ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދެނީ

އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީގެ ޕޯސްޓަރު -- ފޮޓޯ: އަދަދު

އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީގެ ޕޯސްޓަރު -- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒުގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ތުހުމަތު ކުރާ ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި މުވައްޒަފެއްގެ ވާހަކަ ގެނެސްދިން ޑޮކިއުމެންޓަރީ "އައިޝާ" ގެ މައްސަލައިގައި ފުލުހަށް ހާޒިރުކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމާފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް މިރޭ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ އޭނާގެ ކްލައިންޓް ބޭނުންވަނީ ތުހުމަތުކުރާ މައްސަލައާ ގުޅިގެން ފޯންކޯލްތަކާއި މެސެޖުތައް ހިއްސާކޮށް، ތަހުގީގަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްދީ ހުރިހާ ވާހަކައެއް ކިޔައިދޭން ކަމަށެވެ. 

"އަޅުގަނޑުމެން މިތިބީ ފުލުހަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން، ތަހުގީގަށް ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދޭން. ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވޭ، މިކަން ހިނގައިދިޔަ ގޮތާއި. ފުލުހުން ތުހުމަތުކުރާ ކޮންމެ ކަމެއް ފުލުހުންގެ ތަހުގީގަށް ބަޔާނެއް ތަފްސީލުތަކާ އެއްކޮށް ފޯންކޯލްތަކާއި މެސެޖުތަކާއި އެހެން ހުރިހާ ތަފްސީލްތަކާ އެއްކޮށް އަޅުގަނޑުގެ ކްލައިންޓް ބޭނުންފުޅުވޭ،" އޭނާ ވިދާޅުވި އެވެ. 

މައްސަލައާ ގުޅިގެން ތަހުގީގަށް ބަޔާން ނެގުމަށް ރައީސް އޮފީހުގެ މުވައްޒަފު މާދަމާ ފުލުހަށް ހާޒިރުކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ. 

ތަހުގީގު ބޭނުމަށް އެ މުވައްޒަފު ފުރުންވެސް ވަނީ މަނާކޮށްފަ އެވެ. އޭނާ ފުރުން މަނާކުރީ  ފުލުހުން ކޯޓަށް ހުށަހެޅި ސިއްރު އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށެވެ. އޭނާ ފުރުން މަނާ ކުރި ނަމަވެސް ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށްފައެއް ނުވެ އެވެ.

 ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން އަމުރު ކުރީ މުއިއްޒެވެ. އެމަނިކުފާނު އެގޮތަށް އެންގިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ ލެޕްޓޮޕްތަކާއި ހާޑްޑިސްކުތަކެއް ގެންގޮސްފަ އެވެ. 

އެ މައްސަލައާ ގުޅިގެން އަދަދު ނޫހަށް ރެއިޑު ކުރުމުގެ އިތުރުން މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އަދި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފިޔާޒް އާއި ހަސަން ވަނީ މިދިޔަ ހަފުތާގައި ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox