ރިސޯޓް ލީގު ނޯތު މާލެ ޒޯންގެ މެޗުތައް ފޯރިގަދަ

Sep 19, 2026, 11:58 AM
ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގައި، ބަނޑޮސް އާއި ރިޓްޒް ކާލްޓަން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގައި، ބަނޑޮސް އާއި ރިޓްޒް ކާލްޓަން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގައި މި ފަހަރު 15 ރިސޯޓެއްގެ ކުރިމަތިލުން ފެންނައިރު، ފުރަތަމަ މެޗުތައް ފޯރިގަދަ ކުރިމަތިލުންތަކަކުން ނިމިއްޖެ އެވެ. 

އެ ގޮތުން، މުބާރާތުގެ ގްރޫޕް އޭގެ ފުރަތަމަ މެޗުތަކުން، ކުޑަ ހުރާ އިން 4-2 އިން ތާޖު ކޮރަލް އަތުން މޮޅުވިިއިރު، މި ގްރޫޕްގެ އަނެއް މެޗުން ސަމާ އައިލެންޑުން ވަނީ 3-1 އިން ބަރޮސް އަތުން މޮޅުވެފަ އެވެ. މި ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށް ކުއާޓާ ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ފުލަށް ދާ ދެ ޓީމެއް މުބާރާތުން ކަޓާނެ އެވެ. 

ގްރޫޕް ބީގެ ފުރަތަމަ މެޗުތަކުން، އޯގާ އިން ވަނީ، 3-1 އިން ކުރުނބާ އަތުން މޮޅުވެފަ އެވެ. އަދި، ބަނޑޮސް އިން ވަނީ 3-1 އިން ރިޓްޒް-ކާލްޓަން ބަލިކޮށްފަ އެވެ. ހަތަރު ޓީމު ކުޅޭ މި ގްރޫޕުން އެއް ވަނަ އާއި ދެ ވަނަ އަށް ދާ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާއިރު، ދެން ފުލަށް ދާ ދެ ޓީމު ކަޓާނެ އެވެ. 

ހަަތަރު ޓީމު ހިމެނޭ ގްރޫޕް ސީގައި މިހާތަނަށް ކުޅުނީ އެންމެ މެޗެކެވެ. އެ މެޗުން، ޖޯއީ އައިލެންޑާއި ހެލެނގެލީ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ދެން، މި ގްރޫޕްގައި ހިމެނެނީ، ސަންގެލި އާއި އާއިލާފުށި އެވެ. 

ގްރޫޕް ޑީގައި ހިމެނެނީ، ތިން ޓީމެވެ. މި ގްރޫޕްގައި މިހާތަނަށް ވަނީ އެއް މެޗު ކުޅެފަ އެވެ. އެ މެޗުން، ޕަޓިނާ ވަނީ 1-0 އިން ހިލްޓަން އަތުން މޮޅުވެފަ އެވެ. މި ގްރޫޕްގައި ދެން އޮތީ، ހުވަފެން ފުށި އެވެ. މި ގްރޫޕްގެ މެޗުތަކަށް ފަހު، އެއް ވަނަ އަށް ކުއާޓާ ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ދެ ވަނަ އާއި ތިން ވަނަ ޓީމުގެ މެދުގައި، ޕްލޭއޮފެއް ކުޅުމަށް ފަހު، ކުއާޓާ ފައިނަލުގެ ޖާގަ ލިބޭ ޓީމެއް ކަނޑައަޅާނެ އެވެ. 

ނޯތު މާލެ ޒޯންގެ މެޗުތައް އެންމެ ފުރަތަމަ ކަނޑައެޅި ޝެޑިއުލާ އެއްގޮތަށް ކުރިއަށް ނުގެންދެވުނީ، މި ފަހުން ކުރި ވިއްސާރައިގެ ސަބަބުން މެޗުތައް ބާއްވަން އޮތް ދުވަހު ކުރިއަށް ނުގެންދެވިގެން ފަސްކުރަން ޖެހުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox