ނޭޕާލް: 10 ދުވަސް ފަހުން ޓަނަލެއްގެ ތެރެއިން މީހަކު ސަލާމަތްކޮށްފި

Sep 6, 2026, 8:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އައިސް އާއި ހިލަ އަދި ޗަކަ ފޭބުމުގެ ސަބަބުން 1،300 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއަށް 10 ދުވަސް ވެފައިވަނިކޮށް، ނޭޕާލްގެ ޓަނެލެއްގެ ތެރެއިން ޗައިނާގެ ރައްޔިތަކު ހޮނިހިރު ދުވަހު ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.

ނޭޕާލްގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ލޫ ހައިޓާއޯ ނަމަކަށް ކިޔާ މި މީހާ ސަލާމަތްކޮށްފައިވަނީ "އަޕާ ތްރިޝޫލީ-1" ހައިޑްރޯޕަވާ ޕްރޮޖެކްޓްގެ 225 މީޓަރު ދިގު ޓަނެލެއްގެ ތެރެއިންނެވެ.

އޮގަސްޓް 26 ވަނަ ދުވަހު ފަރުބަދައިގެ މަތީ ސަރަހައްދެއްގައި އޮންނަ ގްލޭޝިއަރެއް ކަނޑައިގެން ދިއުމާ ގުޅިގެން، އެކި ޓަނަލްތަކުގެ ތެރޭގައި 900 އެއްހާ މީހުން ތާށިވެފައިވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ. ލޫ އަކީ މިހާތަނަށް ދިރިހުއްޓާ ފެނުނު ތިންވަނަ މީހާ އެވެ.

މީގެ އިތުރުން، ހުކުރު ދުވަހު ރެސްކިއު ޓީމުތަކުން ވަނީ "އަޕާ ތްރިޝޫލީ 3އޭ" ހައިޑްރޯޕަވާ ސްޓޭޝަންގެ އެހެން ޓަނަލެއްގެ ތެރެއިން ވެސް ދެ މީހަކު ދިރިހުއްޓާ ސަލާމަތްކޮށްފަ އެވެ.

ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ސަލާމަތްކުރި ލޫގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. އަދި އޭނާގެ ސިއްހީ ހާލަތު ޖުމްލަ ގޮތެއްގައި ރަނގަޅު ނަމަވެސް، ހަށިގަނޑުގެ ފިނިހޫނުމިން ދަށްވުމުގެ (ހައިޕޯތާމިއާ) އަލާމާތްތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވެ އެވެ.

ނޭޕާލްގެ އަސްކަރިއްޔާއިން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ލޫ ސަލާމަތްކުރުމަށް ފަހު ހެލިކޮޕްޓަރެއްގައި އަސްކަރީ ހޮސްޕިޓަލަކަށް ގެންދިޔަ މަގުމަތީގައި އޭނާއަށް ވަނީ ކުއްލި ފަރުވާ ދީފަ އެވެ.

އޭނާ ފެނުނުއިރު ހުރީ ވަރަށް ބޮޑަށް ވަރުބަލިވެ، ވާނުވާ ނޭނގޭ ހާލަތެއްގަ އެވެ. އަދި އޭނާގެ ހަށިގަނޑާއި އަންނައުނުގައި ހިކިފައި ހުރި ޗަކަ އާއި ހިރަފުސް ހުއްޓެވެ. އަސްކަރީ ޔުނީފޯމުގައި ހުރި މެޑިކަލް އޮފިސަރަކު ސްޓެތެސްކޯޕް ބޭނުންކޮށްގެން އޭނާ ބަލަމުންދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.

މި ހާދިސާގައި ނޭޕާލުން މިހާތަނަށް 1،344 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ހުކުރު ދުވަހު ވަނީ ބުނެފަ އެވެ. އަދި 4،887 މީހުން އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އޭގެ ތެރޭގައި 583 ބޭރު ގައުމުތަކުގެ މީހުން ހިމެނެ އެވެ. 

ޗައިނާގެ ދައުލަތުގެ މީޑިއާ "ޒިންހުއާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހާ ހަމައަށް ޓިބެޓުން މަރުވި މީހުންގެ އަދަދު ވަނީ 31 އަށް އަރާފަ އެވެ. އަދި 531 މީހަކު ގެއްލިފައިވާ ކަމަށް ލިސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 261 މީހުންނަކީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox