އުރުދުންއިން ސީރިއާއަށް ވައިގެ ހަމަލާދީފި

Oct 27, 2026, 9:23 AM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

އުރުދުންގެ ކަރަކް ގަވަރުނޭޓްގައި ހުންނަ ނަސާރާއިންގެ ފައްޅިއަކަށް މިދިޔަ ހުކުރު ދުވަހު ދިން ބަޑީގެ ހަމަލާއާ ގުޅިގެން، ސީރިޔާގެ އިރުދެކުނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކުން "ފިލައިގެން ތިިބޭ ތަންތަނަށް" އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އުރުދުންގެ އަސްކަރިއްޔާއިން ބުނެފި އެވެ. ފައްޅިއަށް ދިން އެ ހަމަލާގައި މަދުވެގެން ނުވަ މީހަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

އުރުދުންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ސީރިޔާއަށް ދިން މި ވައިގެ ހަމަލާތައް ކުރިއަށް ގެންގޮސްފައިވަނީ "ސީރިޔާ ސަރުކާރާ ގުޅިގެން" ނެވެ.

މި ރޭޑުތަކުގެ ސަބަބުން ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ ގިނަ ބަޔަކު މަރުވެ ޒަހަމްވެފައިވާ ކަމަށާއި، އެ މީހުން ބޭނުންކުރާ ގިނަ އަދަދެއްގެ އުޅަނދުތައް ހަލާކުކޮށްލާފައިވާ ކަމަށް ވެސް އުރުދުންގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

Advertisement

ނަމަވެސް، އުރުދުންއާ ގުޅިގެން އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ސީރިޔާއިން ވަނީ އިންކާރުކޮށްފަ އެވެ.

ސީރިޔާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އަސްކަރީ އޮޕަރޭޝަން ހިންގާފައިވަނީ ކުރިން އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އަދި އެއްވެސް އެންގުމަކާ ނުލައި ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ސީރިޔާގެ ސިވިލް ޑިފެންސް ސާވިސްއިން ބުނި ގޮތުގައި ހޯމަ ދުވަހުގެ ރޭ ދިން މި ހަމަލާތައް ދެރާ އަދި ސުވައިދާ ޕްރޮވިންސްގެ ހަތަރު ސަރަހައްދަކަށް އަމާޒުވެފައިވެ އެވެ. އަދި އެ ސަރަހައްދުތަކުން ހަތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި ތިން ފިރިހެނުންނާއި، އަންހެނަކާއި ތިން ކުޑަކުދިން ހިމެނޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މަރުވި މީހުންގެ ތެރެއިން ފަސް މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ބައެއް ކަމަށާއި، އެ މީހުން މަރުވީ ދެރާ ޕްރޮވިންސްގެ އަލް-ތައި އަވަށުގައި ހުރި ފޭލިގެއަކަށް ދިން ހަމަލާއެއްގައި ކަމަށް ސިވިލް ޑިފެންސްއިން ބުނެ އެވެ. އެ އާއިލާގެ އިތުރު ތިން މީހަކު ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

ދެވަނަ ހަމަލާ އަމާޒުވީ ދެރާގެ އަލް ޝައްޔާ ސަރަހައްދަށެވެ. އެ ހަމަލާގައި އުމުރުން 80 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ. ތިންވަނަ ހަމަލާ ދެރާގެ އައިން އަލް-ބާސަލް ސަރަހައްދުގެ މުޒައިރިބްގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ހަތަރުވަނަ ހަމަލާ އަމާޒުވީ ސުވައިދާ ޕްރޮވިންސްގެ ޝަހްބާ އަވަށުގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށެވެ. އެ ހަމަލާގައި އުމުރުން 60 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ.

މި ހަމަލާތަކަށް ފަހު، ސީރިޔާގެ ބޯޑަރު ބަލަހައްޓާ އިދާރާއިން ވަނީ ނަސީބް ބޯޑަރު ބަންދުކޮށް، ދެ ފަރާތަށް ކުރާ ދަތުރުފަތުރުތައް ހުއްޓާލާފަ އެވެ. ނަސީބް ބޯޑަރަކީ އުރުދުން އާއި ސީރިޔާއާ ދެމެދު މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރާ ހަމައެކަނި ބޯޑަރެވެ.

މިދިޔަ ހޯމަ ދުވަހުގެ ކުރީކޮޅު، އުރުދުންގެ ސަލާމަތީ ބާރުތަކުން ވަނީ ފައްޅިއަށް ދިން ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެއް އާއިލާއެއްގެ ތިން މީހުން ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރުކުރީ އަލް-ޖަދީދާ އަވަށުގައި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ބަޑީގެ ހަމަލާތަކަކަށް ފަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox