އެއް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނައިން ގަނެވޭނީ ރަސްމާލެއިން ވިއްކާ ޕްރޮޕަޓީތަކުގެ 25 ޕަސެންޓު: މުއިއްޒު

ރައީސް މުއިއްޒު: ރިއަލް އެސްޓޭޓާ ގުޅޭ ގާނޫނެއް ތައާރަފްކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: ރިއަލް އެސްޓޭޓާ ގުޅޭ ގާނޫނެއް ތައާރަފްކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރަސްމާލެއިން ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލާ 500 ހެކްޓަރު ބިމުގައި އެ ކުންފުނިން ހިންގާ މަޝްރޫއުގެ ދަށުން އަޅާ ޕްރޮޕަޓީތައް ވިއްކާއިރު އެއް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނައިން ގަނެވޭނީ 25 ޕަސެންޓު ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ރިއަލް އެސްޓޭޓް ގާނޫނެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ގާނޫނުގެ ދަށުން އެއްވެސް ގައުމެއްގެ ރައްޔިތުންނަށް ރަސްމާލެއިން ވިއްކާ ޕްރޮޕަޓީތަކުގެ 25 ޕަސެންޓަށްވުރެ ބޮޑު ހިއްސާއެއް ނުގަނެވޭނެ ކަމަށެވެ. 

"މިތަނުން [ރަސްމާލެ] ޕްރޮޕަޓީ ހޯދާ މީހުންނަކީ ވަކި އެއް ގައުމެއްގެ ބަޔަކަށްވެސް ނުވާނެ އެނގޭތޯ. އަޅުގަނޑުމެން ގާނޫނުން ރިއަލް އެސްޓޭޓާ ބެހޭ ގާނޫނެއް އަދި ތައާރަފްކުރުން މިއޮތީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި،" މުއިއްޒު ވިދާޅުވި އެވެ. 

"ވަކި އެއް ގައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުން އެނގޭތޯ. އެ ވަކި އިންސައްތައަކަށް އަޅުގަނޑުމެން ލިމިޓް ކުރާނަން. އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ އެއްވެސް ގައުމެއްގެ ރައްޔިތުން އެންމެ ގިނަވެގެން 25 އިންސައްތައަށޭ ތިބެވޭނީ. އެނގޭތޯ. އެއަށްވުރެ ގިނައަކުންނެއް ވަކި ގައުމުތަކުގެ ރައްޔިތުން ނުތިބޭނެ."

މުއިއްޒު ވިދާޅުވީ އިޒްރޭލުގެ ރައްޔިތުންނަށް ރަސްމާލެއިން ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ގާނޫނު ބަދަލުކުރާނެ ކަމަށެވެ. ނަމަވެސް ދިވެހިންނަށް ޕްރޮޕަޓީތައް ގަތުމަށް އެއްވެސް ލިމިޓެއް ކަނޑައެޅިފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އޭގެއިތުރުން މިހާތަނަށް ރަސްމާލެއިން ޕްރޮޕަޓީ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ގިނަ މީހުންނަކީ އަރަބި ގައުމުތަކުގެ މީހުންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެތަނުގައި ދިރިއުޅޭނީ ދިވެހިންނާއި އަރަބި އިސްލާމީ ގައުމުތަކުގެ މީހުން ކަމަށެވެ. 

"މިހާރުވެސް މިތަނުން ޕްރޮޕަޓީ ގަންނަން ޝައުގުވެރިވާ މީހުންނަށް ބަލާއިރު ހަމަ ގާތްގަނޑަކަށް މުޅިންހެން ޖީސީސީ ގައުމުތައް، މެދުއިރުމަތީގެ އަރަބި ގައުމުތަކުގެ މީހުން ތިބީ އެނގޭތޯ. ދިވެހިރައްޔިތުންނާއި އަރަބިންނާއޭ އަޅުގަނޑު ދަންނަވާނީ މިތާ ތިބޭނީ. އަރަބި އިސްލާމުން އެނގޭތޯ،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ބުނަނީ ރަސްމާލެއަށް އީގަލް ހިލްސް އިން 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށެވެ. އެކަމަކު އީގަލް ހިލްސް އިން ބުނަނީ އެ ކުންފުނިން އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. އަލައްބާރު ފަހުން ވިދާޅުވީ 20 ބިލިއަން ޑޮލަރަކީ އެތަނުގެ މަސައްކަތް ނިމުމުން ތަނުގެ އަގު ހުންނާނެ މިންވަރު ކަމަށެވެ. 

ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ރަސްމާލެ ހިއްކުމުެގ ޕްރޮޖެކްޓަކީ ޑިސެމްބަރު 17، 2023 ގައި ފެށި ޕްރޮޖެކްޓެކެވެ. އޭރު ބުނީ އަށް މަސް ތެރޭގައި ބިން ހިއްކާ ނިންމާލާނެ ކަމަށެވެ. ނަމަވެސް އެ ތާރީހާއި އެ ފަހުން ދިން އެއްވެސް ތާރީހަކަށް ރަސްމާލެ ހިއްކާ ނުނިމޭއިރު، މިއަދާ ހަމައަށް މި ޕްރޮޖެކްޓަށް 1000 އަށް ވުރެ ގިނަ ދުވަސް ވޭތުވެއްޖެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox