ފިޖީގައި އެޗްއައިވީ ފެތުރުން ކޮންޓްރޯލުން ނެއްޓި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

Sep 17, 2026, 11:52 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ފިޖީގައި އެޗްއައިވީ ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެން އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތަކާއި، ފަރުވާ އަދި ރައްކާތެރިކަމުގެ ހިދުމަތްތައް ފުޅާކުރަން ފަށައިފި އެވެ.

ޕެސިފިކް ކަނޑުގެ ކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ފިޖީގެ ކޮންމެ 60 ބޮޑު މީހަކުން އެކަކީ މިހާރު ލޭގެ ޒަރީއާއިން ފެތުރޭ މި ވައިރަސް ހުރި މީހެކެވެ. މީގެ ފަސް އަހަރު ކުރިން މި ނިސްބަތް ހުރީ ކޮންމެ 167 މީހަކުން އެކަކަށެވެ. މީގެ އިތުރުން، އެޗްއައިވީއާ ގުޅުންހުރި ސިއްހީ މައްސަލަތަކުގައި މަރުވާ ތުއްތު ކުދިންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

އާބާދީގައި އެއް މިލިއަން މީހުން ހަމަނުވާ އެ ގައުމުގައި، ހަމައެކަނި 2025 ވަނަ އަހަރު ވެސް 2،016 މީހަކަށް އަލަށް އެޗްއައިވީ ޖެހިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު އެންޓޯނިއޯ ލަލަބަލާވޫ ވިދާޅުވި އެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ބަލިމަޑުކަމެއްގެ ގޮތުގައި މިކަމަށް މިހާރު ދެމުންދާ އިޖާބައަކީ މި ހާލަތާ އަޅާބަލާއިރު އެކަށީގެންވާ މިންވަރެއް ނޫނެވެ.

Advertisement

މި ބަލިމަޑުކަން ފެތުރެން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، އެކަކު ބޭނުންކުރާ ސިރިންޖު އަނެކަކު ބޭނުންކުރުމުގެ އިތުރުން "ބްލޫޓޫތިން" ފަދަ ނުރައްކާތެރި އާދަތައް ހިމެނޭ ކަމަށް ސިއްހީ މާހިރުުންނާއި ޖަމިއްޔާތަކުން މައުލޫމާތު ދީފައިވެ އެވެ.

"ބްލޫޓޫތިން" ނުވަތަ "ހޮޓްސްޕޮޓިން" އަކީ މަސްތުގެ ހާލަތުގައި ހުރި މީހެއްގެ ލޭ، އިންޖެކްޝަން ޖަހާ އެހެން މީހެއްގެ ހަށިގަނޑަށް ފޮނުވުމެވެ. މި ނުރައްކާތެރި އަމަލުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް އެފްރިކާގެ ބައެއް ސަރަހައްދުތަކާއި ޕެސިފިކް ސަރަހައްދުގައި އެޗްއައިވީ ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިގޮތަށް އަމަލުކުރާ މައިގަނޑު އެއް ސަބަބަކީ އަގުހެޔޮކޮށް މަސްތުވުމެވެ. އެއީ ގިނަ ބަޔަކު ފައިސާ އެއްކޮށްގެން އެއްފަހަރު ބޭނުންކުރާ މިންވަރުގެ މަސްތުވާތަކެތި ގަނެ، އެންމެންގެ މެދުގައި ބަހާލެވޭތީ އެވެ. އަނެއް ސަބަބަކީ ފިޖީގައި ސިރިންޖު ލިބުން ދަތިވުމުން، އެންމެ ސިރިންޖަކުން ފުއްދާލުމުގެ ފަސޭހައަކަށެވެ.

ގައުމީ ފެންވަރުގައި ކުރިމަތިވެފައިވާ މި ކުއްލި ނުރައްކަލަށް ހައްލެއް ހޯދުމުގެ ގޮތުން، ފިޖީ ސަރުކާރުން މިހާރު ވަނީ ސިރިންޖާއި ކަށި ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ތައާރަފުކުރަން ނިންމާފަ އެވެ.

މިނިސްޓަރު ލަލަބަލާވޫ ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމަށް ބޭނުންވާ ސިރިންޖާއި ކަށި މިހާރު ވެސް ގައުމުގައި އެބަހުއްޓެވެ. އަދި މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ބައްޔަށް ޓެސްޓުކުރުމަށް ވީހާވެސް ގިނަ ބަޔަކު ކުރިއަށް ނުކުތުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

އެޗްއައިވީ އަދި އެއިޑްސްއާ ބެހޭ އދ. ގެ ގުޅިފައިވާ ޕްރޮގްރާމް (ޔޫއެންއެއިޑްސް) އިން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ފިޖީގައި އެޗްއައިވީއާއެކު ދިރިއުޅެމުންދިޔަ 9,100 މީހުންގެ ތެރެއިން ބަލި ހުރިކަން އެނގެނީ އެންމެ 39 އިންސައްތަ މީހުންނަށެވެ. އަދި ބައްޔަށް ފަރުވާ ހޯދަމުންދަނީ އެންމެ 22 އިންސައްތަ މީހުންނެވެ.

މިއީ ދުނިޔޭގެ އެވްރެޖާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ. ދުނިޔޭގެ ނިސްބަތުން އެޗްއައިވީ ހުންނަ މީހުންގެ 78 އިންސައްތަ މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ފިޖީގެ އެޗްއައިވީ ޓާސްކްފޯހުގެ ވެރިޔާ ޖޭސަން މިޗެލް ގަބޫލުކުރާ ގޮތުގައި، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ފަސް އަހަރަށް ވުރެ ގިނަ ދުވަސް ނަގާނެ އެވެ.

މިޗެލް އިތުރަށް ވިދާޅުވީ، އެޗްއައިވީ ފެތުރުމުގެ ސަބަބުން ފިޖީގެ ސިއްހީ ނިޒާމަށް ބާރު ބޮޑުވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox