ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލާނީ ހައްޔަރުކުރި މީހާގެ އުނދަގޫ ހުއްޓުވޭނެ ކަމަށް ސަރުކާރުން އާންމުކޮށް ބުނުމުން: ސައީދު

ސައީދު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ތެރެއިން -- ފޮޓޯ: އަދަދު

ސައީދު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ތެރެއިން -- ފޮޓޯ: އަދަދު

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލާނީ ހައްޔަރުކުރި މީހާގެ އާންމު އުނދަގޫ ދާއިމަށް ހުއްޓުވޭނެ ކަމަށް ސަރުކާރުން އާންމުކޮށް ބުނުމުން ކަމަށް އެ ހަޅުތާލުކުރަމުންދާ މުހައްމަދު ސައީދު ބުނެފި އެވެ. 

އިއްޔެ ހެނދުނުން ފެށިގެން ސައީދު ދިޔައީ ހެންވޭރު ޕޮލިސް ސްޓޭޝަންގެ އެތެރޭގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރަމުންނެވެ. ސައީދުއަށް ޕޮލިހުގެ ތެރޭގައި ނުހުރެވޭނެ ކަމަށް އެންގުމުން، އޭނާ ހަޅުތާލު ކުރިއަށް ގެންދަނީ  ޕޮލިސް ސްޓޭޝަންއާ ފަންސާހަކަށް ފޫޓު ދުރުގައި މަޖީދީ މަގުގަ އެވެ. 

ބީއެމްއެލްގެ ތަރުޖަމާނަކަށް ވެސް ހުންނެވި ސައީދު ރޭ ނިދީ ވެސް މަޖީދީ މަގުގަ އެވެ. އޭނާ ފާހާނާ ކުރަނީ އެ ސަރަހައްދުގައި ހުރި މިސްކިތަށް ގޮހެވެ. 

Advertisement

"ހަޅުތާލު ހުއްޓާލާނީ ހައްޔަރުކުރި މީހާގެ އާންމު އުނދަގޫ ހުއްޓާލާނެ ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އާންމުކޮށް ބުނުމުން،" ސައީދު ބުންޏެވެ.

ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ސަރަހައްދަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަޑައިގެން އޭނާއާ ބައްދަލުކުރައްވާފައިވެ އެވެ. އޭގެއިތުރުން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވަނީ ފޯނުން ސައީދުއަށް ގުޅުއްވައި ވާހަކަދައްކަވާފަ އެވެ. 

 ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް އަދަދު ނޫހަށް ވިދާޅުވީ މައްސަލައިގައި ހައްޔަރުކުރި މީހާއަށް ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާނެ ކަމަށެވެ. 

"އެ ކަން ހައްލު ކޮށްދިނުމަށްޓަކައި ގާނޫނުގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރާނަން، މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހާ ގެނެސް ފިޔަވަޅު އަޅާފައި،" ޝިޔާމް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހާ ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ މީހުންނާއި އެ މަގުތަކުން ދަތުރުކުރާ މީހުންނަށް އެތައް ތުރާލެއް ޖައްސަމުންދާ ކަމަށް ސައީދު ބުންޏެވެ. ނަމަވެސް، މިއަދާ ހަމައަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox