ފިޖީގަ އެޗްއައިވީ ކޮންޓްރޯލް ނުވެ ކުއްލި ނުރައްކާ އިއުލާންކޮށްފި
ފިޖީގައި އެޗްއައިވީ ފެތުރުން ކޮންޓްރޯލުން ނެއްޓި، ކޮންމެ 60 ބޮޑު މީހަކުން އެކަކަށް ބަލި ޖެހިފައިވާތީ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ. މި ބަލިމަޑުކަން ފެތުރުން އިތުރުވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ އިތުރުން "ބްލޫޓޫތިން" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ. މި ހާލަތާ ގުޅިގެން ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތަކާއި، ފަރުވާ އަދި ރައްކާތެރިކަމުގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް އެ ގައުމުން މިހާރު ވަނީ ފަށާފައެވެ.