އިންޑިއާގެ ޓާޓާ ކެމިކަލްސް ކެންޔާއިން ބޭރުކުރަން ނިންމައިފި
ކެންޔާގެ އިގްތިސާދަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭ ކަމަށް ބުނެ، އިންޑިއާގެ ޓާޓާ ކެމިކަލްސް އެ ގައުމުން ބޭރުކުރުމަށް ރައީސް ވިލިއަމް ރޫޓޯ ނިންމަވައިފިއެވެ. މި ނިންމުން ނިންމެވީ އެ ކުންފުނިން އުފެއްދުންތެރިކަން އިތުރުކުރުމުގެ ބަދަލުގައި ހަމައެކަނި ރޯ މެޓީރިއަލް އެކްސްޕޯޓް ކުރާތީ، އާ އިންވެސްޓަރުން މެދުވެރިކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މަގްސަދުގައެވެ.