ޓެރަރިޒަމް މަނާކުރާ ގާނޫނު
2 ލިޔުން
ދުނިޔެޓެރަރިޒަމް ތުހުމަތުގައި ހައްޔަރުކުރި ރެޕް އާޓިސްޓް މިނިވަންކޮށްފި
އެލްޓީޓީއީއަށް ތާއީދުކުރާ ކަމުގެ ތުހުމަތުގައި ލަންކާގެ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ހައްޔަރުކުރި ތަމަޅަ ރެޕް އާޓިސްޓް، ސަންގީތުސަން ގަނޭޝްކުމާރު ބަންދުން މިނިވަންކޮށްފިއެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ފަރާތްތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އޭނާ ދޫކޮށްލުމާ ގުޅިގެން މަޖިލިސް މެންބަރު ނާމަލް ރާޖަޕަކްސަ ވަނީ އެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.
ދުނިޔެލަންކާ ރެޕް އާޓިސްޓް މިނިވަންކުރުމަށް ގޮވާލާ އަޑުތައް ގަދަވެއްޖެ
ލަންކާގެ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން، އެލްޓީޓީއީއަށް ތާއީދުކުރާ ވީޑިއޯތަކެއް އާންމުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތަމަޅަ ރެޕް އާޓިސްޓް "ހިޕްހޮޕް ސަންގީ" މިނިވަންކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. މި މައްސަލައިގައި މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ ފަންނީ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަހެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ.
