އަންނަ އަހަރު ސްޕެނިޝް ސުޕަ ކަޕް އޮތީ އިސްތަންބޫލުގައި

Aug 14, 2026, 9:15 AM
ސްޕެނިޝް ސުޕަ ކަޕްގައި ރެއާލް އާއި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން އެމްބާޕޭ އާއި ޔަމާލް

ސްޕެނިޝް ސުޕަ ކަޕްގައި ރެއާލް އާއި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން އެމްބާޕޭ އާއި ޔަމާލް

މެޑްރިޑް (އޮގަސްޓް 14) - ސައުދީ އަރަބިއްޔާގައި މި ފަހަރުން ބާއްވަމުން އައި ސްޕެނިޝް ސުޕަ ކަޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރު ތުރުކީގެ އިސްތަންބޫލްގައި ކުރިއަށް ގެންދަން ނިންމައިފި އެވެ. 

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން މި ގޮތަށް ނިންމާފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ސައުދީ އަރަބިއްޔާ އިން އެ ގައުމުގައި އޭޝިއަން ކަޕް ހޯސްޓްކުރާތީ އެވެ. ސައުދީ އަރަބިއްޔާ އިން އޭޝިއަން ކަޕް ބާއްވަނީ ޖެނުއަރީ 7 އިން ފެށިގެން ފެބްރުއަރީ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އެ ގޮތުން، ސްޕެނިޝް ސުޕަ ކަޕް ކުރިއަށްގެންދަން ރާވާފައިވަނީ، އަންނަ އަހަރުގެ ފެބްރުއަރީ 2-7 އަށް އިސްތަންބޫލުގަ އެވެ. ހަތަރު ޓީމު ކުޅޭ މި މުބާރާތުގެ މެޗުތައް ކުޅޭނީ އިސްތަންބޫލުގެ މަޝްހޫރު އަޓަޓާކް އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. 

އަންނަ އަަހަރުގެ ސުޕަ ކަޕް، ތުރުކީގަައި ކުރިއަށްދިޔަ ނަމަވެސް، 2028 ވަނަ އަހަރުގެ މުބާރާތް އަނެއްކާ ވެސް އޮންނާނީ ސައުދީ އަރަބިއްޔާގައި ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އިއުލާނުކޮށްފަ އެވެ. 

އަންނަ އަހަރުގެ ސުޕަ ކަޕްގައި ވާދަކުރާ ޓީމުތަކަކީ، ސްޕެނިޝް ލީގުގެ ޗެމްޕިއަން، ބާސެލޯނާ އާއި ރަނަރަޕް، ރެއާލް މެޑްރިޑާއި ކޮޕަ ޑެލް ރޭ ޗެމްޕިއަން، ރެއާލް ސޮސިއެޑާޑްގެ އިތުރުން އެތުލެޓިކޯ މެޑްރިޑް އެވެ. ސުޕަ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ބާސެލޯނާ އެވެ. 

ސްޕެއިނުގެ ފުޓްބޯޅަ ސީޒަން ފެއްޓުމުގެ ކުރިން ކުޅެމުން އައި ސުޕަ ކަޕް ސައުދީ އަރަބިއްޔާގައި އެންމެ ފުރަތަމަ ހޯސްޓްކުރީ 2020 ވަނަ އަހަރު އެވެ. އޭގެ ކުރިން، ސްޕެއިނުން ބޭރުގައި މި މުބާރާތް އެންމެ ފުރަތަމަ ހޯސްޓްކުރީ، 2018 ވަނަ އަހަރު މޮރޮކޯގަ އެވެ. 

ހަތަރު ޓީމުގެ މެދުގައި ކުރިއަށްދާ މިނީ ޓޯނަމެންޓެއް ގޮތަށް މި މުބާރާތް ކުޅެން ފެށީ 2019 ވަނަ އަހަރުން ފެށިގެންނެވެ. ސުޕަ ކަޕް އެންމެ ގިނަ ފަހަރު ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ 16 ފަހަރު ތަށި އުފުލާލި ބާސެލޯނާ އަތުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox