ވިލާ ކޮލެޖުގެ އާ އިންޓޭކުގެ ސުންގަޑި ސެޕްޓެމްބަރު 1 ގެ ނިޔަލަށް އިތުރުކޮށްފި

Aug 17, 2026, 11:34 AM
Villa College graduation ceremony. -- Photo: Miraash Nashim/ Adhadhu

Villa College graduation ceremony. -- Photo: Miraash Nashim/ Adhadhu

ވިލާ ކޮލެޖުގެ މިއަހަރުގެ ސެޕްޓެމްބަރު އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮލެޖުން އިތުރުކޮށްފި އެވެ.

ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމް ހުޅުވާލެވިފައިވާ މި އިންޓޭކުގައި، އައިޓީ، ސައިބަރ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއަރ އިންޖިނިއަރިންގ، ލޯ، ޝަރީޢާ، އިސްލާމީ ފައިނޭންސް، ޓީޗިން، ބިޒްނަސް، އިންޖިނިއަރިންގ، ނަރސިން، ސައިކޮލޮޖީ، އަދި ކަލިނަރީ އާޓްސް ފަދަ ތަފާތު ގިނަ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

މި ޕްރޮގްރާމްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް އަދި ޕޯޓްސްމޯތް ޔުނިވަސިޓީގެ އިތުރުން މެލޭޝިއާގެ ޓޭލަރސް ޔުނިވަސިޓީ އާއި ޔުނިވަސިޓީ އޮފް ސައިބަޖާޔާގެ ބައިނަލްއަގުވާމީ ޑިގްރީތައް ރާއްޖޭގައި ތިބެގެން ހާސިލުކުރުމުގެ ފުރުޞަތު ހިމެނެ އެވެ.

Advertisement

ޕޯޓްސްމޯތް ޔުނިވަރސިޓީގެ އިންޖިނިއަރިންގ ކޯސްތަކުގެ ދަރިވަރުންނަށް ޑިގްރީގެ ފަހު އަހަރުތައް އިނގިރޭސިވިލާތުގައި ފުރިހަމަކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ، ގްލޯބަލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭނެ ގާބިލު ބަޔަކަށް ހެދުމަށްޓަކައި، ކޮންމެ ޕްރޮގްރާމެއްގައިވެސް ސިމިއުލޭޝަންތަކާއި، އިންޓާންޝިޕް އަދި އިންޑަސްޓްރީ ޕާޓްނަޝިޕްތަކުގެ ދަށުން އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ހާއްސަ އިސްކަމެއް ދޭކަމަށް ވިލާ ކޮލެޖުން ބުންޏެވެ. 

އެ ކޮލެޖުން ބުނީ ދަރިވަރުންގެ ތައުލީމީ އަދި ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ގްރޫޕް އަދި ވަކިވަކި ލާރނިންގ ސަޕޯޓާއި، ޕިއަރ-އެސިސްޓެޑް ލާރނިންގ، "ވީ-ކެއަރ" މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން، ލެބޯޓަރީ، VR އާއި AR ހިމެނޭ ޒަމާނީ ލާނިންގ ހަބް، ޖިމް އަދި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްފައިވެ އެވެ. 

ވަޒީފާ އަދާކުރާ ފަރާތްތަކާއި އާއިލީ ޒިންމާތައް ހުންނަ ފަރާތްތަކަށް ފަސޭހަވާނޭހެން، އިންޖިނިއަރިން، ޓީޗިން، ނަރސިން އަދި ފާމަސީ ފިޔަވައި ވިލާ ކޮލެޖުގެ އަމިއްލަ އެހެން ހުރިހާ ކޯސްތަކެއް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. ކޯސްތަކާ މެދު އިތުރު މައުލޫމާތު ހޯދުމަށާއި އިރުޝާދު ބޭނުންވާ ދަރިވަރުންނަށް ކޮލެޖަށް ގުޅައިގެން ނުވަތަ ކެމްޕަހަށް ޒިޔާރަތްކޮށްގެން ކެރިއަރ ގައިޑެންސްގެ ޚިދުމަތް ލިބެން ހުންނާނެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

ޓެކްސް އެޕީލްތަކަށް ބަހައްޓަން ޖެހޭ ޑިޕޮސިޓު ބޮޑުކުރަނީ

މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދު އިސްތިއުނާފު ކުރުމަށްޓަކައި ބަހައްޓަންޖެހޭ ޑިޕޮސިޓް 25 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މި ބިލުގައިވާ ގޮތުން ޓެކްސްއަށް މަކަރު ހެދުން ފަދަ ހާއްސަ ހާލަތްތަކުގައި، މައްސަލަ އިސްތިއުނާފު ކުރެވޭނީ ޓެކުހުގެ 100 ޕަސެންޓު ދެއްކުމަށް ފަހުގަ.

ދިވެހި އިންޝުއަރެންސް އިން އައިފޯން 18 ޕްރޯ މެކްސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ހުޅުވާލައިފިއެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ހަޓަށް ޒިޔާރަތްކޮށް ރެޖިސްޓްރީ ކުރަންޖެހޭއިރު، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަންނަ ފަރާތްތަކަށް ނަސީބުވެރިޔާ ހޮވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.

ދިރާގުޕޭން ކުލި ދެއްކިއްޔާ ނަސީބުވެރިންނަށް އެއް މަސް ހިލޭ

ދިރާގުޕޭ މެދުވެރިކޮށް ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 2026 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

Newsletter

Get the latest news delivered straight to your inbox