ރަސްމާލެ ހިއްކަން ދިޔަ އަގު ވެސް ދިހަ އަހަރުގެ ތެރޭގައި ނުލިބޭނެ: ޒަރިޔަންދު

ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް މިއަދު އިއުލާނުކުރި ގައުމީ މަޝްރޫއުގެ ބައިވެރިން -- ފޮޓޯ: އަދަދު

ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް މިއަދު އިއުލާނުކުރި ގައުމީ މަޝްރޫއުގެ ބައިވެރިން -- ފޮޓޯ: އަދަދު

ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދޭން ސަރުކާރުން އެއްބަސްވެފައިވާ ގޮތުން 2037 ވަނަ އަހަރާ ހަމައަށް ދާއިރު ވެސް ސަރުކާރަށް އެއްވެސް ފައިދާއެއް ނުވަންނާނެކަމަށް އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް މިއަދު އިއުލާނުކުރި ގައުމީ ހަރަކާތުގެ ފަރާތުން ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ކުރިއަށް އޮތް 10 އަހަރު ނިމޭއިރު ވެސް ސަރުކާރަށް ވާނީ ގެއްލުންކަމަށް ބުނަނީ ސަރުކާރުން އާންމުކޮށްފައިވާ ހިސާބުތަކާއި އީގަލް ހިލްސްއިން ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކަށް ބަލައިފައި ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ މިހާރު މި އޮތް މިންވަރުން ސަރުކާރަށް ގެއްލުންވާނެ ކަމަށް 2037 ވަނަ އަހަރާ ހަމައަށް 430 މިލިއަން ޑޮލަރާއި 285 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް، މިކަން ބޭނުމިއްޔާ ސަރުކާރުން ހަމަ ހިސާބުތައް އާންމުކުރައްވާފައި ޗެލެންޖު ކުރެއްވީމާ ފަސޭހަވާނެ،" ޒަރިޔަންދު ވިދާޅުވި އެވެ.

Advertisement

ޒަރިޔަންދު ވިދާޅުވީ ރަސްމާލެއަކީ ހިއްކާފައި އޮތް ތަނަކަށް ވާތީ، އެ ތަނުގައި ހިންގާ މަޝްރޫއުއަކުން ފައިދާ ވާނީ އެ ބިން ހިއްކަން ކުރި ހަރަދު ފޫބެދުމުން ކަމަށެވެ. އެގޮތުން، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ހިއްކުމަށް 430 މިލިއަނެއްހާ ޑޮލަރު ހަރަދުވެފައިވާނެ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

"އެހެންވީމާ ރަސްމާލެއަށް 430 މިލިއަން [ޑޮލަރު] ދާނެ ކަމަށް މި ބަލަނީ 500 ހެކްޓަރަށް ބޮޑުގާ ނުޖަހައި، އެހެންވެއްޖެއްޔާ ބޮޑުގާ ޖަހައި އެ ތަނުގައި ޕްރޮޓެކްޝަންއާ ހުރިހާ ކަމެއް މި މީހުން [އީގަލް ހިލްސް] އިން އަދި ކުރިކަމުގައި ވިޔަސް، ދައުލަތުން އެ ގެއްލިގެން ގޮސްފައި އެ އޮތް 500 އެއްހައި މިލިއަން އެ އޮތީ، އެ ގޮތުގައި އޮއްވައިތާ މި ދިނީ ބަޔަކަށް، އަދި، ދައުލަތަށް ބައި ރުފިޔާ ވެސް ނުލިބޭތާ؟" ޒަރިޔަންދު ވިދާޅުވި އެވެ.

ރަސްމާލޭގެ މަޝްރޫއުގައި މި އަހަރު ސޮއިކުރި ނަމަވެސް، ސަރުކާރުން އެ ބުނާ ބާރުމިނުގައި އެ ތަނުގައި މަސައްކަތްތައް ކުރިއަށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ވިދާޅުވާންޖެހެނީ އީގަލް ހިލްސްއިން ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގައި އަމަލުކޮށްފައިވާ ގޮތަށް ބަލައިފައި ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، އެ ވާހަކަ އިތުރަށް ތަފުސީލުކޮށްދެއްވަމުން ޒަރިޔަންދު ވިދާޅުވީ ރަސްމާލެ މަޝްރޫއުއިން ސަރުކާރަށް އާމްދަނީ ލިބެން ފަށާނީ އެ ތަނުގައި ޕްރޮޕާޓީތަކެއް އިމާރާތް ކުރެވުމުން، އެ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީން ކަމަށެވެ.

އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން އެއްބަސްވެފައި ވަނީ އެ ތަނުގައި އަޅާ ޕްރޮޕާޓީތައް ވިއްކައިގެން އީގަލް ހިލްސްއަށް ލިބޭ އާމްދަނީގެ 10 ޕަސެންޓު ސަރުކާރަށް ލިބޭ ގޮތަށެވެ. އަދި، އެއިން ކޮންމެ ޕްރޮޕާޓީއެއް ދެވަނަ ނުވަތަ ތިންވަނަ ފަރާތަކަށް ވިއްކާ ކޮންމެ ފަހަރަކު އެ މުއާމަލާތުގެ ހަތަރު ޕަސެންޓު ދިވެހި ސަރުކާރަށް ލިބޭ ގޮތަށެވެ.

ސަރުކާރުން އަންދާޒާކޮށްފައި ވަނީ ރަސްމާލޭގައި އަޅާ އިމާރާތްތައް ވިއްކައިގެން ދައުލަތަށް ތިން ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އަދި، ޓެކުހާއި އެހެނިހެން ގޮތްގޮތުން 10 އަހަރުދުވަހުގެ ތެރޭގައި 11 ބިލިއަނަށްވުރެ ގިނަ ފައިސާ ދައުލަތަށް ލިބޭނެކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.

އެހެންނަމަވެސް، ޒަރިޔަންދު ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މުގާބިލުގައި އީގަލް ހިލްސްއިން ހުޅުމާލޭގައި އިމާރާތްކޮށްދޭ 5000 ހައުސިން ޔުނިޓުގެ އަގަށްވާ 500 މިލިއަން ޑޮލަރު އުނިކުރަން ނިންމާފައި ވަނީ ރަސްމާލޭގެ ޕްރޮޕާޓީތައް ވިއްކައިގެން ލިބޭ 10 ޕަސެންޓުން ކަމަށް ވާތީ، 2037 ވަނަ އަހަރާ ހަމައަށްދާއިރު، ޕްރޮޕަޓީ ސޭލްސްގެ ގޮތުގައި ދައުލަތަށް އެއްވެސް ފައިސާއެއް ނުލިބޭނެ ކަމަށެވެ.

އެހެންކަމުން ރަސްމާލެއަށް ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ބުނާ ފަތުރުވެރިންގެ ފަރާތުން ލިބޭ އާމްދަނީން އެކަނި، ރަސްމާލެ ހިއްކަންދިޔަ ހަރަދު، 2037 ގެ ނިޔަލަށް ހަމަނުވާނެ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox