އެއިޑްސް ބަލި
7 ލިޔުން
ފަހުގެ
ދުނިޔެފިޖީގަ އެޗްއައިވީ ކޮންޓްރޯލް ނުވެ ކުއްލި ނުރައްކާ އިއުލާންކޮށްފި
ފިޖީގައި އެޗްއައިވީ ފެތުރުން ކޮންޓްރޯލުން ނެއްޓި، ކޮންމެ 60 ބޮޑު މީހަކުން އެކަކަށް ބަލި ޖެހިފައިވާތީ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ. މި ބަލިމަޑުކަން ފެތުރުން އިތުރުވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ އިތުރުން "ބްލޫޓޫތިން" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ. މި ހާލަތާ ގުޅިގެން ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތަކާއި، ފަރުވާ އަދި ރައްކާތެރިކަމުގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް އެ ގައުމުން މިހާރު ވަނީ ފަށާފައެވެ.
ދުނިޔެލަންކާގަ އެޗްއައިވީ ފެތުރޭ މިންވަރު އިތުރުވަނީ؛ ގިނައީ ފިރިހެނުން
ސްރީލަންކާގައި އެޗްއައިވީ ފެތުރޭ މިންވަރު އިތުރުވަމުންދާއިރު، ބަލިޖެހޭ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުން ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ވަނީ ހާމަކޮށްފައެވެ. ރައްކާތެރި ނޫން ޖިންސީ ގުޅުންތަކުގެ ސަބަބުން މި ބަލި ފެތުރުން އިތުރުވަމުންދާތީ، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހިލޭ ޓެސްޓުކޮށް ފަރުވާދޭ މޮބައިލް ކްލިނިކް ޕްރޮގްރާމެއް އެ ގައުމުގައި މިހާރު ވަނީ ފަށާފައެވެ.
