ދުންފަތާ ދުރުވުމަށް އެންމެ ފައިދާހުރީ ވޭޕްކަން ދިރާސާއަކުން ހާމަވެއްޖެ

Aug 28, 2026, 9:03 AM
ކަސްޓަމުން އަތުލައިގަތް ވޭޕް ކާޓްރިޖްތަކެއް

ކަސްޓަމުން އަތުލައިގަތް ވޭޕް ކާޓްރިޖްތަކެއް

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް، އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ނިކޮޓިން އެކުލެވޭ އީ-ސިނގިރޭޓު ނުވަތަ ވޭޕް ބޭނުންކުރުމުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ގާތްގަނޑަކަށް 30،000 މީހުން ބައިވެރިވި 80 ބޮޑު ދިރާސާއެއް މުތާލިއާކުރުމަށް ފަހު ދިރާސާވެރިން ހާމަކޮށްފައިވާ ގޮތުގައި، ދުންފަތާ ދުރުވުމަށް އާންމުކޮށް ބޭނުންކުރާ ނިކޮޓިން ޕެޗް، ގަމް އަދި އެހެނިހެން އެހީތެރިކަމުގެ ޕްލޭންތަކަށް ވުރެ ނިކޮޓިން ވޭޕް މާ ފައިދާހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.

މިގޮތުން، ވޭޕް ބޭނުންކުރުމުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުގެ ފުރުސަތު 60 އިންސައްތަ އިތުރުވެގެންދާއިރު، މީގެ ކުރިން ކޮންމެ 100 މީހަކުން ހަ މީހަކަށް އެކަން ކާމިޔާބުވި ނަމަވެސް، ވޭޕް ބޭނުންކުރުމުން ކޮންމެ 10 މީހަކުން އެކަކަށް އެކަން ކާމިޔާބުވާކަން ވަނީ އެނގިފަ އެވެ.

Advertisement

ނިކޮޓިން ނުހުންނަ ވޭޕްތަކަށް ވުރެ ވެސް ނިކޮޓިން ހުންނަ ވޭޕްތަކުގެ ނަތީޖާ ރަނގަޅުކަމަށް ދިރާސާއިން ދައްކަ އެވެ. ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ނިކޮޓިންއަށް ދެވިހިފާފައިވާ މިންވަރު ކުޑަކުރުމަށްޓަކައި، ފަހުން ނިކޮޓިން ނުހުންނަ ވޭޕަށް ބަދަލުވުމަކީ އެހީތެރިވެދޭނެ ކަމެކެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން މިހާރު ތައާރަފުކުރަން ފަށާފައިވާ ދުންފަތާ ދުރުވުމަށް އެހީތެރިވެދޭ އާ ބޭހެއް ކަމަށްވާ "ސައިޓިސިން" އަށްވުރެ ވެސް ވޭޕްގެ ނަތީޖާ ރަނގަޅުވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މިކަން ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ވޭޕް ކުރުމަކީ އެއްކޮށް ނުރައްކަލުން ސަލާމަތްވާ ކަމެއް ނޫން ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރުމަށް ވުރެ ވޭޕްކުރުން މާ ރައްކާތެރި ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިނގިރޭސިވިލާތުގައި މިހާރު އާންމު ސިނގިރޭޓު ބޯ މީހުންނަށް ވުރެ، ވޭޕް ނުވަތަ އީ-ސިނގިރޭޓު ބޭނުންކުރާ 16 އަހަރުން މަތީގެ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ގާތްގަނޑަކަށް 5.3 މިލިއަން މީހުން ނުވަތަ ބޮޑެތި މީހުންގެ 10 އިންސައްތަ ދުންފަތުގެ އިސްތިއުމާލުކުރާއިރު، 5.4 މިލިއަން މީހުން ކޮންމެ ދުވަހަކު ނުވަތަ ދޭތެރެއަކުން ވޭޕް ބޭނުންކުރެ އެވެ.

މި ދިރާސާގައި ބަލާފައިވަނީ ކޮލިޓީ ހިފެހެއްޓިފައިވާ އަދި ރައްކާތެރިކަމުގެ ހަރުކަށި ގާނޫނުތަކަށް ފެތޭ، ރެގިއުލޭޓް ކުރެވިފައިވާ ވޭޕްތަކުން ލިބެންހުރި އެންމެ ފަހުގެ އަދި އެންމެ އިތުބާރު ހުރި ހެކިތަކަށެވެ.

މި ދިރާސާގައި، "ސްޕައިސް" ނުވަތަ "ޓީއެޗްސީ" ފަދަ ގާނޫނާ ހިލާފު މާއްދާތައް އެކުލެވޭ، ރެގިއުލޭޓް ނުކުރާ އުފެއްދުންތަކަށް ބަލާފައެއް ނުވެ އެވެ.

މި ރިޕޯޓް ތައްޔާރުކުރުމުގައި ބައިވެރިވި ޑރ. ޖޭމީ ހާޓްމަން-ބޯއިސް އިންޒާރު ދެއްވި ގޮތުގައި، ހުއްދަ ނެތް އީ-ސިނގިރޭޓުތަކަކީ ނުރައްކާތެރި އެއްޗަކަށް ވެދާނެ އެވެ. އޭގެ ސަބަބަކީ އޭގައި ހުންނަ ބެޓެރިތަކަކީ ރައްކާތެރި އެއްޗަކަށް ނުވުމާއި، އޭގައި ގެއްލުންދެނިވި ކެމިކަލްތައް ހުރެދާނެތީ އެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އީ-ސިނގިރޭޓު ބޭނުންކުރަން ބޭނުންވާ ކޮންމެ މީހަކު ވެސް، އެ ގައުމެއްގެ ކަމާބެހޭ އިދާރާތަކުން ޓެސްޓުކޮށް ހުއްދަ ދީފައިވާ އުފެއްދުންތައް ނޫނީ ގަނެގެން ނުވާނެ،" ޑރ. ޖޭމީ ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އީ-ސިނގިރޭޓު ބޭނުންކުރުމުގެ ސަބަބުން ސިއްހީ ބޮޑު ނުރައްކަލެއް ކުރިމަތިވާކަމުގެ އެއްވެސް ހެއްކެއް މި ދިރާސާއަކުން ނުފެނެ އެވެ.

ނަމަވެސް، ވޭޕްކުރުމުގެ ސަބަބުން ދިގު މުއްދަތުގައި ކުރިމަތިވެދާނެ ސިއްހީ ނުރައްކާތައް އަދިވެސް މުޅިން ސާފެއް ނުވެ އެވެ. އަދި ކުޑަކުދިންނާއި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ދުވަހަކުވެސް ވޭޕް ބޭނުންކޮށްގެން ނުވާނެ ކަމަށް އެންއެޗްއެސް އިން ބުނެ އެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ވޭޕްކުރުމުގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ގެއްލުންތަކެއް ލިބިދާނެ އެވެ. އެހެންކަމުން ކުޑަކުދިން ވޭޕަށް ޝައުގުވެރިވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަންޖެހެ އެވެ.

މައުލޫމާތު: ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox