ސަރުކާރުގެ އަމާޒަކީ ދޮގު ހަދައި އޮޅުވާލުން، ރައްޔިތުންނަށް ކަމެއް ކޮށްދޭން ނޫޅޭ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަނދަވަޅަކާ ދިމާލަށް ގެންދާއިރު، އެގޮތަށް ރާއްޖެ ދިއުމަށް ދޫކޮށް ނުލެވޭނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަނދަވަޅަކާ ދިމާލަށް ގެންދާއިރު، އެގޮތަށް ރާއްޖެ ދިއުމަށް ދޫކޮށް ނުލެވޭނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ދޮގު ހަދައި އޮޅުވާލުން ކަމަށާއި، ރައްޔިތުންނަށް ކަމެއް ކޮށްދޭން ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ އެއްވެސް ހިޔާލެއް ނެތި ސަރުކާރުން ކުރަމުންދާ ކަމަކީ ރައްޔިތުންނަށް އޮޅުވާލައި މަކަރު ހެދުން ކަމަށެވެ. 

"ދޮގު ހެދުމާއި، އޮޅުވާލުމާއި، މަކަރު ހެދުން މިއީ މި ސަރުކާރުގެ ހަމައެކަނި އަމާޒު. ރާއްޖޭގެ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ކުޑަ ހިޔާލެއްވެސް އެބޭފުޅުންގެ ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖެ އަނދަވަޅަކާ ދިމާލަށް ގެންދާއިރު، އެގޮތަށް ރާއްޖެ ދިއުމަށް ދޫކޮށް ނުލެވޭނެ ކަމަށެވެ. އެގޮތުން މުއިއްޒުގެ ސަރުކާރު ބަދަލުކޮށް އަނެއްކާވެސް ރާއްޖޭގެ ރައްޔިތުންނަށް އެމްޑީޕީން ހެޔޮވެރިކަމެއް ކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ބަތްކައްކާ ކުޅުން މީޒާނެއް ނެތް. ލާހޫރޭ އިގްތިސާދީ ސިޔާސަތުތަކެއް މި ދިވެހިރާއްޖެ މިގެންދަނީ ކަނު ބަނދެވިގެން ތިބެ އަނދަވަޅަކަށް ވެއްޓުމަށް. އަޅުގަނޑުމެންނެއް މި ޕާޓީއެއް އެ މަގަށް މި ރާއްޖެ ދިއުމަކަށް ދުލެއް ނުކޮށްލެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައީސް މުއިއްޒު ބަދަލުކުރާނަން. މި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ހެޔޮ ވެރިކަމެއް ހޯދައިދޭނަން. މި ސަރުކާރު އަޅުގަނޑުމެން ބަދަލުކުރާނަން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރެއް ދެން އިރާދަކުރެއްވިއްޔާ ދެން އުފެދިގެން އަންނެ" 

ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ފެއިލްވެފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ދަރަނި އަދާކުރުމުގެ އެއްވެސް ސިޔާސަތެއްވެސް ސަރުކާރުގެ ނެތް ކަމަށެވެ. އޭގެއިތުރުން ބޭރުން ފައިސާއެއް ހޯދުމުގެ ގާބިލުކަމެއްވެސް ސަރުކާރުގައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް މިރޭ ހުޅުވުމަށްފަހު މާދަމާ މެންދުރުފަހުން ފެށިގެން ރޭގަނޑަށް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންވެސްޓްމަންޓް ފޯރަމެވެ. އެއަށްފަހު ހޮނިހިރު ދުވަހު ހެނދުނުން ފެށިގެން ކޮންގްރެސްގެ ރަސްމީ މަސައްކަތްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox