މެންބަރު އަޒާން ދައުރު ނޫހާ ދެކޮޅަށް ކޯޓަށް
'ދައުރު' ނޫހުގައި ޝާއިއުކުރި ރިޕޯޓަކުން އަބުރަށް އުނިކަން ލިބިފައިވާ ކަމަށް ބުނެ، މަޖިލިސް މެންބަރު އަހުމަދު އަޒާން އެ ނޫހުގެ އެޑިޓަރާއި ހިންގާ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި މައްސަލާގައި އަޒާން އެދިވަޑައިގެންފައިވަނީ އެ ލިޔުން ނޫހުން އުނިކުރުމަށާއި، އަބުރަށް ލިބުނު ގެއްލުމުގެ ބަދަލުގެ އިތުރުން ގާނޫނީ ހަރަދުތައް ނަގައިދިނުމަށެވެ.