ބިދޭސީންނަށް ބިން މިލްކު ކުރެވޭ ސިޔާސަތެއް ކަނޑައެޅުމުގެ ބާރު ސަރުކާރަކަށް ނެތް: އެމްޑީޕީ

އިދިކޮޅު އެމްޑީޕީން މީގެ ކުރިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން: އެ ޕާޓީން ބުނީ ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުކޮށްދިނުމުގެ އިހުތިޔާރު ސަރުކާރަށް ނޯންނާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

އިދިކޮޅު އެމްޑީޕީން މީގެ ކުރިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން: އެ ޕާޓީން ބުނީ ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުކޮށްދިނުމުގެ އިހުތިޔާރު ސަރުކާރަށް ނޯންނާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުކޮށްދިނުމުގެ އިހުތިޔާރު ސަރުކާރަށް ނޯންނާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ. 

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ ބާރު ނުވަތަ އެފަދަ ގޮތަކަށް އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު ސަރުކާރަށް ނޯންނާނެ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމަންޖެހޭނީ ދިވެހި ރައްޔިތުން ކަމަށެވެ. 

"ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ ބާރު ނުވަތަ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު ސަރުކާރަކަށް ނޯންނާނެ. އެ ކަމާމެދު ގޮތެއް ނިންމާނަމަ، އެކަން ނިންމަންވާނީ ސީދާ ދިވެހި ރައްޔިތުން،" އެމްޑީޕިން ބުންޏެވެ. 

އެމްޑީޕީން ބުނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް މެދުވެރިކޮށް، ރައްޔިތުން އެ ކަމުގައި ދެކޭގޮތް ބެލުމަށްފަހުގައި ނޫނީ، ރައްޔިތުންގެ ނަމުގައި ބިދޭސީންނަށް ބިން މިލްކުވާ ގޮތަށް ހެދުން ފަދަ މުއާމަލާތްތަކަށް ނުވަނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. 

ޔޫއޭއީގެ އީގަލް ހިލްސްއަށް ފުށިދިއްގަރުފަޅުގެ ބޮޑު ބައެއް ދިނުމަށް ހިންގާ މުއާމަލާތުގައި ސަރުކާރުން މިހައިތަނަށް އަމަލުކުރަމުންދާ ގޮތުން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރި އެވެ. އެ ޕާޓީން ބުނީ ސަރުކާރުން މިހާތަނަށް އެ ކަމާ ގުޅިގެން ހާމަކުރި މައުލޫމާތު ދިމާނުވުމާއި، ފުރިހަމަ މައުލޫމާތު ހިއްސާކުރަން ފަސްޖެހުމަކީ ނުރައްކާތެރިކަމުގެ ނިޝާނެއް ކަމަށެވެ. 

އީގަލް ހިލްސްއާއެކު ހެދި އެއްބަސްވުން  ދެމިގެންދާނެ މުއްދަތާއި، ދިވެހި ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، އުފުލަންޖެހޭ މާލީ އިލްތިޒާމުތަކާއި، ބޭރުގެ ފަރާތަށް ދޭ މާލީ ލުއިތަކާއި އިސްތިސްނާތަކާއި، އަދި އެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެންމެހައި ޒިންމާތައް ރައްޔިތުންނަށް ސާފުވާނެހެން ހާމަކުރަން އެމްޑީޕީން ގޮވައިލި އެވެ. 

"މި ދެންނެވި މަޝްރޫއުގެ ދަށުން، ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވައިލަން. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ހިންގާ އެއްވެސް މުއާމަލާތެއްގެ ސަބަބުން، މުސްތަގުބަލުގައި ދިވެހި ބިމުގެ މައްޗަށް ބިދޭސީންގެ ދާއިމީ މިލްކުވެރިކަމުގެ ހައްގެއް އުފަންވެދާނެފަދަ އެއްވެސް ކަމެއްވެސް ހިމެނިފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްދިނުމަށް ސަރުކާރަށް ގޮވައިލަން،" އެމްޑީޕީން ބުންޏެވެ. 

ނަމަވެސް އެމްޑީޕީން ބުނީ އެ ޕާޓީން ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި އެ ފަރާތްތަކަކީ ދިވެހި ރާއްޖޭގެ ތަރައްގީގައި ނުހަނު މުހިންމު ބައެއްކަމުގައި ދެކޭ ކަމަށެވެ. 

އޭގެއިތުރުން ރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ޕްރައިވެޓް ސެކްޓަރު ފުޅާކޮށް، މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމުގެ ގޮތުން ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް އެމްޑީޕީން ތަރުހީބު ދޭނެ ކަމަށްވެސް ބުންޏެވެ. 

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޭން ސަރުކާރުން ނިންމާފައި 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެގްރިމެންޓު ފްރޭމްކޮށްފައި އޮތް ގޮތުން އެތަން އެއްކޮށް ގެއްލޭނެ އެވެ. 

ރަސްމާލެއިން ޕްރޮޕަޓީސް ގަންނަ މީހާއަށް ލިބޭ މީހާ އެތަން ވިއްކާލުމުން، އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. އަދި ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. މިކަން ވަނީ އީގަލް ހިލްސް އިން ޔަގީންކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox