މިނިވަން ދުވަހުގެ ތަގުރީރަށް އަމާޒުވި ފާޑުކިޔުމަށް މުއިއްޒު ރައްދު ދެއްވައިފި

މުހައްމަދު މުއިއްޒު: މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު ދެއްކެވި ވާހަކައަށް ފާޑުކިޔުން އަމާޒުވުމުން އެމަނިކުފާނު ވަނީ އެ ދެއްކެވި ވާހަކަތައް ދިފާއުކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު ދެއްކެވި ވާހަކައަށް ފާޑުކިޔުން އަމާޒުވުމުން އެމަނިކުފާނު ވަނީ އެ ދެއްކެވި ވާހަކަތައް ދިފާއުކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އާދީއްތަ ދުވަހު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ދެއްވި ތަގުގީރަށް ފާޑުކިޔުން އަމާޒުކުރެއްވި ފަރާތްތަކަށޤް އެމަނިކުފާނު ރައްދު ދެއްވައިފި އެވެ.  

ޕީއެސްއެމްގެ ނޭޝަން ޗެޓް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކައަށް ފާޑުކިޔުން އަމާޒުވީ ކަންކަމުގެ ހަގީގަތް ބަޔާންކުރުމުން އެ ހަގީގަތް ނިސްބަތްވާ މީހުންނަށް އެކަން ގަބޫލުކުރަން ދަތިވެގެން ކަމަށެވެ. 

"އަޅުގަނޑު ހިތުން ކަންކަމުގެ ހަގީގަތް ބަޔާންކުރީމަ އެ ހަގީގަތް ނިސްބަތްވާ ފަރާތްތަކަށް އެކަން ގަބޫލުކުރުމުގެ ދަތިކަމެއް އުޅެނީހެން. އެއީ މިވާ ގޮތަކީ. އަޅުގަނޑު ދެއްކީ ތެދު ހަގީގަތަށް ވާހަކަ އެނގޭތޯ. ގައުމުގެ ކަންކަން އިސްލާހުކުރުމަށް އަޅުގަނޑު އިސްކުރަނީ އިހްލާސްތެރިކަން އެނގޭތޯ،" މުއިއްޒު ވިދާޅުވި އެވެ. 

Advertisement

މުއިއްޒު ވިދާޅުވީ ޖަލްސާގައި އަލިއަޅުވާލީ މާޒީގައި ކަންކަން ހިނގާފައި ހުރި ގޮތާއި މި ސަރުކާރުން އެކަންކަން ރަނގަޅުކުރަން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން މުސްތަގުބަލަށް ކަންކަން ރޭވިފައިވާ ގޮތް ކަމަށެވެ. 

ނަމަވެސް މިނިވަން ދުވަހުގެ ޖަލްސާގައި މުއިއްޒު ވަނީ އިދިކޮޅު އެމްޑީޕީއަށް ތަކުރާރުކޮށް ފާޑުވިދާޅުވެ، އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުފަ އެވެ. އެމަނިކުފާނުގެ ތަގުރީރުގައި ސިޔާސީ ޕޯޑިއަމެއްގައި ތަގުރީރުކުރާފަދަ ރާގަކުން އަދި ބަސްމަގު އެގޮތަށް ހުންނެވުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. 

ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ޝަމްސުލް ފަލާހު ވިދާޅުވީ މިނިވަން ދުވަހުގެ ޖަލްސާގައި މުއިއްޒު ވަނީ ގައުމުގެ ގަދަރު ކުޑަކޮށް، ދަށުދަރަޖައިގެ ވާހަކަތަކެއް ދައްކަވާފައި ކަމަށެވެ. 

"މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުހާތަބުކޮށް އިއްޔެ ވާހަކަދެއްކި ގޮތަކީ، އެ މާތް ވާޖިބުން ރެކިގަތުމެއްކަމަށް ފެނޭ. އަހަންނަށް ފެނުނީ، ދައުލަތް ހިންގުމުގެ ވިސްނުމެއް ނޫން. ސިޔާސީ ސަކަރާތެއް. ގައުމުގެ ގަދަރުކުޑަކޮށް، ދަށުދަރަޖައިގެ ވާހަކަތަކަކަށް ބަސްމަގު ތިރިކޮށްލި މަންޒަރު. މަތިވެރި އަސާސްތަކުގެ ބަދަލުގައި ދަށުދަރަޖައިގެ ރައްދުތައް އިސްކޮށް، މީހުންނަށް ސިޔާސީ ގަޅިއުކި ތަން،" އޭނާ ވިދާޅުވި އެވެ. 

ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް މިނިވަން ދުވަހުގެ ޖަލްސާއެއްގައި ރައީސަކު މުއިއްޒު ދެއްވިހާ ހިތްދަތި ތަގުރީރެއް ނުދެއްވާ ކަމަށެވެ. އެ ތަގުރީރުގައި އެމަނިކުފާނު ހާލަތު ބަޔާންކުރިޔަސް ރާގު ހުރީ ރައްޔިތުންނާ ދޭތެރޭގައި ހިތްޕުޅު ހަމަނުޖެހޭ ގޮތަށް ކަމަށް ރާޝިދާ ވިދާޅުވި އެވެ. 

"ރާއްޖޭގެ ތާރީހުގައިވެސް މިނިވަން ދުވަހެއްގައި ރާއްޖޭގެ އެންމެ އިސްވެރިޔާ މިހާ ހިތްދަތި ތަގުރީރެއް ނުދެއްވާ. ހާލަތު ހުރި ގޮތް ވަރަށް ސާފުކޮށް ބަޔާންކުރެއްވި. ނަމަވެސް ވާހަކަފުޅުގެ ރާގު ހުރީ ރައްޔިތުންނާ ދޭތެރޭގައި ވަރަށް ހިތްހަމަނުޖެހޭ ގޮތަކަށް. އަޑުއަހަން ދެރަވި. ހީވީ ޕާޓީ ޕޯޑިއަމެއްގައި ހުންނެވިހެން،" އޭނާ ވިދާޅުވި އެވެ. 

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމް ބޭނުންކުރައްވައި މުއިއްޒު އެމްޑީޕީއަށް ނިސްބަތްކޮށް ދެއްކެވީ ސިޔާސީ ޕޯޑިއަމެއްގައި ދައްކަވާ ވާހަކަކަން ކުރީގެ ރައީސް ނަޝީދުވެސް ފާހަގަކުރެއްވި އެވެ. 

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އެތައް ބަޔަކާއި، ސަރުކާރުގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ ޑިޕްލޮމެޓުންވެސް ބައިވެރިވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox