ޖޭ-ޒީއަށް ކުރި ރޭޕްގެ ތުހުމަތުތަކީ ދޮގެއް ކަމަށް އެއްބަސްވެއްޖެ

Sep 27, 2026, 7:00 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އުމުރުން 13 އަހަރުގައި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޖޭ-ޒީ އޭނާ ރޭޕްކުރި ކަމަށް ބުނެ ތުހުމަތުކުރި އަންހެން މީހާ، އެއީ ދޮގު ވާހަކައެއް ކަމަށް އެއްބަސްވެއްޖެ އެވެ.

ނަން ހާމަކޮށްފައިނުވާ މި އަންހެން މީހާ 2024 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، 2000 ވަނަ އަހަރު ބޭއްވި އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސްއަށް ފަހު އޮތް ޕާޓީއެއްގައި، އަސްލު ނަމުން ނަމަ ޝޯން ކާޓާ (ޖޭ-ޒީ) އާއި ޝޯން "ޑިޑީ" ކޯމްބްސް އޭނާއަށް މަސްތުވާ އެއްޗެއް ދިނުމަށްފަހު ރޭޕްކުރި ކަމަށެވެ.

މި ތުހުމަތުތަކަށް އެ ދެ ތަރިން އޭރުވެސް އިންކާރުކުރިއިރު، އެ އަންހެން މީހާ ވަނީ މިދިޔަ އަހަރު އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. އޭގެ ފަހުން ޖޭ-ޒީ ވަނީ އެ އަންހެން މީހާއާއި އޭނާގެ ވަކީލުންނާ ދެކޮޅަށް ދައުވާ އުފުލާފަ އެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި ބަޔާނެއްގައި އެ އަންހެން މީހާ ބުނެފައިވަނީ، ޝޯން "ޖޭ-ޒީ" ކާޓާ އޭނާ ރޭޕްކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއަކީ ދުވަހަކުވެސް ޖޭ-ޒީއާ ބައްދަލުވެފައިވާ ނުވަތަ ވާހަކަދައްކާފައިވާ މީހެއް ނޫން ކަމަށާއި، ޖޭ-ޒީގެ ފަރާތުން އޭނާއަށް އެއްވެސް ކަހަލަ ބޭއަދަބީ އަމަލެއް ކުރިމަތިވެފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޯޓު ލިޔެކިޔުންތަކުގައި "ޖޭން ޑޯ" ގެ ނަމުން ނިސްބަތްކޮށްފައިވާ އެ އަންހެން މީހާ އިތުރަށް ބުނެފައިވަނީ، ޖޭ-ޒީ އާއި ޑިޑީ އޭނާ ރޭޕްކުރި އިރު ތިންވަނަ ސެލެބްރިޓީއަކު ބަލަން ހުރި ކަމަށް ބުނެ ދެއްކި ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި ޖޭ-ޒީއާ ދެކޮޅަށް އޭނާ ކުރި އެއްވެސް ތުހުމަތެއްގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު ކުރި މި ދޮގު ތުހުމަތުތަކުގެ ސަބަބުން ޖޭ-ޒީއަށް އިންތިހާއަށް ތަދާއި، ތަކުލީފާއި އަދި ދުވަހަކުވެސް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އަޅުގަނޑު ގަބޫލުކުރަން،" އެ އަންހެން މީހާ ބުނެފައިވެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ޖޭ-ޒީ މީގެ ކުރިން ބުނެފައިވަނީ އެއީ އޭނާގެ އަތުން ފައިސާ އަތުލުމަށް (ބްލެކްމެއިލް ކުރުމަށް) ރޭވި ކަމެއް ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް، ހަދައިގެން ދައްކާފައިވާ ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ފިރިމީހާ، ޖޭ-ޒީ، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ އަންހެން މީހާ މައްސަލަ އަނބުރާ ގެންދިއުމުން ބުނެފައިވަނީ، މިކަމުގެ ސަބަބުން އޭނާގެ އަންހެނުންނާއި، ދަރިންނާއި، އާއިލާއަށް ލިބުނު ނަފްސާނީ އަނިޔާއަކީ ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

އެމެރިކާގެ އެލަބާމާއަށް ނިސްބަތްވާ މި އަންހެން މީހާގެ ނަން މިހާރު ވަނީ ޖޭ-ޒީ ހުށަހަޅާފައިވާ ދައުވާއިން އުނިކޮށްފަ އެވެ.

އެ އަންހެން މީހާ ބުނި ގޮތުގައި، އޭނާ މިވީ އިއުތިރާފަކީ ޖޭ-ޒީގެ ފަރާތުން ނުވަތަ އެހެންވެސް ފަރާތަކުން ފައިސާ ލިބިގެން ވީ އިއުތިރާފެއް ނޫނެވެ.

ފަހުގެ ޚަބަރު

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

Newsletter

Get the latest news delivered straight to your inbox