ބަންގްލަދޭޝްގައި ޑެންގީ ގިނަވެ، ހޮސްޕިޓަލްތަކަށް ބާރުބޮޑުވެއްޖެ

Sep 7, 2026, 2:17 PM
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ސުހްރަވަރުދީ އުދިޔާން ޕާކުގައި ހެދިފައިވާ ފެންގަނޑެއްގެ މަތީގައި މަދިރިތަކެއް -- ފޮޓޯ: ރޮއިޓާސް

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ސުހްރަވަރުދީ އުދިޔާން ޕާކުގައި ހެދިފައިވާ ފެންގަނޑެއްގެ މަތީގައި މަދިރިތަކެއް -- ފޮޓޯ: ރޮއިޓާސް

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ޑެންގީ ހުން ފެތުރެމުންދާއިރު، މި އަހަރުގެ މިހާތަނަށް 42,590 މީހުން ބަލީގައި އެޑްމިޓްކޮށް، 117 މީހުން ވަނީ މަރުވެފަ އެވެ.

މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމާ ގުޅިގެން ހޮސްޕިޓަލްތަކަށް ބާރުބޮޑުވެފައިވާއިރު، ކުރިއަށް އޮތް ހަފުތާތަކުގައި މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލި އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޑެންގީ ޖެހިގެން ހަތަރު މީހުން މަރުވެފައިވާއިރު، 1،558 މީހުން ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފަ އެވެ. ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މި އަހަރުގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން އެޑްމިޓްކުރި ދުވަހެވެ.

ގަދަޔަށް ހުން އައުމާއި، ބޮލުގައި ރިއްސުމުގެ އިތުރުން ފުރާނައަށް ނުރައްކާވާ ފަދަ އުނދަގޫތައް ކުރިމަތިވާ މި ބަލި ފާއިތުވި ހަފުތާތަކުގައި ވަރަށް ބޮޑަށް ފެތުރިފައިވާއިރު، މިއީ 2023 ވަނަ އަހަރު ބަންގްލަދޭޝްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ޑެންގީގެ ބަލިމަޑުކަމަށް ފަހު އަލުން އުފެދުނު ބޮޑު ކަންބޮޑުވުމެކެވެ.

މި ބަލިމަޑުކަމުގެ ސަބަބުން އެ ގައުމުގެ ސިއްހީ ނިޒާމަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފަ އެވެ. މީގެ އިތުރުން، މުޅި ގައުމުގައި ފެތުރެމުންދާ ހިިިމަބިހީގެ ބަލިމަޑުކަމުގައި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 1،000 ކުޑަކުދިން މަރުވެފައިވާތީ، ސިއްހީ ނިޒާމަށް ވަނީ އިތުރު ބުރައެއް އުފުލަން ޖެހިފަ އެވެ.

ސިއްހީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި، މި އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުންނަށް ޑެންގީ ޖެހުނު އޮގަސްޓް މަހަށް ވުރެ ވެސް، މި ސެޕްޓެމްބަރު މަހު ހާލަތު މާ ބޮޑަށް ގޯސްވުމުގެ ފުރުސަތު އެބަ އޮތެވެ.

ޖަހަންގީރުނަގަރު ޔުނިވާސިޓީގެ މެޑިކަލް އެންޓޮމޮލޮޖިސްޓް، ޕްރޮފެސަރު ކަބީރުލް ބަޝާރު ވިދާޅުވީ، އޭނާގެ ދިރާސާތަކާއި ލަފާކުރުންތަކުން ދައްކާ ގޮތުގައި މިހާރު ބަލި ފެތުރެމުންދާ ރޭޓަށް ބަލާއިރު، މި މަހުގެ ތެރޭގައި އެޑްމިޓްކުރާ މީހުންގެ އަދަދު 30،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ. އަދި މޫސުން ހުރި ގޮތުން އަންނަ އޮކްޓޯބަރު މަހާ ހަމައަށް ވެސް ބަލި ފެތުރުން ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަލިމަޑުކަން އޭގެ އެންމެ މަތީ ދަރަޖައަށް އަދި ނުދޭ،" ބަޝާރު ވިދާޅުވި އެވެ. "މިހާރު ބަލި ފެތުރެމުންދާ ގޮތަށް ބަލާއިރު، ސެޕްޓެމްބަރު މަސް ވެގެންދާނީ ޑެންގީގެ ބަލިމަޑުކަމުގައި މި އަހަރުގެ އެންމެ ނުރައްކާތެރި މަހަށް."

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox