ބަނޑު ފޭކު ކަމަށް ބުނި މީހުންނަށް އޭން ހެތަވޭގެ ރައްދެއް

Aug 12, 2026, 7:00 AM
ފޮޓޯ: އީޕީއޭ

ފޮޓޯ: އީޕީއޭ

އޭން ހެތަވޭ އުޅެނީ ފޭކު ބަނޑެއް ޖަހައިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކީ މީހުންނަށް އޭނާ ރައްދު ދީފި އެވެ. އާ ފިލްމުގެ ޕްރިމިއާއަށް ފަހު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ހެތަވޭ ބުނީ އޭނާ ހުރީ "ފޭކު އިސްތަށިގަނޑަކާއި އަސްލު ބަނޑަކާއެކު" ކަމަށެވެ.

އެމެރިކާގެ މަޝްހޫރު ބަތަލާ ހެތަވޭގެ ބަނޑު ހާމަވާ ގޮތަށް ހުރި ހެދުމެއްގައި ފެނިގެންދިޔައީ، މިދިޔަ އާދީއްތަ ދުވަހު ލޮސް އެންޖެލިސްގައި ބޭއްވި އޭނާގެ އާ ފިލްމު "ދަ އެންޑް އޮފް އޯކް ސްޓްރީޓް" ލޯންޗުކުރުމުގެ ހަފުލާގަ އެވެ.

އެ ހަފުލާގެ ފޮޓޯތަކާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ "ބަނޑު ފޭކުހެން ހީވަނީ ކީއްވެ؟" އަދި "އެއީ އަސްލެއް ނޫން" ކަމަށް ބުނެ ކޮމެންޓުކޮށްފަ އެވެ. ނަމަވެސް ބައެއް މީހުން ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކާފަ އެވެ. އެގޮތުން އެކަކު ލިޔެފައިވާ ގޮތުގައި، ކޮމެންޓުކުރި ގިނަ މީހުންނަށް "އެބްސް" ނުވަތަ ބަނޑުގެ މަސްތައް ވަރުގަދަކޮށް ހުންނަ މީހަކު ބަލިވެ އިނުމުން ބަނޑު ހުންނަ ގޮތް ފެނިފައި ނުވަނީ އެވެ.

Advertisement

އުމުރުން 43 އަހަރުގެ ހެތަވޭ އާއި އޭނާގެ ފިރިމީހާ އެޑަމް ޝުލްމަންއަށް ތިންވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

ފާއިތުވި ހަފުތާތަކުގައި "ދަ އޮޑިސީ" ފިލްމު އިޝްތިހާރު ކުރުމުގެ ތެރޭގައި ވެސް ހެތަވޭ ބަލިވެ އިނުމުގެ ސަބަބުން ބަނޑު ބޮޑުވަމުންދާކަން ފާހަގަވި ނަމަވެސް، "ދަ އެންޑް އޮފް އޯކް ސްޓްރީޓް" ޕްރިމިއާގައި އޭނާ ލައިގެން ހުރި ހެދުމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

އެ ހަފުލާގައި އޭނާ ލައިގެން ހުރީ "އެޓެލިއާ ޕްރަބަލް ގުރުންގް" އިން އޭނާއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކްރޮޕް ޓޮޕެކެވެ. އެ ހެދުން ފަރުމާކުރި ފަރާތުން ސިފަކުރި ގޮތުގައި އެއީ "ސްކަލްޕްޗަރަލް ހައި-ލޯ ހޯލްޓާ ޓޮޕް" އެކެވެ. އެ ޓޮޕާއެކު ހެތަވޭ ލައިގެން ހުރީ "ލާ ލީން" ބްރޭންޑުގެ ޖީންސަކާއި "އަކުއަޒޫރާ" ބްރޭންޑުގެ ރަތް ކުލައިގެ އުސް ފައިވާނެކެވެ.

ބަނޑާ ބެހޭ ގޮތުން ކުރި ތުހުމަތުތަކުގެ އިތުރުން، ބައެއް މީހުން ވަނީ އޭނާގެ މުޅި ހެދުން އެޅުމުގެ ވައްޓަފާޅިއަށް ވެސް ފާޑުކިޔާފަ އެވެ.

ފަހުގެ ޚަބަރު

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަލް ޕަޗީނޯއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދޭން ނިންމައިފި

މަޝްހޫރު އެކްޓަރު އަލް ޕަޗީނޯ ފިލްމީ ދާއިރާގައި 60 އަހަރަށްވުރެ ގިނަ ދުވަހު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެސްއޭޖީ-އޭއެފްޓީއާރުއޭގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އޭނާއަށް ދޭން ނިންމައިފިއެވެ. މި ޝަރަފުވެރި އެވޯޑް އޭނާއަށް އެރުވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ 33 ވަނަ އެކްޓާ އެވޯޑްސް ރަސްމިއްޔާތުގައެވެ.

ލިއަމް ޕޭންގެ ހަނދާނުގައި ހެރީ ސްޓައިލްސްގެ އާ ލަވައެއް

މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް، އޭނާއާއެކު "ވަން ޑައިރެކްޝަން" ބޭންޑުގައި މަސައްކަތްކުރި ލިއަމް ޕޭން މަރުވިތާ ދެ އަހަރު ފުރުނު ދުވަހާ ދިމާކޮށް އޭނާގެ ހަނދާނުގައި އާ ލަވައެއް ހުށަހަޅައިދީފިއެވެ. ނިއުޔޯކުގެ މެޑިސަން ސްކޮޔާ ގާޑަންގައި ބޭއްވި ކޮންސެޓެއްގައި "ވަޓް އިޒް އިނަފް" ގެ ނަމުން ނަންދީފައިވާ މި ލަވަ ހުށަހަޅައިދެމުން، ސްޓައިލްސް ވަނީ ޕޭންއަކީ އޭނާގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox