އަމިއްލަ އިސްނެގުމެއް، ގައުމީ ޗެމްޕިއަން ޝައްފާން ކެރިއަރަށް ފޯކަސްކޮށް ޖަރުމަނުގައި

Sep 2, 2026, 10:36 AM
ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލް މެޗުތަކުގެ ތެރެއިން ޝައްފާން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލް މެޗުތަކުގެ ތެރެއިން ޝައްފާން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އަމިއްލަ އަށް އިސްނަގައިގެން، ކުރިއަށް އޮތް އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށާއި ކެރިއަރުގައި ލެވަލް މަތި ކުރުމަށްޓަކައި ގައުމީ ފިރިހެން ޓޭބަލް ޓެނިސް ޗެމްޕިއަން، މުހައްމަދު ޝައްފާން އިސްމާއިލް ޖަރުމަނުގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަ ކުރަމުން އެބަދެ އެވެ. 

އަންނަ މަހު 19 އިން އޮކްޓޫބަރު 4 އަށް ޗަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި، ރާއްޖޭން ވާދަކުރާ ގައުމީ ޓީޓީ ޓީމުގެ ސްކޮޑުގައި ހިމެނެނީ، ހަތަރު ފިރިހެން ކުޅުންތެރިންނާއި ހަތަރު އަންހެން ކުޅުންތެރިންނެވެ. 

އޭޝިއަން ގޭމްސް އަށް ނެގި ގައުމީ ޓީޓީ ސްކޮޑުގެ ގިނަ ކުޅުންތެރިންތަކެއް މާލޭގައި ޓްރެއިނިން ފުރިހަަމަ ކުރަމުންދާއިރު، އެ ޓްރެއިނިންގައި ބައިވެރިވުމަށް ފަހު، ޝައްފާން މިހާރު ޓްރެއިނިން ކުރިއަށްގެންދަމުން އަންނަނީ އަމިއްލަ އަށް ޖަރުމަނަށް ގޮހެވެ. 

މިދިޔަ ހޯމަ ދުވަހު ޖަރުމަނަށް ދިޔަ ޝައްފާން، މި މަހު 13 ވަނަ ދުވަހާ ހަމައަށް އެ ގައުމުގައި ޓްރެއިނިން ފުރިހަމަަ ކުރަމުން ގެންދާނެ އެވެ. 

ޖަރުމަނުގައި ހުރެ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ޝައްފާން ބުނީ، ކޮންމެ ދުވަހަކު ދެއިރު، މަތީ ލެވަލްގެ ކުޅުންތެރިންނާ އެކު ޓްރެއިނިން ކުރިއަށްގެންދިއުމުގެ ފުރުސަތު ޖަރުމަނުގައި ލިބޭ ކަމަށެވެ. އަދި، މި ޓްރެއިނިން ކޭމްޕްގެ މައިގަނޑު މަގުސަދަކީ އަމިއްލަ ލެވަލް އިތުރަށް ރަނގަޅު ކުރުމާއި ވީހާވެސް ގިނަ މެޗުތަކެއް މަތީ ލެވަލްގެ ކުޅުންތެރިންނާ އެކީގައި ކުޅުން ކަމަށް ޝައްފާން ވަނީ ފާހަގަކޮށްފަ އެވެ. 

"ޖަރުމަނަކީ މުޅި ޔޫރަަޕަށް ބަލާއިރު ވެސް ޓްރެއިނިން އަށް އެންމެ ރަނގަޅު ގައުމު. އަހަރެން ބޭނުމީ ލިބެން އޮތް މިންވަރަކަށް ތަޖުރިބާ ހޯދައި ކުރިއަށް ހުރި މުބާރާތްތަކަށް ވީ އެންމެ ރަނގަޅަށް ތައްޔާރުވާން،" ޝައްފާން ބުންޏެވެ. 

ޝައްފާން މީގެ ކުރިން ވަނީ ޔޫރަޕްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަަ ކޮށްފަ އެވެ. އެއީ، 2023 ވަނަ އަހަރު މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ތައްޔާރީތަކުގެ ތެރެއިން ގައުމީ ޓީމުގެ ކުުޅުންތެރިންނާ އެކު، ކްރޮއޭޝިއާގައި ކުރިއަށްދިޔަ ކޭމްޕް އެކެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސް ޖަޕާންގައި ކުރިއަށްދާއިރު، ޝައްފާން ވަނީ މީގެ އަށް ވަރަކަށް އަހަރު ކުރިން އެ ގައުމުގައި ވެސް ޓްރެއިނިންތަކެއް ފުރިހަމަކޮށްފަ އެވެ. 

ގައުމީ ޓީޓީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، 2022 އާއި 2023 ވަނަ އަހަރު ހޯދި ޝައްފާން، 2024 ވަނަ އަހަރުގެ މުބާރާތުގައި ފެނިގެންނުދެ އެވެ. އެކަމަކު، އަލުން އެނބުރި އައިސް ޝައްފާން މި ވަނީ، 2025 އާއި މި އަހަރުގެ ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ. 

އޭޝިއަން ގޭމްސް އަށް ނެގި ގައުމީ ޓީޓީ ސްކޮޑުގައި ހިމެނޭ އަންހެން ކުޅުންތެރިންނަކީ، ގައުމީ ޓީޓީ ޗެމްޕިއަންކަން ދާދި ފަހުން ހޯދި ފާތިމަތު ދީމާ އަލީ އާއި ފައިނަލުގައި އޭނާއާ ދެކޮޅަށް ކުޅުނު އައިޝަތު ރަފާ ނާޒިމްގެ އިތުރުން ގައުމީ މުބާރާތުގައި ކާމިޔާބީތަކެއް ހޯދި އައިޝަތު އަލްސާ ނާފިޒު އާއި މިޝްކާ މުހައްމަދު އިބްރާހިމް އެވެ. ފިރިހެން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ޝައްފާންގެ އިތުރުން، ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން ޓީޓީ ކުޅުންތެރިޔާ، މޫސާ މުންސިފް އަހުމަދު، މީގެ ކުރިން ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ އަހްޔާރު އަހުމަދު ހާލިދު އަދި އަރަމުން އަންނަ ކުޅުންތެރިޔާ، މުހައްމަދު ހަލަފް ރާފިއު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

Newsletter

Get the latest news delivered straight to your inbox