އެލިއާ އާއި އެމްއައިޓީ ގުޅިގެން 48 ކެޕްޓަނުންނާއެކު "ބޯޓް އޮޕަރޭޓާސް ޓްރެއިނިން" ފަށައިފި

Jul 14, 2026, 1:27 PM
އެލިއާ އިންވެސްޓްމަންޓާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ "ބޯޓް އޮޕަރޭޓާސް ޓްރޭނިން ޕްރޮގްރާމް 2026"

އެލިއާ އިންވެސްޓްމަންޓާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ "ބޯޓް އޮޕަރޭޓާސް ޓްރޭނިން ޕްރޮގްރާމް 2026"

ކަނޑުދަތުރުފަތުރުގެ ދާއިރާގެ ރައްކާތެރިކަމާއި ހިންގުންތެރިކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެލިއާ އިންވެސްޓްމެންޓްސް އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ހިންގާ "ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް 2026" ރަސްމީކޮށް ފަށައިފި އެވެ.

މި މަހުގެ 14 އިން 16 އަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ރިސޯޓުތަކާއި، ކަނޑުދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން ޖުމްލަ 48 ކެޕްޓަނުން ބައިވެރިވެ އެވެ.

މިއީ ރާއްޖޭގެ އުޅަނދުފަހަރު ދުއްވާ ކެޕްޓަނުންގެ ފަންނީ ގާބިލުކަމާއި އަމަލީ ހުނަރުތައް އިތުރުކުރުމަށް އެލިއާ އިން މެދުކެނޑުމެއްނެތި މި ސިލްސިލާ ކުރިއަށްގެންދާ 12 ވަނަ އަހަރެވެ.

Advertisement

ތަމްރީނު ޕްރޮގްރާމުގެ މުހިންމު ބައިތައް:

  • ކަނޑުމަތީގެ ގަވާއިދުތަކާއި ނެވިގޭޝަން: މިސްރާބު ހޯދުމުގެ ރައްކާތެރިކަމާއި ދަތުރުފަތުރުގެ އުސޫލުތައް.
  • ކުއްލި ހާލަތްތަކަށް ތައްޔާރުވުން: ކުއްލި ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކާއި، ފަސްޓް އެއިޑް އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުން.
  • އަމަލީ ތަމްރީނު: ޔަމަހާ އައުޓްބޯޑް އިންޖީނުތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ދިމާވާ ޓެކްނިކަލް މައްސަލަތައް ޚުދު އަމިއްލައަށް ހައްލުކުރުން.

އެލިއާ އިން ބުނި ގޮތުގައި މި ތަމްރީނުތަކުގެ ސަބަބުން ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި އަވަސް އަދި ރަނގަޅު ނިންމުންތައް ނިންމުމުގެ ގާބިލުކަން ކެޕްޓަނުންނަށް ލިބިގެންދާނެ އެވެ. އަދި މިއީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށާއި، މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ބިނާކުރުމަށް އެ ކުންފުނިން ދެމުންގެންދާ ހާއްސަ އަހައްމިއްޔަތެއްގެ ބައެކެވެ.

"ރާއްޖޭގައި ޔަމަހާ އިންޖީނުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން، އެލިއާގެ އަމާޒަކީ ރައްކާތެރި އަދި ހަރުދަނާ ކަނޑުދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ފުރިހަމަ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުން،" އެލިއާއިން ބުންޏެވެ. 

ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާ އެއްގޮތަށް، ހުނަރުވެރި އަދި ރައްކާތެރިކަމަށް އިސްކަންދޭ ކެޕްޓަނުންތަކެއް އުފެއްދުމުގައި މި ޕްރޮގްރާމް ކޮންމެ އަހަރަކުވެސް އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox