އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 785 މިލިއަން ރުފިޔާގެ ސާފު ފައިދާ

May 3, 2026, 2:44 PM
އެސްޓީއޯ ހެޑްއޮފީސް: އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ތެޔި ވިއްކައިގެން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އެސްޓީއޯ ހެޑްއޮފީސް: އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ތެޔި ވިއްކައިގެން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އެންމެ ބޮޑު ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގްރޫޕަށް މިދިޔަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު 16.6 ބިލިއަން ރުފިޔާއިން، ހުރިހާ ހަރަދުތަކާއި ޓެކުހަށް ކަނޑާފައި 785 މިލިއަން ރުފިޔާ ސާފު ފައިދާ ވެފައިވާ ކަމަށް އެ ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ. 

އެސްޓީއޯ އާއި އެ ކުންފުނީގެ ގިނަ ސަބްސިޑަރީތަކަށް ވެސް މިދިޔަ އަހަރަކީ ވެސް މާލީ ގޮތުން ކާމިޔާބު އަހަރެކެވެ. މުޅި ގްރޫޕަށް ބަލާކަމުގައި ވަނީ ނަމަ އޭގެ ކުރީ އަހަރަށް ވުރެ އާމްދަނީ އާއި ހިންގުމުގެ ފައިދާ ދަށްވި ނަމަވެސް ސާފު ފައިދާވީ އިތުރެވެ. 

އެސްޓީއޯ ގްރޫޕުގެ އާމްދަނީގެ 93 ޕަސެންޓު ވަންނަނީ އެސްޓީއޯގެ މައި ކުންފުންޏަށެވެ. އެ ކުންފުނީގެ އާމްދަނީ އާމްދަނީ (15.5 ބިލިއަން ރުފިޔާ) އާއި ހިންގުމުގެ ފައިދާ (1.1 ބިލިއަން ރުފިޔާ) އާއި ސާފު ފައިދާ (763 މިލިއަން ރުފިޔާ) އޭގެ ކުރީ އަހަރަށް ވުރެ އިތުރެވެ. 

Advertisement

އެހެން އަހަރުތަކެކޭ ވެސް އެއް ފަދައިން އެސްޓީއޯގެ އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ހަކަތައިގެ ވިޔަފާރިން ލިބުނު އާމްދަނީ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ތެޔޮ ވިއްކައިގެން 11.7 ބިލިއަން ރުފިޔާ ލިބުނެވެ. އެކަމަކު މިދިޔަ އަހަރުގެ ތެރޭގައި ތެލުގެ އަގު ހެޔޮ ކުރުމާއެކީ، އޭގެ ކުރި އަހަރަށް ވުރެ އާމްދަނީ ވަނީ ތިން ޕަސެންޓު ދަށްވެފަ އެވެ. 

އެސްޓީއޯއަށް އެކި ސެގްމެންޓްތަކުން ލިބުނު އާމްދަނީ

  • ހަކަތަ - 11.6 ބިލިއަން ރުފިޔާ
  • ޓްރޭޑިން - 3.3 ބިލިއަން ރުފިޔާ
  • އިންޝުއަރެންސް - 875 މިލިއަން ރުފިޔާ
  • ޝިޕިން - 409 މިލިއަން ރުފިޔާ
  • ގޭސް - 291 މިލިއަން ރުފިޔާ
  • އެހެނިހެން - 30 މިލިއަން ރުފިޔާ

އޭގެ ކުރީ އަހަރާ ހިލާފަށް މިދިޔަ އަހަރުގެ ތެރޭގައި އެސްޓީއޯއިން ސަރުކާރުގެ ސެކިއުރިޓީތަކަށް އިންވެސްޓުކުރާ އަދަދު ވަނީ މަދުކޮށްފަ އެވެ. އެ ގޮތުން 2024 ވަނަ އަހަރު ޓީބިލުތަކުގައި އިންވެސްޓުކޮށްފަ ހުރި އަދަދު ދެ ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރު ނިމުނުއިރު އެ އަދަދު ވަނީ 1.2 ބިލިއަން ރުފިޔާއަށް ތިރިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox