ކައުންސިލުތަކަށް އެއްވެސް ބަދަލެއް ނުދީ ސަރުކާރަށް ބިންތައް ނެގޭ ގޮތަށް ގާނޫނު ބަދަލުކުރަނީ

ރައްޔިތުންގެ މަޖިލިސް އިދާރާ: ސަރުކާރުން އަންނަނީ މަޖިލީހުގެ ބޭނުންކޮށްގެން ކައުންސިލުތަކުގެ ބާރުތައް ހަނިކުރަމުން --- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލިސް އިދާރާ: ސަރުކާރުން އަންނަނީ މަޖިލީހުގެ ބޭނުންކޮށްގެން ކައުންސިލުތަކުގެ ބާރުތައް ހަނިކުރަމުން --- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ބޭނުން އިރެއްގައި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރާއިރު، ކައުންސިލުތަކުން ކޮށްފައިވާ އިންވެސްޓުމަންޓުތަކަށް އެއްވެސް ބަދަލެއް ނުދީ އެ ތަންތަން ނެގޭ ގޮތަށް، ބިލަށް ބޮޑެތި ބަދަލުތަކެއް ގެެނެސްފި އެވެ. 

ސަރުކާރު ހިންގާ ޕީއެންސީން އެންޑޯސްކޮށްފައިވާ މި ބިލަކީ ސަރުކާރާ އެކީ މަސައްކަތް ކުރާ މިނިވަން މެންބަރު، ތުޅާދޫ ދާއިރާގެ އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ.

އަބްދުލްހަންނާން ހުށަހެޅި ބިލުގައި އޮތީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ބިމެއް ވަކިވާނެ ކަމަށެވެ. އަދި، އެ ބިމަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމަކަށް ވެގެން ދާނެ އެވެ. 

ބިލު ހުށަހެޅިއިރު އޮތީ، މި ބާރު ސަރުކާރަށް ދޭ ގޮތަށް ލާމަރުކަޒީ ގާނޫނުގެ 2-56 ވަނަ މާއްދާ، އެއީ "އިހްތިސާސް ހިނގާ ސަރަހައްދުގެ މިލްކުރެވިކަން" އާ ގުޅޭ މާއްދާގެ، (ލ) ގެ ފަހަތަށް (ގ) ގެ ގޮތުގައި މާއްދާއެއް އިތުރުކުރާށެވެ. ނަމަވެސް ކޮމިޓީން ގެންނަން އުޅޭ ބަދަލުތަކުގައި ވަނީ އަކުރެއް އިތުރުކުރުމުގެ ބަދަލުގައި، މިހާރު އޮތް އަކުރެއް ކަމުގައިވާ 2-56 ގެ (ނ) ބަދަލުކުރާށެވެ.

މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ޤައުމީ އިދާރާއަކުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއެއް ހިންގުމަށްޓަކައި ރަށު އަދި ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާގެ ތެރެއިން އެއްވެސް ތަނެއް ނުވަތަ މުދަލެއް ގައުމީ އިދާރާއަކުން ބޭނުންވެއްޖެނަމަ، އެފަދަ ތަންތަނާއި މުދާ ގައުމީ އިދާރާގެ ބޭނުމަށް ނެގިދާނެ އެވެ. އެހެންނަމަވެސް އެފަދައިން ތަނެއް ނުވަތަ މުދަލެއް ނަގަންވާނީ ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް އެކަށީގެންވާ ބަދަލެއް ދިނުމަށްފަހުގަ އެވެ.
ލާމަރުކަޒީ ގާނޫނު 2-56 (ނ)

ގާނޫނުގައި މިހާރު އޮންނަނީ، މަޝްރޫއެއް ހިންގުމަށް ޓަކައި ކައުންސިލުތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދާގެ ތެރެއިން އެއްވެސް ތަނެއް ނުވަތަ ބޭނުންވެއްޖެ ނަމަ ނެގޭނެ ކަމަށް، ނަމަވެސް ކުރި އިންވެސްޓުމަންޓުތަަކަށް ބަދަލު ދޭން ޖެހޭނެ ކަމަށެވެ. 

ސަރުކާރުން ބޭނުން ވަނީ މި ގޮތަށް ގާނޫނު ބަދަލުކުރާއިރު، ބިންތައް ނެގޭނެ އިޖުރާއަތުތައް 2-56 (ނ) ގެ ތިރިއަށް އޮތް (ރ) ގައި ހިމަނާށެވެ. އެ އަކުރުގައި މިހާރު އޮންނަނީ ސަރުކާރަށް ނަގާ ތަންތަނުގައި ކޮށްފައިވާ އިންވެސްޓުމަންޓުތަކުގެ ބަދަލު ދޭން ގަވާއިދެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. ކޮމިޓީ މަރުހަލާގައި ގެންނަން އުޅޭ ބަދަލުތަކުގައި ވަނީ އިންވެސްޓުމަންޓުގެ ބަދަލު ދިނުމުގެ ބައި ގާނޫނުން ފުހެލައި، އޭގެ ބަދަލުގައި ބިންތައް ނެގުމުގެ މަރުހަލާތައް ގާނޫނުގައި ހިމަނާ ގޮތަށެވެ. އެ އިޖުރާއަތުތަކަކީ:

  • ސަރުކާރަށް ނަގަން ބޭނުންވާ ބިންތަކާއި އެ ތަންތަނުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކުގެ މައުލޫމާތު އާންމުކުރުން
  • މަޝްރޫއުގެ މައުލޫމާތު ކައުންސިލާ ހިއްސާކޮށް، ކައުންސިލުން ބޭނުންވާ ޝަކުވާ އާއި ހިޔާލު ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ދިނުން
  • ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅިގެން، އާންމުންގެ ޝަކުވާތަކާއި ހިޔާލުތައް ހޯދަން 14 ދުވަހުގެ މުއްދަތެއް ދިނުން
  • ކައުންސިލުތަކާއި އާންމުންގެ ފަރާތުން ލިބޭ ޝަކުވާތަކާއި ހިޔާލުތަކަށް ރިއާޔަތްކޮށް، ޕްރޮޖެކްޓަށް ބަދަލެއް ގެންނަް ފެނިއްޖެ ނަމަ އެ ބަދަލެއް ގެނައުން

ޕީއެންސީގެ މެންބަރުން ބޭނުންވާ ގޮތަށް، މި އަކުރު ބަދަލުކުރުމުން، އިންވެސްޓުމަންޓުގެ ބަދަލު ހޯދުމުގެ ހައްގު ކައުންސިލުތަކަށް ގެއްލިގެން ދާނެ އެވެ. އަދި، ރައްޔިތުންނާއި ކައުންސިލުން ޝަކުވާ ކުރިޔަސް، ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ކުރެވޭނެ މަގުފަހިކުރެވޭނެ އެވެ. 

މަޖިލީހުގައި މަސައްކަތް ކުރަމުންދާ ބިލަށް މި ބަދަލުތައް ގެންނަން އުޅޭއިރު، މިހާރަށް ވުރެ ވެސް ކައުންސިލުތައް ނިކަމެތިވާ ގޮތަށް މި ބަދަލުތައް ގެންނަނީ ކީއްވެގެން ކަމެއް ޕީއެންސީގެ މެންބަރުން ސާފުކޮށް ނުބުނެ އެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ހިނގި ބަހުސްތަކުގައި، ބައެއް ކައުންސިލުތަކުން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާ ކަމަށް ވާހަކަ ދެއްކި ބައެއް މެންބަރުން ބުންޏެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ ބަދަލުތައް އަވަސްކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މި ބަދަލުތައް ގެނައުމާ ދެކޮޅަށް 2300 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވަނީ ހުށަހަޅާފަ އެވެ. އެކަމަކު ލާމަރުކަޒީ ކޮމިޓީން ވަނީ މި ޕެޓިޝަނަށް އިޖާބަ ދިނުމެއް ނެތި، އެ ކޮމިޓީގެ މަސައްކަތައިގެން ކުރިއަށް ދާން ނިންމާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox