ޓައިގާ ވުޑްސްގެ ލައިސަންސް ފަސް އަހަރަށް ސަސްޕެންޑްކޮށްފި

Sep 3, 2026, 7:00 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ ފްލޮރިޑާގައި ހިނގި ކާރު އެކްސިޑެންޓަކާ ގުޅިގެން، މަސްތުގެ ހާލަތުގައި އިނދެ އުޅަނދު ދުއްވި ކަމަށް ކުރި ދައުވާ ލުއިކޮށްދިނުމަށް ޕްރޮސެކިއުޓަރުންނާއެކު އެއްބަސްވުމަކަށް އަންނަން މަޝްހޫރު ގޯލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސް ނިންމައިފި އެވެ.

ފްލޮރިޑާގެ މާޓިން ކައުންޓީގެ ޕްރޮސެކިއުޓަރުންނާއެކު ވުޑްސް ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، އޭނާގެ ލައިސަންސް ފަސް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށާއި 1،000 ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފަ އެވެ.

މިދިޔަ މާޗް މަހު ހިނގި އެ އެކްސިޑެންޓަށް ފަހު ވުޑްސް ހައްޔަރުކުރިއިރު، ނޭވާގެ ޒަރީއާއިން މަސްތުވާތަކެތި ހުރިތޯ ބެލުމަށް ހެދި "ބްރެތަލައިޒާ" ޓެސްޓުން އޭނާ ވަނީ ފާސްވެފަ އެވެ. ނަމަވެސް، އެހެން މަސްތުވާތަކެތި ހުރިތޯ ބެލުމަށް އިތުރު ޓެސްޓުތައް ހެދުމަށް އޭނާ އޭރު އިންކާރު ކުރި އެވެ.

Advertisement

މަސްތުގެ ހާލަތުގައި އިނދެ އުޅަނދު ދުއްވުމާއި ޓެސްޓުތައް ހެދުމަށް އިންކާރު ކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ދައުވާތަކަށް، އެ މަހުގެ ތެރޭގައި ވުޑްސް ވަނީ އިންކާރުކޮށްފަ އެވެ. އުމުރުން 50 އަހަރުގެ ވުޑްސް ބުނި ގޮތުގައި، އެ ހާދިސާއަށްފަހު އޭނާ ދަނީ ފަރުވާ ހޯދަމުންނެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ކާރުގެ ތެރެއިން ވުޑްސްއަށް ނުކުމެވުނީ ފަސިންޖަރު ދޮރުން ފިރުކިގެންނެވެ.

ފުލުހުން އޭޕްރީލް މަހު އާންމުކުރި ބޮޑީ ކެމެރާ ފުޓޭޖުން ފެންނަ ގޮތުގައި، ވުޑްސް ދުއްވި އުޅަނދު ލޮރީއެއްގައި ޖެހި ފުރޮޅާލާފައި އޮތް މަންޒަރު ފެނެ އެވެ.

މާޓިން ކައުންޓީގެ ޝެރިފް ޖޯން ބުޑެންސީކް އޭރު ވިދާޅުވި ގޮތުގައި، ވުޑްސް ބްރެތަލައިޒާ ޓެސްޓުން ފާސްވި ނަމަވެސް، ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން ހަށިގަނޑުގައި އެހެން މަސްތުވާތަކެތި ހުރިތޯ ބެލުމަށް ހަދާ ޓެސްޓު ހެދުމަށް އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވުޑްސްގެ ޖީބުން ދެ ގުޅަ ބޭސް ފެނިފައިވެ އެވެ. އެއީ ތަދުކަނޑުވަން އާންމުކޮށް ބޭނުންކުރާ އޮޕިއޮއިޑްގެ ބާވަތެއް ކަމަށްވާ "ހައިޑްރޯކޯޑޯން" ކަން ވަނީ ކަށަވަރުވެފަ އެވެ.

މިއީ މަސްތުގެ ހާލަތުގައި އިނދެ އުޅަނދު ދުއްވި ކަމުގެ ތުހުމަތުގައި ވުޑްސް ހައްޔަރުކުރި ދެވަނަ ފަހަރެވެ.

ފަހުގެ ޚަބަރު

ލިއަމް ޕޭންގެ ހަނދާނުގައި ހެރީ ސްޓައިލްސްގެ އާ ލަވައެއް

މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް، އޭނާއާއެކު "ވަން ޑައިރެކްޝަން" ބޭންޑުގައި މަސައްކަތްކުރި ލިއަމް ޕޭން މަރުވިތާ ދެ އަހަރު ފުރުނު ދުވަހާ ދިމާކޮށް އޭނާގެ ހަނދާނުގައި އާ ލަވައެއް ހުށަހަޅައިދީފިއެވެ. ނިއުޔޯކުގެ މެޑިސަން ސްކޮޔާ ގާޑަންގައި ބޭއްވި ކޮންސެޓެއްގައި "ވަޓް އިޒް އިނަފް" ގެ ނަމުން ނަންދީފައިވާ މި ލަވަ ހުށަހަޅައިދެމުން، ސްޓައިލްސް ވަނީ ޕޭންއަކީ އޭނާގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox