ބަނޑު ފޭކު ކަމަށް ބުނި މީހުންނަށް އޭން ހެތަވޭގެ ރައްދެއް
އޭން ހެތަވޭގެ ބަނޑު ފޭކު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކީ މީހުންނަށް، އޭނާ ހުރީ އަސްލު ބަނޑަކާއެކު ކަމަށް ބުނެ ރައްދު ދީފިއެވެ. މި ފާޑުކިޔުންތައް އަމާޒުވީ އޭނާގެ އާ ފިލްމުގެ ޕްރިމިއާގައި ބަނޑު ހާމަވާގޮތަށް ހުރި ހެދުމެއް ލައިގެން ހުރުމުންނެވެ. ތިންވަނަ ދަރިއަކަށް ބަލިވެއިން ހެތަވޭގެ ދިފާއުގައި ބައެއް ސަޕޯޓަރުން ވެސް ވަނީ ވާހަކަދައްކާފައެވެ.