ޔޫކްރެއިންގެ ހަތިޔާރު ގުދަނަކަށް ދިން ހަމަލާއެއްގައި 37 މީހުން މަރުވެއްޖެ

Aug 30, 2026, 9:32 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ޔޫކްރެއިންގެ ކީވް ސަރަހައްދުގައި ހުރި ހަތިޔާރު ގުދަނަކަށް ރަޝިއާއިން ދިން ޑްރޯން ހަމަލާއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، މަދުވެގެން 37 މީހުން މަރުވެއްޖެ އެވެ.

ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި މިފަދަ ދެވަނަ ހާދިސާ ހިނގާފައިވާއިރު، މިކަމުގައި އިހުމާލުވި ފަރާތްތަކަށް އަދަބު ދޭނެ ކަމަށް ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މިއީ މި އަހަރުގެ ތެރޭގައި ކީވް ސަރަހައްދަށް ރަޝިއާއިން ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ. މޮސްކޯއިން ޔޫކްރެއިންގެ ވެރިރަށަށާއި އެ ސަރަހައްދަށް ވައިގެ މަގުން ދެމުންދާ ހަމަލާތައް މެދުނުކެނޑި ތިންވަނަ ދުވަހަކަށް ކުރިއަށްދާއިރު، ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

Advertisement

ހުކުރު ދުވަހުގެ ރޭ ދަންވަރު މީލާ އަވަށަށް ދިން މި ހަމަލާގައި އެތައް ބަޔަކު ޒަހަމްވެ، އެ ސަރަހައްދުން އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

މި ހަމަލާގެ ސަބަބުން އެ ސަރަހައްދުގެ އާންމު އުމްރާނީ ވަސީލަތްތަކަށާއި، މީހުން ދިރިއުޅޭ އިމާރާތްތަކުގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިތިއްބާ މަރުކަޒަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.

މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގެ ބޮޑު ބަޔަކަށް އަލިފާން ފެތުރިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި، އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ދިޔަ އަވަށްޓެރި އަވަށެއްގެ ވެރިޔާ ވެސް ހިމެނެ އެވެ.

ޒެލެންސްކީ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މިއީ ވަރަށް ބިރުވެރި ހާލަތެއް ކަމަށާއި، އާންމުން ދިރިއުޅޭ ސަރަހައްދަކާ މިހާ ކައިރީގައި ގޮވާތަކެތި ރައްކާކޮށްފައި ބެހެއްޓުމަކީ އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން ވީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox