ނޭޕާލް: މަރުވި ކަމަށް ބަލައި ހިތާމަފާޅުކުރަނިކޮށް، އަންހެނަކު ސަލާމަތްކޮށްފި

Sep 7, 2026, 6:28 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި ޗަންދިކާ ކުމާރީ ޝްރެސްތާ މަރުވީ ކަމަށް ބަލައި، އޭނާގެ އާއިލާއިން މަރުގެ ހިތާމަ ފާޅުކުރުމުގެ ރަސްމިއްޔާތުތައް ފެށި ފަހުން، ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.

ހާދިސާ ހިނގިތާ 10 ދުވަސް ފަހުން އޭނާ ފެނިފައިވަނީ ސުންނާފަތިވެފައިވާ ބެތުރަވަތީ އަވަށުގައި ހުރި އޭނާގެ ގޭގެ ދަށުންނެވެ. އޭނާ ސަލާމަތްވީ ފެނާއި ޗަކައިގެ ތެރޭގައި ހުރި ކުޑަ ވައިކޮޅެއް ލިބޭ ފަދަ ހަނި ތަންކޮޅެއްގެ ތެރޭގައި ތާށިވެފައި އޮއްވަ އެވެ.

"އެ ހަތަރު ބުރީގެ އިމާރާތް ފެންބޮޑުވުމުގެ ތެރޭގައި ވަނީ ވެއްޓި، ކައިރީގައި އޮތް މަޑު ފަސްގަނޑެއްގެ ތެރެއަށް ގަނބައިގެން ގޮސްފައި. އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް 'އަހަރެން ސަލާމަތްކުރޭ' އޭ ބުނެ ގޮވާ އަޑު އިވުނު،" ފުލުސް އޮފިސަރު މަހެންދުރަ ދަރުނާލް ބުންޏެވެ.

ހޮނިހިރު ދުވަހު 45 މިނެޓަށް ކުރިއަށް ގެންދިޔަ ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގައި، ދަރުނާލް އާއި އޭނާގެ ޓީމުން ޝްރެސްތާ އެ ހަނި ތަންކޮޅުން ނެރެ، އަސްކަރީ ހޮސްޕިޓަލަކަށް ވަނީ ފޮނުވާފަ އެވެ.

"އަހަރެން އާއިލާއާ ގުޅަމުން ދިޔައިރު، އެމީހުން ތިބީ 11 ދުވަހުގެ މަރުގެ ހިތާމަ ފާޅުކުރުމުގެ މުއްދަތު ފަށާފައި،" ދަރުނާލް ކިޔައިދިނެވެ.

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގައި އެންމެ ބޮޑަށް ގެއްލުންވި ބެތުރަވަތީ އަވަށުން ގެއްލުނު އެތައް ސަތޭކަ ބައެއްގެ ތެރޭގައި ޝްރެސްތާ ހިމެނެ އެވެ. އެ އަވަށުގެ ބޮޑު ސަރަހައްދެއް ވަނީ މަޑު ފަސްގަނޑެއްގެ ދަށުވެފަ އެވެ. ސަލާމަތްކުރާ ފަރާތްތަކުން އަދިވެސް ދަނީ އެ ސަރަހައްދުން ގިނަ އަދަދެއްގެ މީހުންގެ ހަށިތައް ނެރެމުންނެވެ.

ނޭޕާލްގެ އެކި ސަރަހައްދުތަކުން 1,300 އަށްވުރެ ގިނަ މީހުން މަރުވި މި ކާރިސާގައި، ބެތުރަވަތީގެ މާރުކޭޓާއި ގިނަ އާންމު ގެތައް ވަނީ ފެނާއެކު އައި ކުނިބުނިތަކުގެ ދަށުވެފަ އެވެ. އަދިވެސް އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަނީ

ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ، އުޅަނދުތަކާއި ގަސްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތަކުގައި 12 މީހަކު ޒަޚަމްވެފައިވާއިރު، އދ. އިން ހާމަކުރާ ގޮތުގައި މި އަހަރު ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިޒްރޭލްގެ ވަޒީރުންނާ ދެކޮޅަށް އިޓަލީން ތަހުގީގެއް

ގައްޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓުތަކުގައި ތިބި އެކްޓިވިސްޓުންނަށް އަނިޔާކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އިޒްރޭލުގެ ދިފާއީ ވަޒީރާއި އަސްކަރިއްޔާގެ އިސް ވެރިންނާ ދެކޮޅަށް އިޓަލީން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ހިންގަނީ އިޓަލީގެ 50 ރައްޔިތަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން، ރަހީނުކުރުމާއި، ލާއިންސާނީ އަނިޔާ ދިނުމާއި، ޖިންސީ ގޯނާކުރުން ފަދަ ސީރިއަސް މައްސަލަތަކެއް ބެލުމަށެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ ޒަކަރިއާ، މަގާމާ ހަވާލުވިތާ ފަސް ދުވަސް ނުވަނީސް އިސްތިއުފާ ދެއްވީ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި ފާޑުކިއުންތަކާ ގުޅިގެންނެވެ. އޭނާގެ ތައުލީމީ ފެންވަރާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލަކު މިހާ އަވަހަށް މަގާމުން ވަކިވި ފުރަތަމަ ފަހަރެވެ.

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

ޔަމަނުގެ އަދަނުގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި ފަސް މީހުން މަރުވެ، ސޯޅަ މީހުން ޒަހަމްވެއްޖެއެވެ. މި ހަމަލާ ދިން ވަގުތު ބޮޑުވަޒީރާއި ވަޒީރުން ގަނޑުވަރުގައި ތިއްބެވި ނަމަވެސް، އެއްވެސް ބޭފުޅަކަށް އަނިޔާއެއް ނުވެއެވެ. ޔަމަނުގެ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، ހޫތީންނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.

އިޒްރޭލުން އަލްޖަޒީރާގެ ނޫސްވެރިންނަށް ޖާސޫސުކޮށްފި

އިޒްރޭލުގެ ކުންފުނިތަކަކުން އުފެއްދި "ޒީރޯ-ކްލިކް" ސްޕައިވެއާ ބޭނުންކޮށްގެން އަލްޖަޒީރާގެ ނޫސްވެރިންގެ ފޯނުތަކުން މައުލޫމާތު ވަގަށްނަގައި ޖާސޫސުކޮށްފައިވާކަން ސިޓިޒަން ލެބުގެ ތަހުގީގަކުން ހާމަވެއްޖެއެވެ. އިޝްތިހާރުތަކެއް މެދުވެރިކޮށް ފޮނުވި މި ނުރައްކާތެރި ސޮފްޓްވެއާގެ ސަބަބުން، ފޯނުގައި ހުންނަ ޕާސްވޯޑްތަކާއި މެސެޖުތައް ނެގުމުގެ އިތުރުން ކެމެރާއާއި މައިކްރޯފޯން ބޭނުންކޮށްގެން އަޑާއި މަންޒަރު ރެކޯޑްކުރުމުގެ ފުރުސަތު ހަމަލާދިން ފަރާތްތަކަށް ލިބިފައިވެއެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ސްކޫލެއްގެ ފުރާޅު ވެއްޓި 27 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

Newsletter

Get the latest news delivered straight to your inbox