ސައީދު ވިދާޅުވާ ގޮތުން ޕީއެންސީއަށް މެޖޯރިޓީ ދިނުމުން ވެސް ޑޮލަރު އަގުހެޔޮ ނުވަނީ އެމްޑީޕީގެ ދެ ސަރުކާރާ ހެދި

 ޖުލައި 6، 2026: މަޖިލީހުގެ ޖަލްސާގައި ސައީދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

ޖުލައި 6، 2026: މަޖިލީހުގެ ޖަލްސާގައި ސައީދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ޑޮލަރުގެ އަގު ތިރިކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ސައީދު ދެއްވިތާ ދެ އަހަރު ފަހުން ވެސް، ޑޮލަރު އަގު އުފުލިފައި ހުރީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދެ ސަރުކާރުގެ ސަބަބުން ކަމަށް ދޭހަވާ މޭރުމަކުން މިނިސްޓަރު ވާހަކަ ދައްކަވައިފި އެވެ. 

މިއަދުގެ މަޖިލިސް ޖަލްސާގައި ސައީދުއާ އެ ސުވާލު އަމާޒުކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. އެ ސުވާލުގެ ޖަވާބުގައި، ޑޮލަރުގެ އަގު އުފުލުނީ އަދި ތިރި ނުވެގެން އުޅެނީ އެމްޑީޕީގެ ދެ ސަރުކާރުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވި އެވެ.

"ގާނޫނު ސަސްޕެންޑުކުރީ ވެސް މިދިޔަ ސަރުކާރުން. ގާނޫނު ސަސްޕެންޑުކޮށް ފައިސާ ޗާޕުކުރަމުން ދިޔައީ. އޭގެ ނަތީޖާ މިއަދު ބައްދަލުކުރާނެކަން އެ ވާހަކަ ދެއްކިން. ރައީސް ނަޝީދުގެ ސަރުކާރުގެ 10ރ. އާއި 15ރ. ގެ ދޭތެރޭގެ ބޭންޑެއް އެޅި ވާހަކަ ދެއްކި. އޭގެ ސަބަބުން ރައްޔިތުންނަށް ސަލާމަތް ނުވެވިގެން މި އުޅެނީ،" ސައީދު ވިދާޅުވި އެވެ. 

ޑޮލަރާ ގުޅޭ މައުލޫމާތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މަރުކަޒީ ބޭންކުން ހާމަކުރަމުންދާ ކަމަށް ވިދާޅުވެ ސައީދު އެ ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ. 

"ޑޮލަރުގެ މައުލޫމާތު ބޭންކް އޮފް މޯލްޑިވްސްއިން، ބޭންކުގެ ސީއީއޯ ހަފްތާއަކު އެކި ފޯރަމްތަކުގައި އެ ގެންދަވަނީ ޖަވާބު ދެއްވަމުން. އަދި ސެންޓަރްލަ ބޭންކުން ވެސް މިއާ ބެހޭ މައުލޫމާތު ދަނީ އެ ގެންދަވަމުން،" ސައީދު ވިދާޅުވި އެވެ. 

ޑޮލަރުގެ މައްސަލައިގައި މިއަދު ސައީދުއާ ސުވާލު ކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އެވެ. އޭނާ ސުވާލުކުރީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން 20 މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ލ. މާވަށުގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ޑޮލަރުގެ އަގު ތިރި ކުރައްވާނެ ކަމަށް ވިދާޅުވީ ދިރާސާއެއް ހެއްދެވުމަށްފަހުތޯ ސާފުކުރުމަށެވެ. 

އެ ސުވާލުގެ ޖަވާބުގައި ސައީދު ފާހަގަކުރެއްވީ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބުމަކީ ބޮޑު ނަސީބެއް ކަމަށެވެ. އެހެން ނޫންނަމަ ރާއްޖެ އޮންނާނީ ބަނގުރޫޓުވެފައި ކަމަށް ވިދާޅުވެ ސުވާލަށް ޖަވާބު ނުދީ ކުރީ ސަރުކާރާ ގުޅޭގޮތުން ފާއިތުވި ދެ އަހަރާއި ބައިގައި އޭނާ ދައްކަވަމުންދާ ވާހަކަ ތަކުރާރު ކުރެއްވި އެވެ. 

"ރާއްޖެ އެ އޮތީ ހަމަޖެހުމުގެ ނޭވާއަކާ ހަމައަށް ގެނެވިފައޭ. އަޅުގަނޑު ހަމްދު ކުރަން. އަޅުގަނޑުމެން މިއަދު ކުރިއަށްދާންވީ، އިކޮނޮމީ ބިލްޑު ކުރުމަށް ވާދަވެރިން ވެސް މަސައްކަތް ކުރަންވީ، އަޅުގަނޑުމެންނަށް އެއްބާރުލުން ދޭންވީ،" ދީދީގެ ސުވާލަށް ޖަވާބު ނުދެއްވާ ސައީދު ވިދާޅުވި އެވެ. 

ސައީދު މިހާރު މިހެން ވިދާޅުވަމުން ގެންދެވި ނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު، ލ. މާވަށުގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ ޑޮލަރުގެ އަގު 15 ރުފިޔާ 42 ލާރިއަށް ވުރެ ވެސް ބޮޑަށް ތިރި ކުރާނެ ކަމަށެވެ.

"ހަމައެކަނި އަޅުގަނޑުމެންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވިޔަސް ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30-40 ޕަސެންޓް ވަރުގަދަވެގެންދާނެ. ކޮބައިތޯ ނަތީޖާއަކަށް ވާނެ ކަމަކީ. 15.42 އަކަށްވުރެ ވެސް ޑޮލަރު ރޭޓް ދަށަށް ދިޔުމެއް ނޫންތޯ މުސްތަގުބަލުގައި،" ސައީދު އެއިރު ވިދާޅުވެފައިވެ އެވެ.

ޑޮލަރުގެ ކަޅު ބާޒާރުގައި ރެކޯޑު އަގަކަށް ޑޮލަރުގެ އަގު އުފުލިފައި ހުންނަތާ އެތައް މަސްތަކެއް ވޭތުވެފައިވާއިރު، އަގު އުފުލުނު ފަހުން އެއަށް ވުރެ ދަށަށް ނުދާ ކަން ފާހަގަކުރެވެ އެވެ. މިއަދުގެ ރޭޓުތައް ބެލިއިރު ވެސް ޑޮލަރެއް ގަންނަން ލިބެނީ 20.50ރ. އަށްވުރެ މަތީ ރޭޓުތަކުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox