ކުއްޖަކު ސީޓްބެލްޓް އަޅަން ދެކޮޅު ހެދުމުން ކެނެޑާ ފްލައިޓެއް ކެންސަލްވެއްޖެ

Aug 11, 2026, 4:11 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ކެނެޑާގައި ކުޑަކުއްޖަކު ސީޓްބެލްޓް އަޅަން ދެކޮޅުހެދުމާ ގުޅިގެން ފްލައިޓެއް ކެންސަލްކޮށްފި އެވެ.

މިދިޔަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު ވިކްޓޯރިއާއިން ޓޮރޮންޓޯއަށް ފުރަން ތައްޔާރުވި ޕޯޓާ އެއާލައިންސްގެ ފްލައިޓް އަނބުރާ ޓާމިނަލަށް ޖައްސަން ޖެހުނީ، "ކުޑަކުއްޖަކު ސީޓުން ތެދުވެ، ސީޓްބެލްޓް އެޅުމަށް ދެކޮޅުހެދުމުން" ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ފްލައިޓް ލަސްވުމުގެ ސަބަބުން، ދެން އޮތް ވަގުތަކީ ރަންވޭ ބަންދުކުރާ ވަގުތަށް ވުމުން އެ ރޭ ފްލައިޓަށް ނުފުރި، ހުރިހާ ފަސިންޖަރުން ޖެހިގެން އައި ދުވަހުގެ ފްލައިޓަކަށް ބަދަލުކުރަން ޖެހުނެވެ.

މި ހާދިސާއާ ގުޅިގެން، މިފަދަ ހާލަތްތަކުގައި ކުޑަކުދިންނާ މެދު އަމަލުކުރަންޖެހޭ ގޮތާއި އެއާލައިންތަކުން އިޖާބަދޭންޖެހޭ ގޮތާ މެދު އާންމުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.

ކުއްޖާގެ އަމަލުތަކާ ގުޅޭ ގޮތުން ޕޯޓާ އެއާލައިންސްއިން ބުނީ، އެ ކުއްޖާއާއެކު ދަތުރުކުރި ބެލެނިވެރިޔާ އާއި ފްލައިޓްގެ ކްރޫއިން އެކަން ހައްލުކުރަން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.

އެ އެއާލައިނުން އިތުރަށް ބުނި ގޮތުގައި، ނުރައްކާތެރި ހާލަތެއްގައި ބޯޓު އުދުއްސާލެވެން ނެތުމުން، ކްރޫއިން ނިންމީ ބޯޓު އަނބުރާ ޓާމިނަލަށް ގެންގޮސް އެ ދެ ފަސިންޖަރުން ބޯޓުން ބޭލުމަށެވެ.

އޭވިއޭޝަން ސޭފްޓީއާ ގުޅޭ ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި ޕޯޓާ އެއާލައިންސްގެ ކްރޫއިން ފްލައިޓް ހުއްޓާލުމަށް ނިންމި ނިންމުމަކީ އެ ކުއްޖާގެ އިތުރުން ފްލައިޓްގެ ހުރިހާ ފަސިންޖަރުންގެ ސަލާމަތަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ ބެލެނިވެރިން ކުދިންނަށް މާ ބޮޑަށް ދޫދިނުމުން ނުކުންނަ ނަތީޖާއެކެވެ. ފޮކްސް ނިއުސްގެ މޯނިން ޕްރޮގްރާމުގައި މިކަމާ މެދު ބަހުސްކުރަމުން، ކޯ-ހޯސްޓް ޗާލްސް ހާޓް ބުނީ އޭނާ ތާއީދުކުރަނީ ކުދިންނަށް އަދަބުދީގެން ކަންކަން އިސްލާހުކުރުމަށް ކަމަށެވެ.

އެހެން ބައެއް މީހުން ފާހަގަކުރާ ގޮތުގައި، ބައެއް ފަހަރު ކުދިން މިފަދަ ގޮތަކަށް އަމަލުކުރަނީ އުދުހުމަށް ބިރުގަންނާތީ ކަމަށާއި، އެއީ ގަސްތުގައި އުނދަގޫކުރަން ކުރާ ކަމެއް ނޫން ކަމަށެވެ.

ޕޯޓާ އެއާލައިންސްގެ އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރަކު ބުނީ، އެ ކުއްޖާ އުޅުނީ ނުކިޔަމަންތެރިވެގެން ނޫން ކަމަށާއި، ނަމަވެސް އެ ކުއްޖާ ހުރީ ވަރަށް ބޮޑަށް ބިރުގަނެފައި ކަމަށެވެ.

"އެ ކުއްޖާ އުޅުނީ ސީޓު ދަށަށް ވަދެ ފިލަން. ގަދަކަމުން ސީޓުގައި ބައިންދައި ބެލްޓް އަޅުވަން އުޅުމުން، ސީޓު ދަށުން ދެމިގަނެގެން ނުކުންނަނީ،" އޭނާ ބުންޏެވެ.

މިފަދަ ހާދިސާއެއް 2018 ވަނަ އަހަރު ވެސް ވަނީ ހިނގާފަ އެވެ. އެ ފަހަރު ޝިކާގޯއިން އެޓްލާންޓާއަށް ދަތުރުކުރި ސައުތުވެސްޓް އެއާލައިންސްގެ ފްލައިޓަކުން ބައްޕައަކާއި އަންހެން ދަރިއަކު ބޭރުކުރާ މަންޒަރު ފެންނަ ވީޑިއޯތައް ދައުރުވި އެވެ.

އެ ހާދިސާ ރެކޯޑުކުރި ފަސިންޖަރަކު ބުނި ގޮތުގައި، އެ ކުއްޖާ ބޮޑާހޭކުން ހުއްޓާލައި، ފަސް މިނެޓަށް ވުރެ ގިނަ އިރު ވަންދެން މަޑުމަޑުން ސީޓުގައި އިނެވެ. ނަމަވެސް އެއަށްފަހު އެއާލައިންގެ ކްރޫއިން އައިސް އެމީހުން ބޯޓުން ބާލާނެ ކަމަށް ބައްޕައަށް އެންގީ އެވެ.

އެ ހާދިސާގައި ހިމެނޭ ސައުތުވެސްޓް އެއާލައިންސްއިން ބުނީ، ފުރަތަމަ ލިބުނު ރިޕޯޓްތަކުން އެނގޭ ގޮތުގައި ކްރޫއިންނާއި ކުޑަކުއްޖަކާއެކު ދަތުރުކުރި ފަސިންޖަރަކާ ދެމެދު ބޯޓު ތެރޭގައި ހޫނު ބަހުސެއް ހިނގާފައިވާ ކަމަށެވެ.

މީގެ އިތުރުން 2012 ވަނަ އަހަރު ހިނގި މިފަދަ ހާދިސާއަކަށް ފަހު، ބޯޓުން ބޭލި އާއިލާއަކުން އެންބީސީގެ 'ޓުޑޭ ޝޯ' ގައި ބައިވެރިވެ، އެއާލައިނުން އިންސާނިއްޔަތުކަމެއް ނެތް ގޮތަށް އަމަލުކުރި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެ ހާދިސާގައި ހިމެނޭ ޖެޓްބްލޫ އެއާލައިންސްއިން ބުނީ، ގިނަ ވަގުތުތަކެއް ވަންދެން ކްރޫއިންގެ އިރުޝާދުތަކަށް ބައެއް ފަސިންޖަރުން ތަބާނުވި ކަމަށެވެ.

އެ އެއާލައިނުން އިތުރަށް ބުނީ، ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތަށްޓަކައި، އެކަމުގައި ހިމެނޭ ފަސިންޖަރުން ބޯޓުން ބޭލުމަށް ކެޕްޓަން ނިންމެވީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މޮރޮކޯގައި އަންހެން ބޮޑުވަޒީރަކު އައްޔަންކުރުމުން ދީނީ ބަހުސެއް

މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމަށް ފާތިމާ ޒަހްރާ އައްޔަންކުރެއްވުމާ ގުޅިގެން، އަންހެނުންނަށް އެފަދަ މަތީ މަގާމުތައް ދިނުމާ މެދު އެ ގައުމުގައި ދީނީ އަދި ސިޔާސީ ބޮޑު ބަހުސެއް ވަނީ ފެށިފަ. މި ނިންމުމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މިއީ މޮރޮކޯގެ ތާރީޚީ ނިންމުމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއް.

ފްރާންސްގައި ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށްފި

ފަރަންސޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޕެރިހާއި އެހެނިހެން ސިޓީތަކުގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށް ކާފިއު އިއުލާންކޮށްފިއެވެ. ތައުލީމީ ހާލަތު ރަނގަޅުކުރުމަށް ފެށި މި މުޒާހަރާތައް ފުޅާވެ، ހިނގި ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ފުލުހުންނާއި އާންމުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އަލްބޭނިއާގައި ހަމަނުޖެހުން ހިނގާތާ ހަތް ދުވަސް

އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާގެ އިސްތިއުފާއަށާއި ކޮރަޕްޝަނާ ދެކޮޅަށް ދަރިވަރުން އިސްވެ ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނާއި އާންމުންގެ ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. ހަތް ދުވަހަށް ދެމިގެންގޮސްފައިވާ މި ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފައިވާއިރު، ފުލުހުން އާންމުންނަށް އަނިޔާކޮށް ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައެވެ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

190 ކުދިން މަރާލި ކަލްޓް ލީޑަރުގެ މައްޗަށް ކުށް ސާބިތުވެއްޖެ

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ބުނެ 190 އަށް ވުރެ ގިނަ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ އާއި އޭނާގެ ބައިވެރިންގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ. މި ގަތުލުއާންމާ ގުޅިގެން މެކެންޒީގެ މައްޗަށް މީހުން މެރުމުގެ އިތުރުން ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގެ ދައުވާތައް ވެސް އުފުލާފައިވާއިރު، އޭނާއަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ނޮވެމްބަރު މަހުއެވެ. ޝަކަހޯލާ ޖަންގަލީގައި ހިންގި މި ލާއިންސާނީ އަމަލުތަކުގައި ޖުމްލަ 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތަހުގީގުތަކުން ދައްކައެވެ.

ސައުދީގައި ބަންގްލަދޭޝް ދެ މީހުންނަށް މަރުގެ އަދަބު

މައްކާގެ މިސްކިތެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލެއް ހިންގިކަން ސާބިތުވި ބަންގްލަދޭޝްގެ ދެ މީހަކަށް، އިސްލާމީ ޝަރީއަތުގެ ތައުޒީރީ އަދަބުގެ ދަށުން ސައުދީ އަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މިކަމާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން އަންނަނީ އެ މައްސަލައިގެ އިތުރު ތަފުސީލު ހޯދުމަށް ސައުދީގެ ކަމާބެހޭ އިދާރާތަކާ މުއާމަލާތް ކުރަމުންނެވެ.

އޮސްޓްރޭލިއާ ޕާލަމެންޓު މެމްބަރެއްގެ ގައިގައި ކާރަކުން ޖައްސައިފި

އޮސްޓްރޭލިއާގެ ޕާލަމެންޓު މެންބަރު ހެލެން ހެއިންސްގެ ގައިގައި ކާރަކުން ޖައްސައި ސީރިއަސް އަނިޔާތަކެއް ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ބޮޑުވަޒީރު އެލްބަނީޒީ ވަނީ މިއީ ގަސްދުގައި ދީފައިވާ ހަމަލާއަކަށް ވުން އެކަށީގެންވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޮސްޓްރޭލިއާގެ ސިޔާސީ ބޭފުޅުންނަށް ކުރިމަތިވާ މިފަދަ ނުރައްކާތައް އިތުރުވަމުންދާކަން ހޯމް އެފެއާޒް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox