ޕީޖީން އަންގައިގެން ބަލާ މައްސަލަތަކުގައި އޭސީސީން ތަހުގީގު އަވަސްކުރަނީ

ރައީސް މުހައްމަދު މުއިއްޒު އާއި ޕީޖީ އައްބާސް ޝަރީފް: ޕީޖީން ވަނީ ކުރީ ސަރުކާރާ ގުޅޭ ބައެއް މައްސަލަތައް އަވަސް ކުރަން އޭސީސީއަށް އަންގާފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު އާއި ޕީޖީ އައްބާސް ޝަރީފް: ޕީޖީން ވަނީ ކުރީ ސަރުކާރާ ގުޅޭ ބައެއް މައްސަލަތައް އަވަސް ކުރަން އޭސީސީއަށް އަންގާފަ --- ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަންގެ މައްސަލަތަކުގައި ސަރުކާރުން ބޭނުންވާ ބަޔަކާ ދެކޮޅަށް ބަލާ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ބާރު ލިބޭ ގޮތަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގުކުރުމުގެ އިޖުރާއަތުތަކުގެ ގަވާއިދު މިއަދު ބަދަލުކޮށްފި އެވެ. 

އޭސީސީން ގެޒެޓުކޮށްފައިވާ ތަހުގީގުކުރުމުގެ އިޖުރާއަތުތަކުގެ ގަވާއިދަށް ގެންނަ 1 ވަނަ އިސްލާހުގައި އެ ކޮމިޝަނުން ވަނީ, ޕީޖީން އަންގާ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމުގެ އިތުރުން، ޕީޖީން ފޮނުވާ މައްސަލަތައް ވަގުތުން ރަޖިސްޓްރީ ކުރާށާއި ޕީޖީއަށް ޖަވާބުދާރީ ވާން ޖެހޭ މުއްދަތަކީ ގިނަ ވެގެން ހަތް ދުވަސް، އަދި ޕީޖީ ހުއްދަ ދީފި ނަމަ 14 ދުވަސް ކަމަށް ކަނޑައަޅާފަ އެވެ.

އޭސީސީން ވަނީ މި ނޫން މައްސަލަތަކުގެ ތަހުގީގު އަވަސް ކުރަން ވެސް އާ ގަވާއިދުގެ މަގުސަދުތަކަށް ދެ މާއްދާއެއް އިތުރުކޮށްފަ އެވެ. އެއް މަގުސަދަކީ، ގާނޫނު އަސާސީގެ 50 ވަަނަ މާއްދާއިން ލިބިދޭ، އަވަސް ތަހުގީގެއްގެ ހައްގު ކަށަވަރުކޮށްދިނުމާ ގުޅޭ އިޖުރާއަތުތައް ބަޔާންކުރުމެވެ. އަނެއް މަގުސަދަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ތަހުގީގުތައް އަވަސް ކުރުމުގެ އުސޫލުތައް ބަޔާންކުރުމެވެ.

އޭގެ އިތުރުން އޭސީސީން ވަނީ އެ ކޮމިޝަނަށް މައްސަލަ ހުށަހެޅޭ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތައް ހިމަނާފަ އެވެ. މިހާރު ގަވާއިދުގައި އޮންނަނީ އެ ކޮމިޝަނަށް މައްސަލަ ހުށަހެޅޭނީ އާންމުންނާއި، ތަހުގީގީ އިދާރާތަކުގެ އިތުރުން ތަހުގީގުކުރަން އަންގާ އެންގުމެއްގެ ދަށުން ޕީޖީއަށް ކަމަށެވެ. 

މައްސަލަތައް އަވަސް ކުރަން އޭސީސީގެ ގަވާއިދަށް ބަދަލު ގެނައި ނަމަވެސް، އެ ކޮމިޝަނުގައި މައްސަލައެއް ރަޖިސްޓްރީ ކުރަން ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ހަރުކަށިކޮށްފަ އެވެ. މިހާރު އޮންނަނީ އެންމެ ދެ ޝަރުތެވެ. އެއީ އެ މައްސަލައަކީ އޭސީސީއަށް ހުށަހެޅޭ ބާވަތުގެ މައްސަލައަކަށް ވުމާއި، އެ ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ގޮތްތަކުގެ ތެރެއިން ގޮތަކުން ހުށަހެޅޭ މައްސަލައަކަށް ވުމެވެ.

މިހާރު ގެނައި ބަދަލުތަކުގެ ދަށުން ވަނީ މި ޝަރުތުތަކުގެ އިތުރުން ކުށް ކުރި ކަމަށް ނުވަތަ ކުރަން އުޅޭ ކަމުގެ އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ބަލަން ޝަރުތުކޮށްފަ އެވެ. އަދި، އެ ކޮމިޝަނަށް ފޯނުން ގުޅައިގެން ނޫނީ ލިޔުމުން ނޫނީ ހާޒިރުވެގެން ހުށަހަޅާ މައްސަލަތަކުގައި، އެ ކޮމިޝަނުގެ މައްސަލަ ހުށަހަޅާ ފޯމުގައި ހުންނަ ހުރިހާ މައުލޫމާތެއް ފުރިހަމަ މައްސަލައަކަށް ވުމާއި އެ މައްސަލައަކީ އޭސީސީގައި ރަޖިސްޓްރީކޮށްގެން ބަލަމުންދާ މައްސަލައެއް ނޫން ނޫންތޯ ކަށަވަރުކުރަމަކީ ވެސް ޝަރުތުތަކެވެ، 

އާ ގަވާއިދުގެ ދަށުން އޭސީސީގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވެ އެވެ. މިހާރު މިކަން ކުރުމުގެ ޒިންމާ އޮންނަނީ މައްސަލަތައް ރަޖިސްޓްރީކުރަން ޖެހޭނީ   ރަޖިސްޓްރީކުރުމުގެ މަސްއޫލިއްޔަތާ އެ ވަގުތު ހަވާލުވެ ހުންނަ އެންމެ އިސް މުވައްޒަފަށެވެ. އާ ގަވާއިދުގައި ވަނީ އެއީ  ކަމަށެވެ. މިހާރު ގެނައި ބަދަލުތަކާއެކީ، އެ ޒިންމާ ވަނީ ސީދާ އޭސީސީގެ ރަޖިސްޓްރާއާ މަތިކޮށްފަ އެވެ. މި ގޮތަށް ރަޖިސްޓްރީކުރުމަށް ނިންމާ މައްސަލަތައް، ތަހުގީގު ޑިވިޝަނަށް ފޮނުވަން ރަޖިސްޓްރާއަށް މަޖުބޫރެވެ.

އޭސީސީން ވަނީ ތަހުގީގުގެ ކުރީގެ މަރުހަލާއަށް ހާއްސަކޮށްގެން ގަވާއިދަށް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި އޭސީސީއަށް ހުށަހެޅޭ މައްސަލަތައް އެސެސްކުރުމުގައި ރިއާޔަތްކުރަން ޖެހޭ ކަންކަމާއި މައްސަލަތައް ނިންމަން ޖެހޭ މުއްދަތު ކަނޑައެޅުން ފަދަ ކަންކަން ހިމެނެ އެވެ. 

އޭސީސީގެ މި ގަވާއިދާ ގުޅިގެން ހަދަން ޖެހޭ އުސޫލުަތައް މަސް ދުވަހުގެ ތެރޭގައި އެކުލަވާލާ، އަމަލުކުރަން ފަށަން ޖެހެ އެވެ. ނަމަވެސް މި ގަވާއިދަށް އަމަލު ކުރަން ފަށަނީ މިއަދުން ފެށިގެން ދެ މަސް ދުވަސް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox