ބަންގްލަދޭޝްގައި ހިމަބިހީގެ ހާލަތު އަދިވެސް ވަރަށް ގޯސް

Oct 18, 2026, 6:31 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ދުނިޔޭގައި މިހާރު ފެތުރެމުންދާ ހިމަބިހީގެ އެންމެ ނުރައްކާތެރި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ބަންގްލަދޭޝްއިން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލަމުން އެބަދެ އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ބަލީގެ ތަފާސްހިސާބުތައް ބެލެހެއްޓުމުގައި ހުރި ބަލިކަށިކަމާއި، ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުމުގެ ސަބަބުން މި ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ.

މިއީ ވެކްސިން ޖަހާ މިންވަރު ދަށްވުމުގެ ސަބަބުން ކުރިމަތިވެދާނެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކާ ގުޅޭ ގޮތުން އެހެން ގައުމުތަކަށް ލިބިގެންދާ ވަރުގަދަ އިންޒާރެއް ކަމަށް ވެސް މާހިރުން ފާހަގަކުރައްވަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ބަންގްލަދޭޝްގެ އާންމު ވެކްސިން ޕްރޮގްރާމަށް ބުރޫއެރުމާ ގުޅިގެން، މި އަހަރުގެ މާޗު މަހުގެ މެދުތެރެއިން ފެށިގެން އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 202,000 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެ ތެރެއިން 22,000 ކޭސްއަކީ ލެބޯޓްރީ ތަހުލީލުތަކުން ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާ ކޭސްތަކެވެ. މިއީ މި އަހަރުގެ ތެރޭގައި ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ ކޭސްތައް ރިޕޯޓްކޮށްފައިވާ މިންވަރަށް ވުރެ އިތުރު އަދަދެކެވެ.

ހަލުވިކަމާއެކު ފެތުރޭ މި ބަލީގައި މިހާތަނަށް 1,147 މީހުން މަރުވެފައިވާ އިރު، މަރުވި މީހުންގެ 94 އިންސައްތައަކީ ފަސް އަހަރުން ދަށުގެ ކުޑަކުދިން ކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

"މިއީ ކޮންމެ ގައުމަކަށް ވެސް ލިބިގެންދާ ހަގީގީ އިންޒާރެއް،" ނިއުޔޯކް ޔުނިވާސިޓީގެ ސްކޫލް އޮފް ގްލޯބަލް ޕަބްލިކް ހެލްތުގެ ޕްރޮފެސަރު އަދި ޑަބްލިއުއެޗްއޯގެ ވެކްސިން އެޑްވައިޒަރު މާކް ޖިޓް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތެއްގައި ބައްޔަށް އިޖާބަދިނުމަށް ވުރެ، ވެކްސިން ޖަހައިގެން ބަލިމަޑުކަމެއް ފެތުރުން ހުއްޓުވުމަކީ މާ ފަސޭހަ، އަދި ހަރަދު ކުޑަ ރައްކާތެރި ގޮތެކެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރު ސަރުދާރު މުހައްމަދު ސަޚާވަތު ހުސައިން ވިދާޅުވެފައިވަނީ، ކުރިއަށް ގެންދިޔަ ކުއްލި ވެކްސިން ކެމްޕޭނާއެކު ބަލި އެންމެ ބޮޑަށް ފެތުރުނު ސަރަހައްދުތަކުގައި ކޭސްތައް "ސުމަކާ ގާތްކުރާ މިންވަރަށް" މަދުކުރެވިފައިވާ ކަމަށާއި، ބަލިމަޑުކަން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަންގްލަދޭޝްއިން ވަނީ ދުވާލަކު އެވްރެޖްކޮށް ހިމަބިހީގެ އާ 1,198 ކޭސް ރިޕޯޓްކޮށްފަ އެވެ. ގަދައަށް ހުން އައުމާއި، ކެއްސުމުގެ އިތުރުން ހަމުގައި ބިހިތަކެއް ނެގުމަށް މެދުވެރިވާ މި ބަލީގެ ކޭސްތައް ސެޕްޓެމްބަރު މަހު ރިޕޯޓްކޮށްފައިވާ މިންވަރަކީ މެއި މަހަށް ފަހު އެންމެ ގިނައިން ކޭސްތައް ފެނުނު މަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

ޕޮލެންޑުގައި ބަޑިން ހަމަލާދީ ހަ މީހުން މަރާލައިފި

ޕޮލެންޑުގެ ކްރަކޯވްގައި ހަރުކަށި ފިކުރުގެ މީހަކު ބަޑިން ހަމަލާދީ ހަ މީހުން މަރާލާފައިވާއިރު، އޭނާ ދިރިއުޅޭ ގެއިން ވެސް އިތުރު ތިން މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މި ހަމަލާގައި 17 މީހަކު ޒަޚަމްވެފައިވާއިރު، ފުލުހުން ވަނީ ހަމަލާދިން މީހާގެ ގަޔަށް ބަޑިޖަހައި އޭނާ ހައްޔަރުކޮށްފައެވެ.

އިޒްރޭލުގެ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު އައިޒެންކޮޓްއަށް

އިޒްރޭލުގެ އާންމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން، އާ ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ރައީސް އައިޒަކް ހަރްޒޮގް ވަނީ އިދިކޮޅު ލީޑަރު ގާޑީ އައިޒެންކޮޓްއަށް ދެއްވާފައެވެ. ސަރުކާރު އެކުލަވައިލުމަށް އައިޒެންކޮޓްއަށް ގިނަވެގެން 42 ދުވަސް ލިބިވަޑައިގަންނަވާއިރު، އޭނާ ވިދާޅުވީ މިއީ ގައުމީ ކުއްލި ހާލަތުގެ ސަރުކާރެއް އުފައްދަންވީ ވަގުތު ކަމަށެވެ. މި އިންތިހާބުގައި އަރަބި ޕާޓީތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް، ޔަހޫދީ ޕާޓީތަކުން ވަނީ ސަރުކާރު އެކުލަވައިލުމުގައި އެ ޕާޓީތަކުގެ އެހީތެރިކަން ނުހޯދާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox