރު ގާއިމުކޮށް 2028 ގައި ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެއިތުރުން އޭނާ ވިދާޅުވީ ނަފްސާނީ އެހީތެރިކަމާއި ބަލިމީހާގެ ފެންވަރު ރަނގަޅުކޮށްދޭނެ ސަޕޯޓިވް ކެއާގެ ތެރޭގައި ހިމެނޭނެ އެހެނިހެން ހިދުމަތްތައް ވެސް މި މަރުކަޒުން ފޯރުކޮށްދެވޭނެ ކަމަށެވެ. 

"އަޅުގަނޑުމެންގެ މަގްސަދަކީ ބަލިމީހާގެ ގާތްތިމާގެ މީހުންނާއި އާއިލާގެ ގާތުގައި ތިބެގެން ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ބަލި ދެނެގަނެ، ހާއްސަ ފަރުވާ އާއި ކްލިނިކަލް މޮނިޓަރިން އަދި ސަޕޯޓިވް ކެއާ އެއް ފުރާޅެއްގެ ދަށުން ލިބޭނެ ހާއްސަ މަރުކަޒެއް ގާއިމުކުރުން،" ރައްޒާގް ވިދާޅުވި އެވެ.  

ރައްޒާގު ވިދާޅުވީ ސެންޓަރުން ހިދުމަތްދިނުމަށް ބޭނުންވާ ބައިނަލްއަގުވާމީ ބައިވެރިންގެ އެހީގައި ދިވެހި ޑޮކްޓަރުންނާއި، ނަރުހުންނާއި، ފިޒިއޯސިސްޓުންނާއި،  ރޭޑިއޯޖޮލިސްޓުންގެ އިތުރުން އެހެނިހެން މުވައްޒަފުން ތަމްރީނު ކުރުމަށްވެސް ވަނީ ރާވާފައި ކަމަށެވެ. 

ރާއްޖޭގައި ބައެއް ހޮސްޕިޓަލުތަކުން ކެންސަރާ ގުޅޭ ސާޖަރީތަކާއި ކީމޯ ތެރަޕީގެ ހިދުމަތް ދެމުން ގެންދެ އެވެ. ނަމަވެސް ރޭޑިއޭޝަން ތެރަޕީ އާއި ނިއުކްލިއާ މެޑިސިން އަދި މުހިންމު ސްކޭންތައް ނުހެދެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox