މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝޫރެންސް ކަނޑާލަން ގޮވާލާ ޕެޓިޝަނަށް ވެސް ބޮޑު ތަރުހީބެއް

މުޅި މަޖިލީހުގެ ކޮމިޓީ ބައްަދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މުޅި މަޖިލީހުގެ ކޮމިޓީ ބައްަދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކަށް ސާކްގެ ގައުމުތަކާއި އާސިއާންގެ ގައުމުތަކުން ހެލްތު އިންޝޫރެންސް ލިބެންޖެހޭ ކަމަށް ބުނާ ގާނޫނުތައް އުވާލައި ހުރިހާ މެންބަރުންނަށް ވެސް އާންމު ރައްޔިތުންނަށް ލިބޭ ގައުމީ ސިއްހީ އިންޝޫރެންސް އެކަނި ލިބޭ ގޮތަށް ހެދުމަށް ގޮވާލައި ސޮއިކުރަން ފެށި ޕެޓިޝަނާމެދު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ އަދަދަށް ސޮއި ހަމަކޮށްފި އެވެ.

މި ޕެޓިޝަން ވެސް ހުށަހެޅީ ސަރުކާރުން ބޭނުންވާ ބަދަލުތައް ހިމަނައި ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ޕެޓިޝަން ފެށި ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއަމް ސައުދު އެވެ. ރޭގެ ވަގުތެއްގައި ސޮއިކުރަން ފެށި އެ ޕެޓިޝަންގައި 3015 މީހުން ސޮއިކޮށްފައިވެ އެވެ.

"އާންމު ރައްޔިތުންނަށް ނުލިބޭ ސިއްހީ އިންޝުއަރެންސްއެއް އާންމު ރައްޔިތުންގެ ފައިސާއިން އެ އާންމުން ތަމްސީލް ކުރަން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ދިނުމަކީ ތަސައްރަފު ފުދިފައިވާ އެއްވެސް ސިޔާސީ ނިޒާމެއް ދަންނަ ކަމެއް ނޫން. އަދި ދިވެހިރާއްޖެއަށް ވުރެ އެތައް ގުނައެއް މުއްސަނދި ގައުމުތަކުންވެސް ކުރާ ކަމެއް ނޫން،" އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ. 

 ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެއާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރި ކޮށްދޭން ވާނެ ކަމަށް ބުނަނީ މެންބަރުން އިމްތިޔާޒުތަކުގެ ގާނޫނުގަ އެވެ. އެއީ ކުރީގެ މެންބަރުންނަށް ވެސް ހެލްތު އިންޝޫރެންސް ލިބޭ ގާނޫނެވެ. 

މަޖިލިސް މެންބަރުންނަށް ލިބޭ ހާއްސަ ހެލްތު އިންޝޫރެންސް ކަނޑާލަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ހާއްސަ ހެލްތު އިންޝޫރެންސް ކަނޑާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭ ގޮތަށް ހެދުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ. މިދުއަމް ސައުދު އިސްވެ ހުށަހެޅި މި ޕެޓިޝަނުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާއިރު، މީގެ މަގްސަދަކީ ދައުލަތުގެ ފައިސާއިން މެންބަރުންނަށް ދޭ އިތުރު އިނާޔަތްތައް ހުއްޓުވުމެވެ.

މެންބަރުންގެ މެޑިކަލް އިންޝޫރެންސްގެ މައްސަލައިގައި އަބަދުވެސް އާންމު ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެ އެވެ. މެންބަރުންނަށް ވަކި ހާއްސަ އިންޝޫރެންސް ސްކީމެއް އޮވެގެން ނުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. 

މަޖިލިސް ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުން، ދިވެހިރާޢްޖޭގެ އާބާދީގެ 0.2 އިންސައްތަ މީހުން ސޮއިކުރާ ޕެޓިޝަނެއް ހުށަހެޅޭނީ މަޖިލީހުގެ ކޮމިޓީއަށެވެ. ތަޅުމުގައި ބަހުސްކުރަން ލާޒިމު ވާނީ ރާއްޖޭގެ އާބާދީގެ 0.5 ޕަސެންޓު މީހުން ސޮއިކުރާ ޕެޓިޝަންތަކާ ގުޅޭގޮތުންނެވެ. ރާއްޖޭގެ މިހާރުގެ އާބާދީގެ 0.5 ޕަސެންޓު މީހުންނަކީ 840 އެވެ. 0.5 ޕަސެންޓަކީ 2100 އެވެ.

މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ދެވަނަ ތްރެޝްހޯލްޑް ހަމަވާ މިންވަރަށް ޕެޓިޝަނަކަށް ސޮއި ހަމަކޮށްފި ނަމަ، އެ ޕެޓިޝަނެއް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ލިބޭތާ މަދުވެގެން ދެ ދުވަހުގެ ތެރޭގައި އެ ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައި އެ ޕެޓިޝަން ސަރުކާރުގެ ސަމާލުކަމަށް ގެންނަންޖެހޭނެ އެވެ. އަދި، އެ ޕެޓިޝަނާމެދު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްޓަކައި، މަޖިލީހުގެ ރައީސްއަށް އެ ޕެޓިޝަން ފޮނުވަންޖެހޭނެ އެވެ.

އޭގެ އިތުރުން، ޕެޓިޝަނެއް ސަރުކާރުގެ ސަމާލުކަމަށް ގެންނަތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ޕެޓިޝަނަކާ ގުޅޭގޮތުން ސަރުކާރުން ދެކޭގޮތް ހާމަކުރުމުގެ އިތުރުން، އެ ޕެޓިޝަނެއްގައިވާ ކަންކަމަށް ހައްލެއް ގަނައުމުގެ ގޮތުން ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް މަޖިލީހަށް ފޮނުވަންވާނެ ކަމަށް ވެސް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

އެ 30 ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް އެ މާއްދާގައި ބަޔާންކޮށްފައި އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox