ހައްޖު ކިއު އާންމުނުކުރާ މައްސަލައިގައި ހައްޖު ކޯޕަރޭޝަނުގެ ވެރިން މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހައްޖު ކޯޕަރޭޝަނުން ބަލަހައްޓާ، ހައްޖު ކިއު އާންމުންނަށް ފެންނާނެހެން އާންމު ނުކުރާ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެ ކޯޕަރޭޝަނުގެ ވެރިން މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ފޮނުވި ސިޓީގައި ބުނީ ހައްޖު ކިއު އާންމުންނަށް ފެންނާނެހެން އާންމުނުކުރާތީ، ހައްޖު ކޯޓާ ދޫކުރުމުގައި އިންސާފުވެރި ސިޔާސަތެއް އޮތްކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ކަމަށެވެ.

އެހެންކަމުން، އެ ކޯޕަރޭޝަނުގެ ވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްދިނުމަށް އެ ސިޓީގައި ކުޑޫ އެދިވަޑައިގެންފައިވެ އެވެ.

އެގޮތުން، ހައްޖު ކިއު އާންމުންނަށް ބަލައިލެވޭނެ ފަދަ އިންތިޒާމެއް މިއަދާ ހަމައަށް ގާއިމުނުކުރެވި އޮތް ސަބަބާއި އެ ކިއު ކުރިއަށް ދަނީ އެއްވެސް ނުފޫޒެއް ނެތިކަން އާންމުންނަށް ޔަގީންކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރި މަސައްކަތްތައް ސާފުކޮށްދޭން އެ ސިޓީގައި އެދިފައިވެ އެވެ.

އޭގެ އިތުރުން، ހައްޖަށް ދިޔުމަށް ފައިސާ ދައްކާ މީހުން، ކިއުގައި ރެޖިސްޓްރީ ކުރާ ތާރީހާއި ކިއު ކުރިއަށްދާ މިންވަރު ވަގުތުން ވަގުތަށް އަޕްޑޭޓުވާ ޕޯޓަލެއް އާންމުކޮށް ޝާއިއުކުރެވޭނެ ތާރީހަކާއި ކޮންމެ އަހަރަކު ހައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާއިން އާންމުންނަށް ދޫކުރާ އިންސައްތަ އާއި ހާއްސަ ކެޓެގަރީތަކަށް ކޯޓާ ދޫކުރުމުގައި ގެންގުޅޭ އުސޫލަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

ހައްޖަށް ދާން ފައިސާދައްކާ މީހުންގެ ލިސްޓު އާންމުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އެކަން ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މީގެ އަހަރުދުވަސް ކުރިން ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓު 12، ގައި މަޖިލީހަށް ހާޒިރުކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޝަހީމް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވަނީ ކޮރަޕްޝަނާ ދެކޮޅަށް ކަމަށެވެ.

"އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ކޮރަޕްޝަނާ ދެކޮޅަށް. ހައްޖު ކޯޕަރޭޝަންގެ ކަންކަމަކީ ދެފުށްފެންނަ ކަންކަން ގޮތުގައި ކަނޑައެޅިގެން ދާނެ. އެބަ މަސައްކަތް ކުރަން ހައްޖަށް ޖާގަ ލިބޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރެވޭނެ ނިޒާމެއް ގާއިމުކުރަން،" ޝަަހީމް ޖަވާބު ދެއްވި އެވެ.

ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ރާއްޖެއަށް 1،000 ކޯޓާ ދޭއިރު ހައްޖު ކޯޕަރޭޝަންގެ ކިއު ފަޅާލައި މީހުން ހައްޖަށް ގެންދާކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. ނަމަވެސް، ހައްޖު ކޯޕަރޭޝަނުން އެކަން ދޮގުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox