ރިސޯޓް ސުޕަ ލީގު: ވެލާ ފައިނަލަށް، ސެމީގައި ވޮއްމުލި އާއި އޮޅުވެލި

Oct 24, 2026, 9:43 AM
ކޮންރެޑް ބަލިިކުރުމަށް ފަހު ވޮއްމުލި ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކޮންރެޑް ބަލިިކުރުމަށް ފަހު ވޮއްމުލި ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

 މިހާރު ކުރިއަށްދާ ރިސޯޓް ސުޕަ ލީގުގެ ފައިނަލުގެ ސީދާ ޖާގަ ނ. އަތޮޅުގެ ޗެމްޕިއަން، ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އިން ހޯދައިފި އެވެ. 

ފައިނަލުގައި ވެލާއާ ދެކޮޅަށް ކުޅޭ ޓީމެއް ކަނޑައެޅޭނީ ސެމީ ފައިނަލުގައި،  ދ. ޒޯންގެ ޗެމްޕިއަން، ސެއިންޓް ރެޖިސް ވޮއްމުލި އާއި ސައުތު މާލެ ޒޯންގެ ޗެމްޕިއަން، ސަން ސިޔާމް އޮޅުވެލި ބައްދަލުކުރާ މެޗުންނެވެ. 

ރިސޯޓް ސުޕަ ލީގުގެ ފޯމެޓް ރޭވިފައިވާ ގޮތުން، ހޯމް އެންޑް އަވޭ މެޗުތައް ނިމުމަށް ފަހު، އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ވެލާ އަށް އެ ޖާގަ ލިބުނީ، ބ އަތޮަޅުގެ ޗެމްޕިއަން، ފިނޮޅު ސީސައިޑް މޯލްޑިވްސް ކައިރިން 14-2 ގެ އެގްރިގޭޓަކުން މޮޅުވެގެންނެވެ.

Advertisement

ދެ ވަނަ އަށް އެންމެ ރަނގަޅު އެގްރިގޭޓް ނެރޭ ޓީމަކާއި ތިން ވަނަ އަށް އެންމެ ރަނގަޅު އެގްރިގޭޓް ނަތީޖާ ހޯދާ ޓީމެއްގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅޭ ގޮތަށް އޮތްއިރު، އޮޅުވެލިން ވަނީ އެގްރިގޭޓަށް ބަލާއިރު، ނޯތު މާލެ ޒޯންގެ ޗެމްޕިއަން، ބަރޮސް އަތުން 7-2 އިން އެގްރިގޭޓުން މޮޅުވެފަ އެވެ. 

ސެމީގެ ފަހު ޖާގަ ހޯދީ، ވޮއްމުލިންެނެވެ. ވޮއްމުލިން ވަނީ ރިސޯޓް ސުޕަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އަރި ޒޯންގެ ޗެމްޕިއަން، ކޮންރަޑް ބަލިކޮށްފަ އެެވެ. ކޮންރަޑްގައި ކުޅުނު ފުރަތަމަ ލެގު 3-3 އިން އެއްވަރުވިއިރު، ވޮއްމުލިން ނަތީޖާ ނެރުނީ އަންގްސާނާ ވެލާވަރުގައި ކުޅުނު ލެގުގަ އެވެ. އިއްޔެ ކުޅުނު އެ މެޗުގައި، ވޮއްމުލި މޮޅުވީ 5-2 އިންެނެވެ. އެގްރިގޭޓަށް ބަލާއިރު ކުރިހޯދީ، 8-5 އިންނެވެ. 

ސެމީ ފައިނަލް މެޗު އޮތީ އަންނަ އަންގާރަ ދުވަހު އެވެ. އަދި، ފައިނަލް މެޗު އޮތީ ބުރާސްފަތި ދުވަހު އެވެ. 

މިދިޔަ އަހަރުގެ ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ޖޯލި މޯލްޑިވްސްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައި، ކޮންރެޑް މޯލްޑިވްސް ރަންގެލި އައިލެންޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ. ޖުމެއިރާ އޮޅަހާލި އައިލެންޑްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މެޗުގެ ނަތީޖާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަދި، ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ކޯންރެޑުން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ޖޯލި އަށް ދެ ޕެނަލްޓީ ވައްދާލެވުނުއިރު، ޕެނަލްޓީ ނިމުނީ، 4-2 އިން ކޮންރެޑް މޮޅުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox