ސިޑްނީ އެއާޕޯޓުގައި ދެ ބޯޓު ޖެހެން އުޅުނު މައްސަލައެއް ބަލަނީ

Aug 10, 2026, 10:00 AM
ފޮޓޯ: ނިއުސްވަޔާ

ފޮޓޯ: ނިއުސްވަޔާ

އޮސްޓްރޭލިއާގެ ސިޑްނީ އެއާޕޯޓުގެ ރަންވޭގައި އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޖެޓްސްޓާ އެއާވޭސްގެ ބޯޓަކާއި ގަތަރު އެއާވޭސްގެ ބޯޓެއް އެކްސިޑެންޓު ނުވީ ކިރިޔާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މި ހާދިސާއާ ގުޅިގެން އޮސްޓްރޭލިއާގެ އޭވިއޭޝަން ސޭފްޓީ އިދާރާތަކުން މިހާރު ވަނީ ތަހުގީގެއް ފަށާފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 7:00 އެހާއިރު، ގޯލްޑް ކޯސްޓަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް ޖެޓްސްޓާގެ އެއާބަސް އޭ320 މަރުކާގެ ބޯޓެއް ރަންވޭމަތީގައި ދުއްވަމުން ދަނިކޮށް، އެ ބޯޓުގެ ކުރިމަތިން ގަތަރު އެއާވޭސްގެ ބޯއިން 777 މަރުކާގެ ބޯޓެއް ޓެކްސީވޭ ހުރަސްކުރަނިކޮށެވެ.

Advertisement

އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯ (އޭޓީއެސްބީ) އިން ބުނި ގޮތުގައި، މި ނުރައްކާތެރި ކުރިމަތިލުމުން ސަލާމަތްވީ ދެ ބޯޓު ވެސް ކުއްލި ގޮތަކަށް ހުއްޓުވުމުންނެވެ.

މި ހާދިސާގައި ޖެޓްސްޓާ ބޯޓުގެ ކެބިން ކްރޫއަކަށް އަނިޔާވެފައިވާއިރު، އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، ގަތަރު އެއާވޭސްގެ ބޯޓުގެ ކުރީކޮޅުގެ ފުރޮޅުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ޖެޓްސްޓާ އިން ބުނި ގޮތުގައި އެ ކުންފުނީގެ ބޯޓު ދަތުރުކުރަމުން ދިޔައީ އެއާ ޓްރެފިކް ކޮންޓްރޯލުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށެވެ. ނަމަވެސް، އަނެއް ބޯޓު މާ ބޮޑަށް ކައިރިވުމުގެ ސަބަބުން ޕައިލެޓުންނަށް މަޖުބޫރުވީ ކުއްލި ގޮތަކަށް ބްރޭކް ޖައްސައި ބޯޓު ހުއްޓުވާށެވެ.

މި ހާދިސާއާ ގުޅިގެން ޖެޓްސްޓާގެ އެ ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެ ބޯޓުން ދަތުރުކުރަން ތިބި ފަސިންޖަރުން ފަހުގެ ފްލައިޓްތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

އޭޓީއެސްބީން މިހާރު ވަނީ މި މައްސަލައިގެ ތަހުގީގެއް ފަށާފަ އެވެ. މި ތަހުގީގުގެ ތެރެއިން ފްލައިޓް ކްރޫއިންނާއި، ޓަގު އޮޕަރޭޓަރުންނާއި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ އިތުރުން ހާދިސާ ފެނުނު މީހުންގެ ބަޔާން ނެގުމާއި ސީސީޓީވީ ފުޓޭޖްތައް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ ސިޑްނީ އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލްގައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމުގެ ސަބަބުން ފަހަކަށް އައިސް ފްލައިޓްތައް ވަރަށް ބޮޑަށް ލަސްވަމުންދާ ދަނޑިވަޅެއްގަ އެވެ. 

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox