ޑިވެލޮޕްމަންޓް ޕީޑިއެޓްރިކްސްގެ ފުރަތަމަ ދިވެހި ސްޕެޝަލިސްޓު ޑރ. ފަޒްނާ ނިޔާވެއްޖެ

Jul 9, 2026, 4:02 PM
ޑރ. ފަޒްނާ ރާއްޖޭގެ ނޫހަކަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގެ ތެރެއިން: އޭނާއަކީ އޯޓިޒަމް، އޭޑީއެޗްޑީ ފަދަ ބަލިތަކަށް ޑަޔަގްނޯސް ކުރަން ހާއްސަ ޑޮކްޓަރެއް -- ފޮޓޯ: މިހާރު

ޑރ. ފަޒްނާ ރާއްޖޭގެ ނޫހަކަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގެ ތެރެއިން: އޭނާއަކީ އޯޓިޒަމް، އޭޑީއެޗްޑީ ފަދަ ބަލިތަކަށް ޑަޔަގްނޯސް ކުރަން ހާއްސަ ޑޮކްޓަރެއް -- ފޮޓޯ: މިހާރު

ޑިވެލޮޕްމަންޓް ޕީޑިއެޓްރިކްސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރެއްވި ފުރަތަމަ ދިވެހި ޑޮކްޓަރު، އައިމިނަތު ފަޒްނާ މިއަދު ނިޔާވެއްޖެ އެވެ. 

އެނގިފައިވާ ގޮތުގައި ގދ. ގައްދޫއަށް ނިސްބަތްވެވަޑައިގަންނަވާ ފަޒްނާ ނިޔާވިއިރު، އޭނާ ގެންދެވީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވަމުންނެވެ. ނިޔާވީ، ބައްޔަށް ފަރުވާ ކުރާތާ ދުވަސްގަނޑެއް ފަހުން ކަމަށް އެނގިފައިވެ އެވެ. 

ޑރ. ފަޒްނާ، 47، ނިޔާވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދަނިކޮށެވެ. މައްޔިތާގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ. 

Advertisement

ފަޒްނާ މަތީ ތައުލީމު ހާސިލު ކުރެއްވީ ނެޝަނަލް ޔުނިވާސިޓީ އޮފް މެލޭޝިޔާ އަދި  އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިންނެވެ. އޭނާ ރާއްޖެ ވަޑައިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ހިދުމަތް ކުރައްވަން ފެއްޓެވީ އޮކްޓޯބަރު، 2024، ގަ އެވެ. 

ޑިވެލޮޕްމަންޓް ޕީޑިއެޓްރީޝަނުންނަކީ އޯޓިޒަމް، އޭޑީއެޗްޑީ އަދި އުނގެނުމުގެ އުނދަގޫތައް ހުންނަ ކުޑަކުދިން ޑަޔަގްނޯސް ކުރަން ހާއްސަ ޑޮކްޓަރުންނެވެ. ޑރ. ފަޒްނާ ވަނީ އެ ދާއިރާއިން އެމެރިކާގައި ތިން އަހަރު ކިޔަވައިވިދާޅުވެފަ އެވެ. 

އައިޖީއެމްއެޗްގެ އިތުރުން، ފަރުވާ ކްލިނިކް، ކުލުނު ކްލިނިކް، ސްޕެކްޓްރަމް ޗިލްރެން ޑިވެލޮޕްމަންޓް ސެންޓަރުގައި ވެސް ފަޒްނާ ދިޔައީ މަސައްކަތް ކުރައްވަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox