މުއިއްޒުގެ ދަތުރުތަކުގެ ތަފްސީލް ހާމަނުކުރާތާ އަހަރެއް ވެއްޖެ
ރައީސް މުއިއްޒު ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ހަރަދު 15 ދުވަސް ތެރޭގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެ މައުލޫމާތު އާންމުނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ދަތުރުތަކުގެ ތަފްސީލް ހާމަކުރުން ހުއްޓާލާފައިވާއިރު، ބަޖެޓުގައި ކަނޑައެޅި މިންވަރަށް ވުރެ އިތުރަށް ދަތުރުތަކަށް ހަރަދުކޮށްފައިވާކަން ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.