ޓައިގާ ވުޑްސްގެ ލައިސަންސް ފަސް އަހަރަށް ސަސްޕެންޑްކޮށްފި
މަސްތުގެ ހާލަތުގައި އިނދެ އުޅަނދު ދުއްވި ކަމުގެ ދައުވާގައި ޕްރޮސެކިއުޓަރުންނާއެކު ވީ އެއްބަސްވުމެއްގެ ދަށުން، ޓައިގާ ވުޑްސްގެ ލައިސަންސް ފަސް އަހަރަށް ސަސްޕެންޑްކޮށް 1،000 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ އެމެރިކާގެ ފްލޮރިޑާގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން އިތުރު ޓެސްޓުތައް ހެދުމަށް އޭނާ އިންކާރުކޮށްފައި ވަނިކޮށް، އޭނާގެ އަތުން ތަދުކަނޑުވާ ބާރުގަދަ ބޭސްތަކެއް ފެނުމާ ގުޅިގެންނެވެ.