ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ފައިނަލުގައި ހާޑް ރޮކާއި އޮޅުވެލީގެ ކުރިމަތިލުމެއް

Sep 2, 2026, 7:57 AM
ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ސެމީ ފައިނަލުގައި މާދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު ހާޑް ރޮކް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ސެމީ ފައިނަލުގައި މާދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު ހާޑް ރޮކް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލި އާއި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ. 

ސެމީގެ ފުރަތަމަ މެޗުގައި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އިން ވަނީ 5-1 އިން އޯޒެން ލައިފް މާދޫ ބަލިކޮށްފަ އެވެ. މެޗަކުން ބަލިނުވެ ފައިނަލުގެ ޖާގަ ހޯދި ހާޑް ރޮކުން އިއްޔެގެ ސެމީ ފައިނަލުގައި ލަނޑުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ހުސެއިން އައްފާޝް ދެ ގޯލާއި އަހުމަދު މަޝީދު އާއި އަހުމަދު ބައްސާމް އަދި މުހައްމަދު އައްޒާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި މާދޫގެ ހަމައެކަނި ލަނޑު ޖެހީ އިސްމާއިލް މަދީހު އެވެ. 

ދެ ވަނަ ސެމީގައި، ޖޭޑަބްލިއު މެރިއަޓް އަތުން މި ފަހަރު މި ޒޯނުގެ މެޗުތައް ހޯސްޓްކުރާ އޮޅުވެލިން މޮޅުވީ 1-0 އިންނެވެ. މި މެޗުގައި އޮޅުވެލީގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު އަމީމް އިބްރާހިމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އޮޅުވެލީގެ ހަސަން ސުހައިލް އެވެ. 

Advertisement
ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ސެމީ ފައިނަލުގައި މެރިއަޓް ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޅުވެލީގެ އަމީމް އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ސެމީ ފައިނަލުގައި މެރިއަޓް ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޅުވެލީގެ އަމީމް އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ބާރަ ޓީމު ވާދަކުރި މި ފަހަރުގެ ސައުތު މާލެ ޒޯންގެ ފޯމެޓް ރޭވިފައި އޮތްގޮތުން، ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމަށް ކުއާޓާ ފައިނަލުގެ ސީދާ ޖާގައެއް ލިބުނެވެ. ދެން، ކޮންމެ ގްރޫޕެއްގައި ހިމެނޭ އަނެއް ދެ ޓީމު ކުޅެން ޖެހޭނީ ޕްލޭއޮފް ބުރުގަ އެވެ. އަދި، ޕްލޭއޮފުން މޮޅުވާ ޓީމުތަކަށް ކުއާޓާ ފައިނަލްގެ ފަހު ހަތަރު ޖާގަ ލިބުނެވެ. ހާޑް ރޮކުން ފައިނަލަށް އައީ ގްރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ. އޮޅުވެލި އަށް ގްރޫޕްގެ ފުލުން ޖާގަ ލިބުނު ނަަމަވެސް ފަހުން ކަންކަން ރަނގަޅުކޮށް ފައިނަލާ ހަމަައަށް މި ވަނީ ދަތުރުކޮށްފަ އެވެ. 

ސައުތު މާލެ ޒޯންގެ ފައިނަލުގައި ހާޑް ރޮކް އާއި އޮޅުވެލި ކުޅޭ މެޗު އޮތީ ބުރާސްފަތި ދުވަހު އެވެ. 

މިދިޔަ އަހަރުގެ ފައިނަލުުގައި ސައި ލެގޫން މޯލްޑިވްސް، ކޫރިއޯ ކަލެކްޝަން ބަައި ހިލްޓަން ބަލިކޮށްފައި މި ޒޯންގެ ތަށި ހޯދީ ވަލްޑޯފް އަސްޓޯރިއާ މޯލްޑިވްސް އިތާފުށިންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ވަލްޑޯފުން މޮޅުވީ 5-4 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox