ސެނެގާލް އެފްއޭގެ ހިންގާ ކޮމިޓީން ނިންމީ ކޯޗު ވަކިކުރަން

Jul 13, 2026, 7:49 AM
މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ސެނެގާލްގެ ކޯޗަކަށް ހުރި ޕާޕޭ ތިއާއޮ.

މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ސެނެގާލްގެ ކޯޗަކަށް ހުރި ޕާޕޭ ތިއާއޮ.

ޑަކާރު، ސެނެގާލް (ޖުލައި 13) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސެނެގާލްގެ ކޯޗަކަށް ހުރި ޕާޕޭ ތިއާއޮ މަގާމުން ވަކިކުރަން، ސެނެގާލްގެ އެފްއޭގެ ހިންގާ ކޮމިޓީން ނިންމައިފި އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕުން ސެނެގާލް ކެޓީ ގަދަ 32 ޓީމު ކުޅުނު ބުރުގަ އެވެ. އެ ގޮތުން، ނޮކައުޓްގެ ފުރަތަމަ ބުރުގައި، ސެނެގާލުން ރަނގަޅު ލީޑެއްގައި އޮވެމެ، ފަހު ވަގުތު ބެލްޖިއަމް އަތުން ބަލިވެ މުބާރާތުން ކެޓީ އެވެ. މެޗުގެ 86 ވަަނަ މިނިޓާ ހަމައަށް ދެ ގޯލު ކުރީގައި އޮތް ސެނެގާލާ ދެކޮޅަށް ބެލްޖިއަމުން ފަހު ވަަަގުތު ނަތީޖާ ނެރުނީ، 2-2 އިން އެއްވަރުކޮށް އިތުރުވަގުތުގެ ދެ ހާފު ކުޅެގެން، 3-2 އިން މޮޅުވެގެންނެވެ. 

ވޯލްޑް ކަޕްގެ ކަންކަން ރިވިއު ކުރަން ސެނެގާލްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ސެނެގާލްގެ ފުޓްބޯޅަ އިދާރާގެ ޓެކްނިކަލް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓާއި ކޯޗު ތިއާއޮގެ މަސައްކަތް ވަނީ ރިވިއުކޮށްފަ އެވެ. އަދި، ކަންކަން ބެލި ބެލުމުގައި ތިއާއޮ ޒިންމާ ނަގަން ޖެހޭ ކަންކަން އަތުން ދޫވެފައި ހުރުމާއި، ޖަވާބުދާރީވާން ޖެހޭ ބައެއް ކަންކަމުގައި ފަރުވާ ކުޑަވެފައިވާތީވެ، ސެނެގާލް އެފްއޭ އިން ނިންމީ ތިއާއޮ ވަކިކޮށް އާ ކޯޗެއް ގެންނަން ޖެހޭ ކަމަށެވެ. 

Advertisement

ސެނެގާލް ފުޓްބޯޅަ އިދާރާއިން ބުނީ، އާ ވިސްނުންތަކަކާ އެއްގޮތަށް ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮނިގަނޑު ހަރުދަނާ ސިސްޓަމެއްގެ ތެެރެއިން ހިންގުމަށް ފުރުސަތު ދިނުމަށްޓަކައި، އާ ކޯޗެއްގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށްގެންދަން ޖެހޭ ކަމަށް އެފްއޭ އަށް ގަބޫލުކުރެވޭ ކަމަށެވެ. 

ރިޕޯޓްތައް ބުނާގޮތުން ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ގިނަ ކޯޗުންތަަކަކާ މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން، އެ ޓީމުން ބޭނުންވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ މަތީ ލެވަލްގައި ކުޅެ، ކޯޗިން ތަޖުރިބާ ވެސް ހާސިލްކޮށްފައިވާ ފަރާތަކާ ޓީމު ހަވާލުކުރާށެވެ. އެ ގޮތުން، އެ ޓީމުން ގެންގުޅޭ ކޯޗުންގެ ޝޯޓްލިސްޓުގެ ތެރޭގައި، އުޒްބެކިސްތާނަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ކޯޗުކޮށްދިން އިޓަލީގެ ފަބިއޯ ކަނަވާރޯ އާއި ފްރާންސްގެ ކުރީގެ މިޑްފީލްޑަރު، ޕެޓްރިކް ވިއޭރާ ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox