ވޯލްޑް ކަޕްގެ ފައިނަލް މެޗާ ގުޅޭ ހާއްސަ ނީލަން ކިއުމެއް ބާއްވަނީ

Jul 15, 2026, 9:25 AM
މި ފަހަރުގެ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޝަކީރާ ލަވައެއް ހުށަހަޅައިދެނީ.

މި ފަހަރުގެ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޝަކީރާ ލަވައެއް ހުށަހަޅައިދެނީ.

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 15) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ބޭނުންކުރާ ގިނަ ތަކެތި ހިމެނޭ ނީލަން ކިއުމެއް ބާއްވަން ނިންމާފައިވާ ކަމަށް ނިއު ޔޯކް އޯކްޝަން ހައުސް އިން އިއުލާނުކޮށްފި އެވެ.

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުރިއަށްދާނީ މި މަހު 19 ވަނަ ދުވަހުގެރޭގަ އެވެ. އޮންލައިންކޮށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ނީލަން ކިޔުން މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ތިން ހަފްތާގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ. 

މިއީ، ފީފާގެ ގްލޯބަލް ސިޓިޒެން އެޑިއުކޭޝަން ފަންޑުން އިންތިޒާމްކުރާ ނީލަމެކެވެ. މި ނީލަން ކިއުމުގެ ޓާގެޓަކީ، 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމެވެ.

މި ނީލަން ކިއުމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި، ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގައި، ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ބޭނުންކުރާ ހެދުމާއި ވޯލްޑް ކަޕްގެ މެޗުތަކުގައި ބޭނުންކޮށްފައިވާ ބޯޅަތަކާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ލިއޮނަލް މެސީ ބޭނުންކޮށް، ސޮއިކޮށްފައިވާ ޖޯޒީ އަކާއި މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ކުޅޭ މެޓްލައިފް ސްޓޭޑިއަމްގެ ވިނަކޮޅުތަކާއި، ފައިނަލް މެޗުގައި އައިޓަމްތައް ގެނެސްދޭ އެކި ފަންނާނުން ބޭނުންކުރާ ބައެއް ސާމާނު ހިމެނެ އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގެ ހާފްޓައިމްގައި 11 މިނިޓްގެ ޝޯއެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ޝޯގައި ޝަކީރާ އާއި މެޑޯނާ، ޖަސްޓިން ބީބާ އަދި ބީޓީއެސްގެ އިތުރުން، އެހެން މަޝްހޫރު ފަންނާނުން ވެސް ހަރަކާތްތެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. 

ފީފާ އިން ވޯލްޑް ކަޕް ބާއްވަން ފަށައި، މިހާތަނަށް ތާރީހުގައި ވެސް ތިން ގައުމެއް ބައިވެރިވެގެން ހޯސްޓްކުރުމުގެ ފުރުސަތު ދިނީ އެންމެ ފުރަތަމަ ފަހަަރަށް މި އަހަރު އެވެ. އެ ގޮތުން، އެމެރިކާއާ ގުޅިގެން، މެކްސިކޯ އާއި ކެނަޑާ އިން މި ވޯލްޑް ކަޕް ހޯސްޓްކުރިއިރު، މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ތިން ގައުމުގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox