މުއިއްޒުގެ އިރުޝާދަށް ޕީއެންސީގެ ނައިބުރައީސުންނަށް ވަކި ބަޔަކު ހޮވަން އަންގަނީ

ޕީއެންސީ ކޮންގްރެސްގެ ތެރެއިން: ޕީއެންސީގެ ނައިބުރައީސަކަށް ވަކި ބަޔަކު ހޮވަން އަންގަމުންދާކަން ވަނީ އެނގިފައި -- ފޮޓޯ: ޕީއެންސީ

ޕީއެންސީ ކޮންގްރެސްގެ ތެރެއިން: ޕީއެންސީގެ ނައިބުރައީސަކަށް ވަކި ބަޔަކު ހޮވަން އަންގަމުންދާކަން ވަނީ އެނގިފައި -- ފޮޓޯ: ޕީއެންސީ

ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބުރައީސުންނަށް ވަކި ބަޔަކު ހޮވަން އަންގަމުންދާކަން އެނގިއްޖެ އެވެ. 

ޕީއެންސީގެ ނައިބުރައީސަކަށް ވާދަކުރައްވާ ކެންޑިޑޭޓަކު އަދަދު އަށް ވިދާޅުވީ ވަކި ފެކްޝަންތަކެއް ހަދައިގެން ކޮންގްރެސްގައި ވޯޓުލެވޭ މީހުން ވަކި ގޮތަކަށް ވޯޓު ދޭން އަންގަމުންދާ ކަމަށެވެ. އެކަން ކުރައްވަނީ މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ޕީއެންސީ ތެރޭގައި އުފެދިފައިވާ އެއް ފެކްޝަނުން މަސައްކަތް ކުރަމުންދަނީ  ނައިބުރައީސަކަށް ކުރިމަތިލައްވާފައިވާ އެލްޖީއޭގެ ސީއީއޯ އަދި ޕީއެންސީގެ މިހާރުގެ ނައިބުރައީސް މުހައްމަދު ނިމާލް އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ކަޓުވާލުމަށެވެ.

Advertisement

ޕީއެންސީގެ ނައިބުރައީސަކަށް ކުރިމަތިލައްވާފައިވާ އަސްމާގެ ދަރިކަލުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިންް ޝަރީފް (މުންދު) ކަޓުވާލުމަށް ވެސް ފެކްޝަނަކުން މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

މި ނޫހަށް އެނގިފައިވާ ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ހޮވަން މުއިއްޒު ބޭނުންވެލައްވާ ބޭފުޅުންގެ ލިސްޓުގައި ނުހިމެނެނީ އަސްމާ އަދި ނިމާލްގެ ނަމެވެ. އެގޮތުން މުއިއްޒުގެ އިރުޝާދަށް އެކަން ވޯޓުލާ މީހުންނަށް ދަނީ އެކި ގޮތްގޮތުން އަންގަމުންނެވެ. 

ޕީއެންސީގެ ކޮންގްރެސްގައި ވޯޓުލުމަށް މުއިއްޒު އެޕްރޫވް ކުރެއްވި 300 އަށް ވުރެ ގިނަ މެންބަރުން ވަނީ މާލެ ގެނެސްފަ އެވެ. އެ މެންބަރުން ގެނައީ މުއިއްޒު ބޭނުންވާ ބަޔަކު ހޮވުމަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ. 

ޕީއެންސީގެ ކޮންގްރެސްގައި ހަ ނައިބު ރައީސަކު އިންތިހާބު ކުރާއިރު، އަށް ބޭފުޅަކު ވަނީ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައިފަ އެވެ.

ނައިބުރައީސުންނަށް ވާދަކުރައްވަނީ ނިމާލް އާއި އަސްމާ އަދި މުންދުުގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ. 

 ޕީއެންސީގެ ކޮންގްރެސްގައި އިންތިހާބުކުރާ މަގާމުތަކަށް މީހުން ހޮވަނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ވޯޓުލައިގެންނެވެ. އެކަމާ ގުޅިގެން ބައެއް ކެންޑިޑޭޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ސޯޝަލް ސެންޓަރުގައި މިއަދު ފެށި ޕީއެންސީގެ ކޮންގްރެސް ހަތަރު ދުވަހަށް ދެމިގެންދާނެ އެވެ. ޕާޓީއަށް ގެންނަ ބަދަލުތަކަށް ވޯޓުދިނުމާއި މުހިންމު ގުނަވަންތަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން ކުރިއަށްގެންދާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox