ދީންތަކާ ދެކޮޅުވުމާއި ގައްދާރުވުން ކުށަކަށް ހަދާ ބިލު މަޖިލީހުގެ އެޖެންޑާއިން ނަގައިފި

Oct 26, 2026, 9:59 PM
ރައްޔިތުންގެ މަޖިލިސް އިދާރާ: މާދަމާގެ ޖަލްސާގެ އެޖެންޑާއިން ބިލު އުނިކުރި ސަބަބެއް ނޭނގޭ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލިސް އިދާރާ: މާދަމާގެ ޖަލްސާގެ އެޖެންޑާއިން ބިލު އުނިކުރި ސަބަބެއް ނޭނގޭ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުން ދިނުމަކީ ޖިނާއީ ބޮޑެތި ކުށްތަކަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާއިން ކުއްލި ގޮތަކަށް އުނިކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މާދަމާގެ ޖަލްސާއަށް ފުރަތަމަ އާންމުކުރި އެޖެންޑާގައި، ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ނެރުނު އާ އެޖެންޑާއިން އެ ބިލު ވަނީ އުނިކޮށްފަ އެވެ.

މި ބިލު އެޖެންޑާއިން ނެގި ސަބަބެއް މަޖިލީހުގެ އިދާރާއިން އަދި ހާމައެއް ނުކުރެ އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅިއިރު، ސަރުކާރުގެ ރަސްމާލެ މަޝްރޫއާ ދެކޮޅަށް އާންމުންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ. ބިލުގައި ހުރި ބައެއް މާއްދާތައް މާނަކުރެވޭ ގޮތުން، އެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ބޮޑު އަދަބެއް ލިބިދާނެ ކަމެކެވެ. .

މި ގޮތުން މި ބިލުގައި އިގުތިސޯދަށް ގެއްލުން ބޮޑު ކަންކަން އަމަލުކުރުން ކުށަކަށް ހެދުމަށް ހިމަނާފައިވެ އެވެ. މިކަން ބަޔާންކޮށްފައި އޮތް މާއްދާގެ ދަށުން، ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމަށް އަމަލެއް ކުރުމަކީ ކުށެކެވެ.

މިއީ ރަސްމާލެ މަޝްރޫއާ ދެކޮޅު ހެދުމާއި، ޓޫރިޒަމް ފަދަ މުހިންމު ސިނާއަތްތަކުގައި ހިންގާ އިހުތިޖާޖުތައް ކުށަކަށް ހެދުމަށް ހުޅުވައިލެވޭ ދޮރެއް ކަމަށް ބެލެވެ އެވެ. މުހިންމު ކަމަށް ބަލާ ކޮންމެ ސިނާއަތެއްގައި އިހުތިޖާޖު ކުރިޔަސް، މި ކުށުގެ މިންގަނޑަށް ފެއްތުމުގެ ބާރު ސަރުކާރަށް ލިބިގެންދެ އެވެ.

ދައުލަތް ނުވަތަ ސަރުކާރު ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު މިފަދަ އަމަލެއް ކޮށްފިނަމަ، އެއީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ބުނެ އެވެ. އާންމު މީހުންނަށް އޮތީ ތިން ވަނަ ދަރަޖައިގެ އަދަބެކެވެ.

މިހެންކަމުން މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ފަދަ އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތަކުން މިފަދަ ކަންކަމާ ދެކޮޅަށް އަޑުއުފުލައިފި ނަމަ، އަދަބު އެތައް ގުނައަކަށް ބޮޑުވެ އެވެ. މިއީ ސިޔާސީ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް އޮތް ބޮޑު ނުރައްކަލެކެވެ.

މީގެ އިތުރުން ގަތުލުއާންމު ހިންގުމާއި، އެފަދަ ކަމަކަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ޖިނާޔަތުގެ އެއް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވެ އެވެ. އެ މާއްދާ އޮތް ގޮތުން، ޒަޔަނިސްޓުންނާ ދެކޮޅަށް ދިވެހިން ދައްކާ ބައެއް ވާހަކަތައް ވެސް، ވަކި ބަޔަކު ނައްތާލަން ގޮވާލުން ކަމަށް މާނަކޮށް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮވެ އެވެ.

ދައުލަތަށް ގައްދާރުވުމާއި ދުޝްމަނުންނަށް އެހީތެރިވުން ވެސް ކުށަކަށް ހަދާއިރު، އެފަދަ މީހުންނަށް ދައުލަތުގެ މަގާމުތައް ދުވަހަ ކުވެސް އަދާނުކުރެވޭ ގޮތަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox