ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ލަންކާގެ ރެޕް އާޓިސްޓް މިނިވަންކޮށްފި

Jun 14, 2026, 9:05 AM
ފޮޓޯ: ޓެމިލް ގާޑިއަން

ފޮޓޯ: ޓެމިލް ގާޑިއަން

ސްރީލަންކާގެ ޓެރަރިޒަމް މަނާކުރާ ގާނޫނު (ޕީޓީއޭ) ގެ ދަށުން ހައްޔަރުކުރި އުމުރުން 24 އަހަރުގެ ތަމަޅަ ހިޕް-ހޮޕް އާޓިސްޓް، ސަންގީތުސަން ގަނޭޝްކުމާރު (ހިޕް-ހޮޕް ސަންގީ) މިނިވަންކޮށްފި އެވެ. 

މި ފަންނާނު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ، އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯތަކެއްގައި ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އަށް ތާއީދުކުރާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރުމަށް ފަހު އެވެ. 

އޭނާ ހައްޔަރުކުރީ ޖަފްނާ ޑިވިޝަނަލް ކްރިމިނަލް އިންވެސްޓިގޭޝަން ބިއުރޯއިން ހިންގި ތަހުގީގަކަށް ފަހުގަ އެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އޭނާ ވަނީ  މިއުޒިކް ޝޯއެއްގެ ވީޑިއޯތައް އެޑިޓްކޮށް، އެލްޓީޓީއީއަށް ތާއީދު ލިބޭ ފަދަ ގޮތަކަށް ސޯޝަލް މީޑިއާއަށް އަޕްލޯޑްކޮށްފަ އެވެ.

މި މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުކުރުމުން، 1978 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން، ޖޫން މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރި އެވެ.

ނަމަވެސް އިއްޔެ ވަނީ އޭނާ ދޫކޮށްލާފަ އެވެ. އެސްއެލްޕީޕީގެ މަޖިލިސް މެންބަރު ނާމަލް ރާޖަޕަކްސަ ވަނީ އޭނާ ދޫކޮށްލުމުން މަރުހަބާ ވިދާޅުވެފަ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާމަލް ރާޖަޕަކްސަ ވިދާޅުވީ، އެ ފަންނާނު މިނިވަންކުރުމަށް ނިންމި ނިންމުމުގެ ފަހަތުގައިވާ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ.

އެންމެ މުހިންމު ކަމަކީ ޒުވާން ފަންނާނު ސަންގީތުސަން މިނިވަންވެ، އޭނާގެ އާއިލާއާ ކައިރިއަށް އެނބުރި ދެވުން ކަމަށް ވެސް ނަމާލް ވިދާޅުވި އެވެ. 

ހިޕްހޮޕް ސަންގީ ބަންދުކުރުމާ ގުޅިގެން ލަންކާގައި މުޒާހަރާތައް ބޭއްވި އެވެ. ތަމަޅަ މަދަނީ ޖަމިއްޔާތަކާއި ތަމަޅަ އަދި ސިންހަޅަ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި ސަގާފީ އަދި ފަންނީ ކަންކަމާ ދެކޮޅަށް ޓެރަރިޒަމް މަނާކުރާ ގާނޫނު ބޭނުންކުރުމަކީ ތަމަޅަ ސަރަހައްދުތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox