ފުރާނައަށް ނުރައްކާވާ ހާލަތުގައި އެއާ އެމްބިއުލާންސްގައި ގެނެސް އާސަންދައިގެ ދަށުން ހިދުމަތް ދިނުމާއި މެންބަރުންގެ އިންޝުއަރެންސްއާ އަޅައި ކިޔައިފި

 ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ: އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުން ސިއްހީ ކަންކަމަށް ހަރަދުކުރަނީ ގިނައިން އެމީހުންގެ ޖީބުން ކަމަށެވެ. --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ: އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުން ސިއްހީ ކަންކަމަށް ހަރަދުކުރަނީ ގިނައިން އެމީހުންގެ ޖީބުން ކަމަށެވެ. --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މީހުންގެ ފުރާނައަށް ނުރައްކާވާ ހާލަތުގައި އެއާ އެމްބިއުލާންސްގައި ގެނެސް އާސަންދައިގެ ދަށުން ދޭ ހިދުމަތާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެޑިކަލް އިންޝުއަރެންސާ އަޅައި ކިޔުއްވައިފި އެވެ.

 އާންމު ރައްޔިތުންނަށް ނުލިބޭ ސިއްހީ އިންޝުއަރެންސްއެއް އާންމު ރައްޔިތުންގެ ފައިސާއިން އެ އާންމުން ތަމްސީލް ކުރަން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ދިނުމާ ދެކޮޅަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި 7225 މީހުން ސޮއިކޮށްފައިވެ އެވެ.  

އެ ޕެޓިޝަނާ ގުޅޭގޮތުން ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމްދީދީ ވިދާޅުވީ މަޖިލިސް މެންބަރުންގެ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ގިނަ ހަރަދު ކުރައްވަނީ އެ ބޭފުޅުންގެ އަމިއްލަ ޖީބުން ކަމަށެވެ.

"އާސަންދައިން ބޭސްކުރަން ބަލިވީމާ ޓަސްލާފައި އެއާ އެމްބިއުލާންސް ގޮސްގެން އެ މީހަކު ހަމަ 100،000ރ. ހަރަދުކޮށްގެން ވެސް ސަރުކާރުން ނަގައިގެން އައިސް އެމީހަކަށް ބޭސް އެބަކުރެވޭ އެ މީހެއްގެ ބަލިން ރައްކާތެރިވަންދެން އެއީ ހަ މިލިއަންވިޔަސް، ހަތް މިލިއަން ވެސް ހަރަދުކުރެވިފައި އެބަހުރި ބައެއް އެކްސިޑެންޓުތަކުގައި ބޭރަށް ފޮނުވައިގެން،" އިބްރާހިމްދީދީ ވިދާޅުވި އެވެ.

"އެކަމަކު މަޖިލިސް މެންބަރެއްގެ އަހަރެއްގެ އިންޝުއަރެންސަށް 24،000ރ.، އެ 24،000ރ. އަހަރަކު އޮންނައިރު، މި ތަނުން ބަޖެޓު ކަނޑައަޅާފައި އޮންނަ އަދަދަށް ވެސް މި ތަނުން ބޭނުން ނުކުރެވޭ ގިނަފަހަރު."

އޭނާ ވިދާޅުވީ މަޖިލިސް މެންބަރުންގެ ސިއްހީ އިންޝުއަރެންސް ކަނޑައިލުމަށް ގޮވާލައި ޕެޓިޝަނެއް ހުށަހަޅައިގެން އުޅެނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށްޓަކައި ކަމަށެވެ. އާސަންދައިގެ ދަށުން ލިބޭ ހިދުމަތްތަކާއި މެންބަރުންގެ މެޑިކަލް އިންޝުއަރެންސާ އޭނާ އަޅައި ކިޔުއްވީ އެކަން ސާބިތުކޮށްދެއްވުމަށް ކަމަށް ވިދާޅުވެ އެވެ.

"އަޅުގަނޑުމެން ދަތުރު މި ކުރަނީ އަޅުގަނޑުމެންގެ އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް، އެކަމަކު އާސަންދައިން އެހީތެރިޔާ އަށާއި އަދި، ބައެއް ފަހަރު ދެ އެހީތެރިންނަށް ވެސް ޓިކެޓު ދެއްވާފައި ސަރުކާރުން، ދައުލަތުން މި ފޮނުވަނީ ރައްޔިތުންނަށް ބޭސްކުރަން ރާއްޖެއިން ބޭރަށް ހަމަ އެކިއެކި ގައުމުތަކުގެ ހޮސްޕިޓަލްތަކުން،" އިބްރާހިމްދީދީ ވިދާޅުވި އެވެ.

"އަދި، ބައެއްފަހަރު އެންސްޕާއިން އެބަދެއްވާ ހަމަ، ރައްޔިތުންނަށް އެ މީހުން ހުރުމާއި ކެއުމާއި އަދި، އެހެނިހެން އެހީތެރިކަން ވެސް. މަޖިލިސް މެންބަރުންނަކަށް މި އެއްޗެއްސެއް ނުލިބޭ ނޫންތޯ؟"

 ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެއާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރި ކޮށްދޭން ވާނެ ކަމަށް ބުނަނީ މެންބަރުން އިމްތިޔާޒުތަކުގެ ގާނޫނުގަ އެވެ. އެއީ ކުރީގެ މެންބަރުންނަށް ވެސް ހެލްތު އިންޝޫރެންސް ލިބޭ ގާނޫނެވެ.   

އިބްރާހިމްދީދީ ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް މެޑިކަލް އިންޝުއަރެންސް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށާއި ރައްޔިތުން އެކަމަށް އެދޭނަމަ، އާސަންދައިން ވަކިވެ މެޑިކަލް އިންޝުއަރެންސް ޕެކޭޖެއް އެ މީހުންނަށް ހަމަޖެއްސުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"އަޅުގަނޑު ހަމަ، މިވަގުތު އެދެން ރައްޔިތުން މި ގޮތަށް ގަބޫލިއްޔާ ދިވެހި ހުރިހާ ރައްޔިތުން ވެސް އާސަންދައިން ކެނޑިގެން އިންޝުއަރެންސް ޕެކޭޖެއްގައި ޖަހަންވީނުންތޯ؟ އޭރުން އާސަންދައެއް ނޫން، އަޅުގަނޑުމެންނަށް ވެސް އޭރުން ލިބޭނީ އިންޝުއަރެންސް ނޫންތޯ؟ ހުރިހާ ރައްޔިތުންނަށް އިންޝުއަރެންސް ލިބޭނެ،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.

މިއަދުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ މެންބަރުން ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަކީ ރައްޔިތުންގެ ހިތުގައި މެންބަރުންނާމެދު ނަފުރަތު އުފެއްދުމަށްޓަކައި ހުށަހަޅާފައިވާ ޕެޓިޝަނެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox