ބަނޑޮސް ބަލިކޮށް ބަރޮސް އިން ރިސޯޓް ލީގު ނޯތު މާލެ ޒޯން ތަށި އުފުލާލައިފި

Oct 4, 2026, 2:20 PM
ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގެ ޗެމްޕިއަންކަން ހޯދި ބަރޮސް ޓީމު.--- ފޮޓޯ: އިމޭޖަސް.އެމްވީ/ އަދަދު ސްޕޯޓްސް

ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގެ ޗެމްޕިއަންކަން ހޯދި ބަރޮސް ޓީމު.--- ފޮޓޯ: އިމޭޖަސް.އެމްވީ/ އަދަދު ސްޕޯޓްސް

ފައިނަލް މެޗުގައި 5-6 އިން ޕެނަލްޓީ ޖަހައިގެން ބަނޑޮސް މޯލްޑިވްސް ބަލިިކޮށް، ރާއްޖޭގެ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގެ ޗެމްޕިއަންކަން، ބަރޮސް މޯލްޑިވްސް އިން ހޯދައިފި އެވެ. 

ޖުމްލަ އެކު، 15 ރިސޯޓުން ނޯތު މާލެ ޒޯންގައި ވާދަކުރާއިރު، މުބާރާތުގެ މެޗުތައް ކުޅެނީ ބަނޑޮސް މޯލްޑިވްސްގަ އެވެ.  ސެމީ ފައިނަލުގައި ބަރޮސް އިން ވަނީ 4-1 އިން ޕަޓިނާ މޯލްޑިވްސް ބަލިކޮށްފަ އެވެ. އަދި، އަނެއް ސެމީގައި ބަނޑޮސް އިން ވަނީ އޮބްލު ސެލެކްޓް ސަންގެލި 3-2 އިން ބަލިކޮށްފަ އެވެ. 

އިއްޔެގެ ފައިނަލްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ބަރޮސް އިން ލަނޑުތައް ޖެހީ މުހައްމަދު ނަޒީހު އާއި މުހައްމަދު ސަހާއު އަލީ އެވެ. ބަނޑޮސްގެ ލަނޑުތައް ޖެހީ ހުސެއިން ޝާމިހު އާއި މުހައްމަދު އިކްރާމް އެވެ. 

Advertisement

ޕެނަލްޓީގައި، ބަނޑޮސްގެ މާހީ މުފީދު އާއި އަހުމަދު ރީހާން އަތުން ނާކާމިޔާބުވިއިރު، އެ ޓީމުން ހަސަން މުއާން، ޝަޔާން އުމަރު އަދި ޝާމިހު ޕެނަލްޓީތައް ވައްދާލި އެވެ. އަނެއްކޮޅުން، ބަރޮހުގެ ނަޒީހު އަތުން ޕެނަލްޓީ ނާކާމިޔާބުވިއިރު، އަހުމަދު މިރުސާދު، ހަސަން ސަލީމް، ސަހާއު އަދި އަބްދުﷲ ލައުސަން ޕެނަލްޓީތައް ވައްދާލި އެވެ. 

މި ޒޯނުގައި އެންމެ ގިނަ ގޯލު ޖެހީ ހިލްޓަންގެ އަލީ ސާމް އެވެ. މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް، ބަނޑޮހުގެ އަހުމަދު ޝަމާލް ހޮވުނުއިރު، މޮޅު ކޯޗަކީ ބަރޮސްހެ އަހުމަދު މުރުތަﷲ (މުރޭ) އެވެ. މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެެނީ، ބަނޑޮހުގެ އިކްރާމް، މުހައްމަދު ސުނައިޒު، ބަރޮސްގެ ހަސަން ސަލީމް، ނަޒީހު އަަދި ލައިސަން އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox